Roadha Mihaaru
ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރު ހިންމަފުށީގައި

ކުޑަކުދިން ބަންދުގައި ބައިތިއްބާ ސެންޓަރު ހިންމަފުށީގައި ހުޅުވައިފި

30 ޖެނުއަރީ 2022

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރު ހަދައި، އެތަން މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރު ހަދައި، އެތަން މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މިނިސްޓްރީގެ މައްޗަށް މައްޗަށް ލާޒިމުކޮށްފައިވާތީ، ހިންމަފުށީ އައްސޭރި ޖަލުގައި "ޖުވެނައިލް ޑިޓެންޝަން ސެންޓަރު" ގާއިމްކޮށްފައިވާ ކަމަށެވެ. އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

"ޖުވެނައިލް ޑިޓެންޝަން ސެންޓަރު" ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުންނެވެ.

ކުށްކުރާ ކުޑަކުދިން މީގެކުރިން ބަލަހައްޓަމުން ގެންދިޔައީ ސީދާ އައްސޭރި ޖަލުގަ އެވެ. ނަމަވެސް އެތަނަކީ ކުޑަކުދިން ބައިބިއްބަން އެކަށީގެން ނުވާ ތަނެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީމް) އިން ބުނެފައިވެ އެވެ.

އެހެންވެ އޭރު އައްސޭރި ޖަލުގައި ތިބި ކުދިންތަކެއް ގޭބަންދަށް ވެސް ބަދަލުކުރި އެވެ.

ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ހިންމަފުށީގައި ބާއްވަނީ. -- ފޮޓޯ/ ކަރެކްޝަނަލް ސާވިސް

ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ހިންމަފުށީގައި ބާއްވަނީ. -- ފޮޓޯ/ ކަރެކްޝަނަލް ސާވިސް

އެކިި ކުށްތަކުގައި ބަންދުކުރާ ކުދިން ބެލެހެއްޓުމުގެ ކަންކަން އަލަށް ގާއިމުކޮށް ބޭނުން ކުރަން ފެށި "ޖުވެނައިލް ޑިޓެންޝަން ސެންޓަރު" ގެ ސަބަބުން ވަރަށް ބޮޑަށް ހަރުދަނާވެގެން އަންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެ ދަށުން ކުޑަކުދިން ބޭތިއްބުމަށް ހަމަޖެހިފައިވާ މަރުކަޒެއްގެ މަސައްކަތް ދ. ކުޑަހުވަދޫގައި ވެސް މިހާރު އަންނަނީ ކުރަމުންނެވެ. ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި 2023 ފެށޭ އިރު އެ ތަނުގެ ހިދުމަތް ވެސް ދޭން ފެށޭނެ އެވެ.