09 އޮކްޓޯބަރ 2024
ދާދި ފަހުން ކުޑަކުއްޖަކު ނިދާފައި އޮއްވާ ގެއަށް ވަދެ، ރަހީނު ކޮށްގެން އެހެން ތަނަކަށް ގެންގޮސް އެ ކުއްޖާ އަށް އަނިޔާކޮށް ބިރު ދެއްކީ ކުޑަކުދިންގެ ގްރޫޕަކުންނެވެ. އޭގެ ދުވަސްކޮޅެއްގެ ކުރިން ފެނިގެން ދިޔައީ މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަކުދިންގެ ގްރޫޕަކުން ކުޑަކުއްޖަކާ މެދު އަނިޔާވެރި ގޮތަކަށް މާރާމާރީ ހިންގި މަންޒަރެވެ. ކުށް ކުރުމުގައި ކުޑަކުދިން ބޭނުން ކުރުމުގެ ސަގާފަތް ފުޅާވެ، މިއަދު އޮތީ ކުޑަކުދިންގެ މެދުގައި ގޭންގްތައް އުފެދި، އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ބޮޑެތި ޖިނާއީ ކުށްތައް ކުރާ ހިސާބުގަ އެވެ.
ދާދި ފަހުން ކުޑަކުއްޖަކު ނިދާފައި އޮއްވާ ގެއަށް ވަދެ، ރަހީނު ކޮށްގެން އެހެން ތަނަކަށް ގެންގޮސް އެ ކުއްޖާ އަށް އަނިޔާކޮށް ބިރު ދެއްކީ ކުޑަކުދިންގެ ގްރޫޕަކުންނެވެ. އޭގެ ދުވަސްކޮޅެއްގެ ކުރިން ފެނިގެން ދިޔައީ މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަކުދިންގެ ގްރޫޕަކުން ކުޑަކުއްޖަކާ މެދު އަނިޔާވެރި ގޮތަކަށް މާރާމާރީ ހިންގި މަންޒަރެވެ. ކުށް ކުރުމުގައި ކުޑަކުދިން ބޭނުން ކުރުމުގެ ސަގާފަތް ފުޅާވެ، މިއަދު އޮތީ ކުޑަކުދިންގެ މެދުގައި ގޭންގްތައް އުފެދި، އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ބޮޑެތި ޖިނާއީ ކުށްތައް ކުރާ ހިސާބުގަ އެވެ.
ރާއްޖޭގައި ކުށްކުރާ ކުޑަކުދިންގެ މައްސަލަ އޮތީ ހައްދުން ނައްޓައިފަ އެވެ. މީހުން މެރުމުގެ މައްސަލަތަކުން ފެށިގެން ޑްރަގްގެ ބޮޑެތި ވިޔަފާރީގެ ނެޓްވޯކްތަކުގައި ވެސް ކުޑަކުދިން ބޭނުން ކުރެ އެވެ. އެތައް މިލިއަނުން ފައިސާ ނެގުމުގެ ބޮޑެތި ސްކޭމްތަކުގައި ވެސް ކުޑަކުދިން ބައިވެރިވެ އެވެ. އެކަމަށް އެ ކުދިން އެންމެ ބޮޑަށް މަގުފަހި ކުރުވަނީ ކުޑަކުއްޖަކަށް ވީތީ އަދަބު ނުދެވޭނެ ކަމަށް އޮންނަ ވިސްނުމުގެ ތެރެއިންނެވެ. ނަތީޖާއަކަށް ވަނީ އެފަދަ ކުދިންގެ ސަބަބުން މުޖްތަމައު ބިރުވެރި ހާލަތެއްގައި އޮތުމެވެ.
މި ހާލަތަށް ކުށުގެ ވެށި ބަދަލުވާން ޖެހުނު އެއް ސަބަބަކީ ކުށްކުރާ ކުދިން ކުށަށް ޒިންމާވާންޖެހޭ އުމުރު މަތިކުރުމެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނަށް 2019 ވަނަ އަހަރު އަމަލުކުރަން ފެށުމާ އެކު ކުޑަކުދިންގެ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރަށް މަތިކުރި އެވެ. އެ ބަދަލާއެކު، ރާއްޖެއަކީ މިހާރު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކުޑަކުދިން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު އެންމެ މަތީގައި އޮތް ގައުމެކެވެ.
