ޓްރީ ޓޮޕް ހޮސްޕިޓަލުން އިސް ނަގައިގެން ދ. ކުޑަހުވަދޫގައި މިދިޔަ ހަފުތާގައި ބޭއްވި ހެލްތު ކޭމްޕުގައި 400 އެއްހާ މީހުން ޑޮކްޓަރަށް ދެއްކި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
21 މެއި 2025
ޓްރީ ޓޮޕް ހޮސްޕިޓަލުން އިސް ނަގައިގެން ދ. ކުޑަހުވަދޫގައި މިދިޔަ ހަފުތާގައި ބޭއްވި ހެލްތު ކޭމްޕުގައި 400 އެއްހާ މީހުން ޑޮކްޓަރަށް ދެއްކި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
މި އަހަރުގެ ދެ ވަނަ ކޮމިއުނިޓީ ހެލްތު އިނީޝިއޭޓިވްގެ ގޮތުގައި ކުޑަހުވަދޫގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ހެލްތު ކޭމްޕް ބޭއްވީ މިދިޔަ ހަފުތާ ބަންދުގަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ 8 ޑޮކްޓަރަކު ބައިވެރިވެގެން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބޭއްވި އެ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އަންހެނުންގެ ސިއްހަތާއި ދަރިމައިވުމާ ގުޅޭ ހާއްސަ މައުލޫމާތު ސެޝަނެއް އެ ބަލިތަކާ ގުޅޭ ކޮންސަލްޓަންޓު ޑރ. ޒާކިޔާ އަހުމަދު އެ ކޭމްޕުގައި ކުރިިއަށް ގެންދިޔަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުގައި އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ކޮންސަލްޓަންޓު ޑރ. ޒާކިޔާގެ އިތުރުން ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓު ޑރ. އަލީ މުޒްނީ އާއި ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓު (ކޮނޑުހުޅާއި ކުޅިވަރުގެ އަނިޔާތަކަށް ހާއްސަ) ޑރ. މެގްނަސް އޮލޮފް އޮޑްކްވިސްޓް ހިމެނެ އެވެ. އަދި ކަރުންމަތީގެ ބަލިތަކުގެ ކޮންސަލްޓަންޓު ޑރ. ޗަންދްރަޝޭކަރު ރަވާލް އާއި ކުޑަކަމުދާ ބަލިތަކުގެ ކޮންސަލްޓަންޓު ޑރ. މެހްމެޓް އޮޑާ އާއި ހަމުގެ ބަލިތަކުގެ ކޮންސަލްޓަންޓު ޑރ. އަނޫ އަގްރަވާލް އަދި ލޮލުގެ ބަލިތަކުގެ ކޮންސަލްޓަންޓު ޑރ. އަރްޗަނާ ޝަރްމާ އާއި ޖެނެރަލް ސާޖަން ޑރ. އުކްތަމް އަބްދުއްލައެވް ވެސް އެ ޓީމުގައި ހިމެނެ އެވެ.
ޓްރީ ޓޯޕް ހޮސްޕިޓަލުން އަންހެނުންގެ ސިއްހަތާއި ގުޅޭ ގޮތުން މައުލޫމާތު ދެނީ.
މި ހެލްތު ކޭމްޕަކީ ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލް އަދި ކުޑަހުވަދޫ ކައުންސިލާއި ކުޑަހުވަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އެހީއާ އެކު ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން މިފަދަ އެކި ހެލްތު ކޭމްޕުތައް އަންނަނީ ބާއްވަމުންނެވެ.
ކުއްލި ފަރުވާއާ ބެހޭ ދުވަހުގެ ފެއާގައި ޓްރީ ޓޮޕް
ހެލްތީ ކިޑްސް ފޯ ދަ ފިއުޗާގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް
ޓްރީޓޮޕް އިން ކުޑަހުވަދޫގައި ހެލްތު ކޭމްޕެއް ބާއްވަނީ
ޓްރީޓޮޕް ހޮސްޕިޓަލްގައި ހިތުގެ އާ ޕްރޮސީޖާއެއް ހަދައިފި
އަހަރުގެ ފުރަތަމަ "ނާޗާ" ޕްރޮގްރާމް ބާއްވައިފި
ޑަޔަލިލިސް ހެދުން ގެޔަށް، ފަރުވާ ހޯދުމަށް ބޮޑު ލުޔެއް
ގޭގައި ހުރެގެން ހެދޭ ޑަޔަލިސިސްއެއް ތައާރަފް ކުރަނީ
ޓްރީޓޮޕުން ވިލިނގިލީގައި ހެލްތު ކޭމްޕެއް ބާއްވައިފި
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!
ރާއްޖޭގައި އައިވީއެފް ހެދި ފުރަތަމަ ދަރިފުޅު ވިހައިފި