Roadha Mihaaru
މާސޭގެ ދަރިފުޅު މާއިޝް އަށް ކޯޗު ނިޒާމުގެ ތައުރީފް

ހުރާގެ މާސޭގެ ދަރިފުޅު މާއިޝް އަށް ކޯޗު ނިޒާމުގެ ތައުރީފް

28 ޑިސެމްބަރ 2021

ޓީސީ ސްޕޯޓްސް ކްލަބުގެ ޒުވާން ފޯވާޑު މުހައްމަދު މާއިޝް މައުސޫމަކީ އޭނާގެ ބައްޕަ މައުސޫމް އަބްދުލް ގަފޫރު (މާސޭ) ދެއްކި މޮޅު ކުޅުން ދެއްކޭވަރުގެ މޮޅު ހުނަރުވެރިއެއް ކަމަށް ބުނެ ކޯޗު މުހައްމަދު ނިޒާމް ތައުރީފް ކޮށްފި އެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ޒުވާން ފޯވާޑު މުހައްމަދު މާއިޝް މައުސޫމަކީ އޭނާގެ ބައްޕަ މައުސޫމް އަބްދުލް ގަފޫރު (މާސޭ) ދެއްކި މޮޅު ކުޅުން ދެއްކޭވަރުގެ މޮޅު ހުނަރުވެރިއެއް ކަމަށް ބުނެ ކޯޗު މުހައްމަދު ނިޒާމް ތައުރީފް ކޮށްފި އެވެ.

ނިޒާމް ބުނީ ކ. ހުރަ އަށް އުފަން މާއިޝް އަށް އުންމީދީ ކުޅުންތެރިޔަކަށް ވެވިދާނެ ކަމަށެވެ.

ނިޒާމް ބުނި ގޮތުގައި، އެ އުމުރުގެ އެހެން ކުޅުންތެރިންނާ ބަލާއިރު މާއިޝްގެ އެންމެ މުހިންމު ސިފައަކީ އަމިއްލަ އަށް އިސްނެގުމެވެ. އެކަމަކު ތަޖުރިބާ މަދުވުމާއި އުމުރުން ހަގު ވުމުން ސެންޓަ ފޯވާޑްގެ މަގާމުގައި އޭނާ އަށް އުނދަގޫތަކެއް ހުރި ކަމަށް ނިޒާމް ބުންޏެވެ.

"އެކަމަކު ގަބޫލުކުރަނީ މެޗަކަށް ފަހު މެޗަކުން މެޗުއާ ވެގެންދާނެ ކަމަށް. ފުރަތަމަ މެޗުގައި ވެސް ވަރަށް ރަނގަޅަށް ކުޅުނު. ދެވަނަ މެޗުގައި ވެސް ހަމަ އެކަން ފެނުނު،" ޕްރެޒިޑެންޓް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނިޒާމް ބުންޏެވެ.

"އެންމެ ހިތްހަމަޖެހޭ ކަމަކީ އެއްވެސް ޖެހިލުމެއް ނެތި ކޮންމެ ބަޔަކާ ކުޅެން ޖެހުނަސް އޭނާ އެ ކުޅޭ ފެންވަރުގައި ޕާފޯމް ކުރާތީ."

މާސޭގެ ވޯކް އެތިކްސް އާއި ޑިސިޕްލިން މާއިޝްގެ ކިބައިގައި ހުރިތޯ ސުވާލުކުރުމުން ނިޒާމް ބުނީ ޕްރެކްޓިހުގައި ވެސް އެކި ކަންކަމަށް އެންމެ ފުރަތަމަ އިސްނަގާ ކުޅުންތެރިޔަކީ މާއިޝް ކަމަށެވެ.

"އޭނާގެ އެބަހުރި ކޮލިޓީތަކެއް. އެއަށް މަސައްކަތްކޮށްގެން އެ ކޮލިޓީތައް އިމްޕްރޫވް ކުރެވޭނެ،" ނިޒާމް ބުންޏެވެ.

ހުރައަކީ ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ފުޓުބޯޅައިގައި ކުރިން ގަދަ ބާރެކެވެ. އެއީ ފުޓްބޯޅައިގައި އެއް ރަށަކުން އެންމެ ގިނަ ކުޅުންތެރިން ނެރުނު ރަށެވެ.

އެ ރަށަށް ނިސްބަތްވާ ހުއްރިއްޔާ ސްޕޯޓްސް ކްލަބް ރާއްޖޭގެ ފުޓްބޯޅައިގައި ޑޮމިނޭޓް ކުރިއިރު، ގައުމީ ޓީމުގައި ވެސް މުހިންމު ކުޅުންތެރިންގެ ގޮތުގައި އެ ރަށަށް ނިސްބަތްވާ ކުޅުންތެރިން ތިއްބެވެ. ހުއްރިއްޔާގެ ވާހަކަ ދެކެވޭނަމަ އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނާނީ، މަޝްހޫރު އަލީ ޝިހާމް، އިސްހާގު އީސާ، އަބްދުﷲ އިބްރާހިމް އަދި މާސޭ ފަދަ ލެޖެންޑުންގެ ނަންތަކެވެ.

އެ ލެޖެންޑުން ފުޓްބޯޅައިން ރިޓަޔާ ކުރިގޮތަށް، ފުޓްބޯޅައިގެ އަމަލީީ އެއްވެސް މަސައްކަތެއްގައި ހަރަކާތްތެރިވެ ނޫޅެ އެވެ. ހުއްރިއްޔާ 2007 ގައި ފުރަތަމަ ޑިވިޝަނުން ރެލިގޭޓް ވެގެން ދިޔަ ހިސާބުން ހުރައިން ކުޅުންތެރިން "ހުސްވީ" އެވެ. އެ ލެޖެންޑުންގެ ލެގަސީ ދަމަހައްޓާނެ ކުޅުންތެރިންތަކެއް ނެތި އަހަރުތަކެއް ފާއިތުވި އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ ދެން ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.