"މިރޭ އިރާކޮޅު ދޫކޮށްލާ ކުއްޖާ މިރޭ މެންދަމު ހަމަ އެފަދަ ކުށެއްގައި ނުވަތަ އެއަށް ވުރެ ބޮޑު ކުށެއްގައި އަނެއްކާވެސް އަޅުގަނޑުމެންނާ ހަމައަށް އެބަ ގެނެވޭ."
އޭގެކުރިން ރާއްޖޭގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރުގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ އުމުރުން 10 އަހަރު ފުރިފައިވާ ނަމަ އިސްލާމްދީނުގައި ހައްދުގައި ކަނޑައެޅޭ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އަދި 13 އަހަރު ފުރުމަށް ފަހު ހުރިހާ ކުށްތަކެއްގެ ޒިންމާ އުފުލަންޖެހޭ ގޮތަށެވެ. ނަމަވެސް މިހާރު ގާނޫނު އޮންނަ ގޮތުން ކިތަންމެ ބޮޑު ކުށެއް ކުރިޔަސް، 15 އަހަރު ނުވާ ނަމަ އެއްވެސް އަދަބެއް ނެތެވެ. އެހެންވެ، ކުރެވެން އޮންނަ ހަމައެކަނި ކަމަކީ އަދަބެއް ނުދީ މުޖްތަމައުގެ ތެރޭގައި ބަހައްޓައިގެން އިސްލާހުކުރަން މަސައްކަތް ކުރުމެވެ.
ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު
އެކަމަކު، ފަރުވާގެ ނިޒާމުތަކުގައި ހުރި ބަލިކަށިކަމުގެ ސަބަބުން އެފަދަ ކުދިން ނުބެލެހެއްޓި، މުޖުތަމައުގެ ތެރެއަށް އަނެއްކާވެސް ދޫވެ، އެތައް މައްސަލަތަކެއް ނިކުމެ އެވެ. މިސާލަކަށް ނުރައްކާތެރި ހަތިޔާރު ހިފައިގެން ނުކުމެ ފުލުހުންނާ ކުރިމަތިލައި، އެ ކުދިން މައިތިރިކުރަން ބިޑި އެޅުވުން ވެސް ގާނޫނުގައި މަނަލެވެ. އެހެންވެ، މިފަދަ އެތައް ކަމެއްގެ ސަބަބުން ކުޑަކުދިން ލައްވައި ކުރުވައިގެން އޭގެ ނާޖާއިޒް ފައިދާ ނަގަނީ ބޮޑެތި ކުށްވެރިންނެވެ. މި ކަންބޮޑުވުންތައް މީގެ ކުރިން ފުލުހުން ވެސް ފާހަގަ ކޮށްފައިވެ އެވެ.
"މިރޭ އިރާކޮޅު ދޫކޮށްލާ ކުއްޖާ މިރޭ މެންދަމު ހަމަ އެފަދަ ކުށެއްގައި ނުވަތަ އެއަށް ވުރެ ބޮޑު ކުށެއްގައި އަނެއްކާވެސް އަޅުގަނޑުމެންނާ ހަމައަށް އެބަ ގެނެވޭ،" ކުށްކުރާ ކުޑަކުދިންނާ މެދު ފިޔަވަޅު ނޭޅޭ މައްސަލާގައި ފުލުހުންގެ އިސްވެރިއަކު ކުރިން ވިދާޅުވެފައިވެ އެވެ.
ކުށްކުރާ ކުޑަކުދިންނަށް އަދަބު ނުދީ އިސްލާހުކުރަން މަސައްކަތް ކުރުމަށް އަބަދުވެސް އިސްކަން ދޭންޖެހޭނެ އެވެ. ނަމަވެސް އެންމެ ސީރިއަސް ކުށްތަކަށް އަރައިގަނެ، މުޖްތަމައުއަށް ނުރައްކަލަކަށްވާ ކުދިންނާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅި، މުޖްތަމައު ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުމަކީ ވެސް ހައްލެއް ނޫނެވެ. އެހެން ގައުމުތަކަށް ބެލިޔަސް، ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ކުދިންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަކީ މިހާރު އަމަލު ކުރަމުން އަންނަ އެއް އުސޫލެވެ.
"ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަކީ އެއްވެސް އިރަކު ރާއްޖޭގައި ފުރިހަމައަށް ތަންފީޒު ކުރެވުނު ކަމެއް ނޫން. އެހެންވީމަ އަދަބު ދިނުން ނޫން ގޮތެއް ނެތް."
