ޓްރީޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އޮޓޮމެޓިކް އިމްޕްލާންޓަބަލް ކާޑިއޯވާޓަ-ޑީފިބްރިލޭޓަ (އޭއައިސީޑީ) ޓްރާސްޕްލާންޓް ކުރުމުގެ ޕްރޮސީޖާ ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އޮޓޮމެޓިކް އިމްޕްލާންޓަބަލް ކާޑިއޯވާޓަ-ޑީފިބްރިލޭޓަ (އޭއައިސީޑީ) ޓްރާސްޕްލާންޓް ކުރުމުގެ ޕްރޮސީޖާ ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފި އެވެ.
އެއީ އެ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ގާބިލުކަން އިތުރަށް ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިސީޑީ އަކީ ހިތުގެ ނުރައްކާތެރި ރިދަމްތަކުގެ ތަޖުރިބާކުރަންޖެހޭ މީހުންގެ ފުރާނަ ސަލާމަތްކޮށްދޭ ޒަމާނީ އާލާތެކެވެ. އެއީ ކުޑަ ޖެނެރޭޓަރަކާއި ވަޔަރުތަކެއް ހިމެނޭ، ހަށިގަނޑުގައި އިމްޕްލާންޓުކުރާ ޑިވައިސްއެކެވެ.
އެ ޑިވައިސްއިން ހިތުގެ ވިންދު ދާއިމީކޮށް ބަލަހައްޓަމުން ގެންދެ އެވެ. އަދި ނުރައްކާތެރި ރިދަމެއް ދެނެގަނެވިއްޖެ ނަމަ އެކަށީގެންވާ މިންވަރެއްގެ ކަރަންޓު ޝޮކެއް ދެ އެވެ.
ޒަމާނީ އޭއައިސީޑީތަކުން ބަލިމީހާގެ ކިބައިން އަލާމާތްތައް ފެނުމުގެ ކުރިން ޕްރޮއެކްޓިވްކޮށް ހިތުގެ ހިނގުން ރަނގަޅުކޮށްދެ އެވެ. ކާޑިއޮލޮޖިސްޓަކާ ދުރުން މުއާމަލާތު ކުރުމުގެ ގާބިލުކަން، ދެނެގަނެވިފައިވާ މައްސަލަތަކުގެ މައްޗަށް ބިނާކޮށް ވަގުތުން ވަގުތަށް އިންޓަވެންޝަން ހެދުމުގެ ފުރުސުތު ފަހިކޮށްދީ، ކުރިމަތިވެދާނެ އެފަދަ މައްސަލަތަކުން ރައްކާތެރިވުމަށް މަގުފަހިކޮށްދެ އެވެ.
އެ ޑިވައިސްގެ ސަބަބުން، ބަލިމީހުންނަށް އިތުރު ރައްކާތެރިކަމާ އެކު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕްގައި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ކާޑިއޮލޮޖީ ސްޕެޝަލިސްޓް ޑރ. މިގުދާދު ޝަރީފް އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ ކާޑިއޯ ޑިޕާޓްމަންޓްގެ ހެޑް ޑރ. އަމިތު އަގަރްވާލްގެ އެހީތެރިކަމާ އެކު އެވެ. ބަލި ދެނެގަތުމާއި، ރޭވުމާއި އަދި އޮޕަރޭޝަންގައި ޑރ. އަމިތު ވަނީ އިސް ރޯލެއް އަދާ ކުރައްވައިފަ އެވެ. އެ މަސައްކަތަކީ ދިވެހި ސިއްހީ ދާއިރާގެ ފަންނީ މާހިރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި ކުރިއެރުން ހޯދަމުން އަންނަކަން ދައްކުވައިދޭ މިސާލެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
"ބަލި ދެނެގަނެވުނު ހިސާބުން ފެށިގެން މި ފަރުވާއަށް ބޭނުންވާ އާލާތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ހޯދައި، ބަލިމީހާއަށް ލަސްވުމެއްނެތި ފަރުވާ ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށްފައި. މިކަމުން މި ފެންނަނީ އަޅުގަނޑުމެންގެ ރެސްޕޮންސް ޓައިމް، އަދި އަޅުގަނޑުމެން އަބަދުވެސް މިފަދަ ކަންކަމަށް ތައްޔާރު ވެފައިވާ މިންވަރު ރަނގަޅުކަން" އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ މަރުކަޒެއްގެ ގޮތުގައި އެ ހޮސްޕިޓަލް މި ހިދުމަތާ އެކު އިތުރަށް ކުރިއަށް ޖެހިފައިވާ ކަމަށެވެ. އަދި މިއީ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު ފަހިވުމުން ކަމުގައި ވެސް ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕްގައި ދާއިމީ ޕޭސްމޭކާ އިމްޕްލާންޓް ކޮށްފި
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕަށް ހުޅުވާލައިފި
ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް
މޯލްޑިވްސް ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރަކީ ޓްރީޓޮޕް
ދެ ހޮސްޕިޓަލަށް އެންސްޕާއިން މިދިޔަ މަހު 7 މިލިއަން
ކުއްލި ފަރުވާއާ ބެހޭ ދުވަހުގެ ފެއާގައި ޓްރީ ޓޮޕް
ހެލްތީ ކިޑްސް ފޯ ދަ ފިއުޗާގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް
ކުޑަހުވަދޫގެ ހެލްތު ކޭމްޕަށް 400 މީހުން ދެއްކި
ޓްރީޓޮޕް އިން ކުޑަހުވަދޫގައި ހެލްތު ކޭމްޕެއް ބާއްވަނީ
ޓައިޓޭނިއަމް ހިތެއްގައި 100 ދުވަހު ދުނިޔޭގައި