މިސާލެއްގެ ގޮތުން އިންޑިއާއަށް ބަލާއިރު، ކުށުގެ ޒިންމާ އުފުލަންޖެހޭ އާންމު އުމުރަކީ 12 އަހަރެވެ. އުމުރުން 16 އަހަރު ފުރިފައިވާ ނަމަ މީހުން މެރުމާއި ރޭޕްގެ މައްސަލަތަކުގައި ބޮޑު މީހެކޭ އެއްފަދައިން އެ ކުދިންގެ މައްޗަށް ޝަރީއަތް ހިންގައި، ގާނޫނުގައި ބުނާ ހަރުކަށި އަދަބު ދެވެ އެވެ. ނަމަވެސް ރާއްޖޭގައި އަބަދުވެސް އަމަލުކުރާ އުސޫލަކީ ޒިންމާ އުފުލަންޖެހޭ އުމުރު ހަމަވާ ކުއްޖަކު ކިތަންމެ ބޮޑު ކުށެއް ކުރިޔަސް، ކުށުގެ އަސްލު އަދަބުގެ ތިން ބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ނޫން އަދަބެއް ނުދިނުމެވެ.
ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވެސް ވިދާޅުވާ ގޮތުން އަދަބު ދީގެން ކުށްކުރުން ހުއްޓުވުން ނޫން ގޮތެއް މިހާރު ނެތެވެ. އެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ބޮޑެތި ކުށްތަކަށް އަރައިގަންނަ ކުދިން ރިހިބިލިޓޭޓް ކުރެވޭނެ ގޮތެއް ނެތްއިރު، މައިންބަފައިން ޒިންމާ ކުރުވޭނެ އެކަށީގެންވާ ނިޒާމެއް ވެސް ނެތެވެ. އަދި އެފަދަ ކުދިންގެ ސަބަބުން އެހެން ކުދިން ވެސް ކުށުގެ މާހައުލުގެ ތެރެއަށް ވަންނަމުން ދާއިރު، މިހާރު އޮތް ހައްލަކީ އަދަބު ދިނުން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"އަސްލު ހައްލަކީ ކުށްކުރާ ކުދިން އިސްލާހުކުރަން މަސައްކަތް ކުރުން. އެކަމަކު ރާއްޖޭގެ ތަޖުރިބާއަކީ އެކަށީގެންވާ ޕްރޮގްރާމްތަކެއް ނުހިންގޭ ކުދިން ކުށުގެ މާހައުލާ ދުރުކުރަން. އެއީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަކީ އެއްވެސް އިރަކު ރާއްޖޭގައި ފުރިހަމައަށް ތަންފީޒު ކުރެވުނު ކަމެއް ނޫން،" ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ބޭފުޅަކު ވިދާޅުވި އެވެ.
"އެހެންވީމަ އަދަބު ދިނުން ނޫން ގޮތެއް ނެތް މުޖުތަމައުގެ ހައްގުގައި ބަލާއިރު."
ކުޑަކުދިންނާ ގުޅޭ ކުރެހުމެއް
ހޯމް މިނިސްޓަރު އަލީ އިހްސާން ކުރިން ވިދާޅުވެފައިވާ ގޮތުގައި ގޮތުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށްކުރަން ސަރުކާރުން މަސައްކަތް ކުރަނީ އެފަދަ ކުދިން ބަންދުކޮށް، އަދަބުތަކެއް ދިނުމަށް އެކަންޏެއް ނޫނެވެ. އޭގެ ބޭނުމަކީ އެފަދަ ކުދިން ކުށްކުރާ ކަން ގަބޫލުކޮށް އަދި އެ މީހުން އިސްލާހުކޮށް، އަނބުރާ މުޖްތަމައަށް އަނބުރާ ގެނެވޭނެ ގޮތެއް ހޯދުމެވެ. ޖަލުގެ ގޮޅިތަކުގައި އެފަދަ ކުދިން އަބަދު ގެންގުޅުމަކީ އެއްވެސް އިރެއްގައި ސިޔާސަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އޮބްޖެކްޓިވްއެއް ނޫން އުމުރުން 12 ނުވަތަ 13 އަހަރުގެ ކުދިން ގެންގޮސް ޖަލުތަކުގައި ގޮޅިތަކަށް ލައިގެން ގެންގުޅުމަކީ. އަޅުގަނޑުމެން ބޭނުންވަނީ އެއް ހަގީގަތް ގަބޫލުކުރަން. އެ ހަގީގަތަކީ އެ ކުއްޖާގެ އުމުރަކާ އެ ކުއްޖާ ކުރާ ކަމަކާ މާ ބޮޑު ގުޅުމެއް ނެތްކަން." އިހްސާން ވިދާޅުވެފައިވެ އެވެ.
އޭނާ ވެސް ވިދާޅުވި ގޮތުގައި ގާނޫނު އޮތްގޮތުން އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް އަދަބު ނުދެވޭތީ، އޭގެ ނާޖާއިޒު ފައިދާ ނަގައިގެން އެ ކުދިން ލައްވާ ކުށްކުރުވުން ދަނީ އިތުރުވަމުންނެވެ. އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ކުށްކުރާ އަދަދު އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުދިންގެ މައްޗަށް ބޮޑު މީހެއްގެ ގޮތަށް ދައުވާ ކުރެވޭނެކަން މި ކަންތައްތައް ކުރުވާ މީހުންނަށް އިނގޭ ކަމަށް ވަންޏާ އަޅުގަނޑަށް ހީވަނީ އޭގައި ހައްލުތަކެއް އެބަ ލިބިގެންދޭހެން"
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ ޖިނާއީ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށް ކުރުމުގެ ބަދަލުގައި ކުށްކުރާ ކުއްޖާގެ ހާލަތަށް ބަލައިގެން، ބޮޑު މީހެކޭ އެއްފަދައިން ދައުވާ ކުރެވޭނެ ނިޒާމެއް އޮތުން މުހިންމު ކަމަށެވެ. އެއީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުއްޖާ ހުންނަ ހާލަތަށާއި ކުއްޖާގެ އުމުރަށާއި މެންޓަލިޓީއަށް އެ ކުއްޖަކީ ބޮޑު މީހެއްގެ ގޮތުގައި ދައުވާ ކުރެވިދާނެ ކުއްޖެއް ކަމަށް ކަމާބެހޭ އެކްސްޕާޓުންގެ އޮޕީނިއަންއަކުން ކަނޑައަޅާ ހާލަތުގައި އެ ކުދިންގެ މައްޗަށް ބޮޑު މީހެއްގެ ގޮތަށް ދައުވާ ކުރެވޭނެކަން މި ކަންތައްތައް ކުރުވާ މީހުންނަށް އިނގޭ ކަމަށް ވަންޏާ އަޅުގަނޑަށް ހީވަނީ އޭގައި ހައްލުތަކެއް އެބަ ލިބިގެންދޭހެން،" ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ދާދި ފަހުން ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވި ގޮތުގައި ކުށްކުރާ ކުދިން ޒިންމާ ކުރުވުމުގެ އިތުރުން އެ ކުދިންގެ މައިންބަފައިން ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ޒިންމާ ކުރެވެން ޖެހޭނެ އެވެ. އެހެންވެ، ކުއްޖަކު ކުށެއް ކުރުމުގައި އެ ކުދިންގެ މައިންބަފައިންގެ އިހުމާލު އޮތްނަމަ އެ މީހުންގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ ކުޑަކުދިންގެ ސަބަބުން މުޖްތަމައުގެ ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު އަނެއްކޮޅުން ފެންނަނީ ކުށުގެ މާހައުލުގެ ތެރެއަށް ބޮޑުވަމުންދާ ކުޑަކުދިންގެ ޖީލެއް އުފެދެމުންދާ މަންޒަރެވެ. ކުށްކުރާ ކުދިންނަށް އެއްވެސް ގޮތަކުން އަދަބު ނުދިނުމަށް އޮތް ވިސްނުމުގެ ތެރެއިން، މިކަންކަމާ މެދު މިއަދު ފިޔަވަޅު ނާޅައިފި ނަމަ މިއީ އެތައް ޒަމާނަކަށް ދެމިގެންދާނެ ބޮޑު އިޖުތިމާއީ އަދި ގައުމީ މައްސަލައަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
ބޮޑު ކުށްތަކުގައި ކުޑަކުޑަ ކުދިން:ގާނޫނުގެ އަތް ނުފޯރާ
ދެ ކުޑަކުއްޖަކު ހޯދަން ފުލުހުން އިއުލާންކޮށްފި
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
ކުޑަކުދިން ވެސް ދޫނުކުރި، ފިތްކަނޑައިގެންދާ ވަރުވޭ!
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ކޭއެފްސީއަށް ގެއްލުންދިން މީހާގެ ބަންދަށް 30 ދުވަސް
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