14 މެއި 2023
ރަނގަޅު ޕްރީ ސީޒަނަކާ ނުލައި ލީގާ ކުރިމަތިލައި ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން އެކަމުގެ އަސަރު ޓީމަށް ކޮށްފައި ވާކަމަށް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ރަނގަޅު ޕްރީ ސީޒަނަކާ ނުލައި ލީގާ ކުރިމަތިލައި ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން އެކަމުގެ އަސަރު ޓީމަށް ކޮށްފައި ވާކަމަށް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ލީގުގެ ފުރަތަމަ ތިން މެޗަށް ފަހު، ހަތަރު ވަނަ މެޗު ފެށުމުގެ ކުރިން ކްލަބްތަކަށް ބޮޑު ބްރޭކެއް ލިބޭނެ އެވެ. މީގެ ކުރިން ވެސް ނިޒާމްބެ ވަނީ، ސީޒަނާ ކުރިމަތިލީ އެކަށީގެންވާ ޕްރެކްޓިސް އެއް ނުލިބި ކަމަށާއި، ނަމަވެސް އެންމެ ފުރިހަމައަށް ޓީމު ބައްޓަން ކުރުމަށް ލީގުގައި ލިބޭ ބޮޑު ބްރޭކްގެ ބޭނުން ކުރާނެކަން ހާމަ ކޮށްފަ އެވެ.
"ޓީމަށް މިހާރު މި ދިމާވަނީ އަސްލު ރަނގަޅު ޕްރީ ސީޒަނެއް ނުހެދި ގާތް ގާތުގައި މެޗުތައް ކުޅެން ވީމަ ދިމާވާ މައްސަލަ. މިއަންނަ މެޗަށް ނިކުންނައިރު އެބަހުރި އެ މައްސަލަތައް ޓީމްތެރޭގައި. ފަހަރުގައި އެންމެ ރަނގަޅު ޓީމް ނުވަތަ އެންމެ ރަނގަޅު 11 މެޗަށް ނުނެރެވިދާނެ." ގަލޮޅު ދަނޑުގައި އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި ނިޒާމްބެ ބުންޏެވެ.
ބުރު ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން ބަލިވެފަ އެވެ. މިއަދު ކުޅޭ މެޗުގައި އެޓީމު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އާއި ބުރު ސްޕޯޓްސްގެ ކުރިމަތިލުން ކާމިޔާބު ކުރީ ވެސް ޓީސީ އެވެ.
ޓީސީ އަކީ އެހެން ޓީމުތަކަށް ވުރެ ނިސްބަތުން މަދު ފަރިތަކުރުންތަކަކާ އެކު ކުޅޭ ކްލަބެކެވެ. މިދިޔަ ސީޒަންގައި ޓީސިގައި މަސައްކަތް ކުރި ނިޒާމް ބުނީ އޭނާގެ ކުރީގެ ކްލަބަށް އިހުތިރާމް ކުރާ ކަމަށާއި، މިދިޔަ ސީޒަނުގައި އޭނާ އާ އެކު ރަނގަޅު މެޗުތަކެއް ކުޅެފައި ތިބި ތިބި ކުޅުންތެރިންގެ ފަރާތުން މި އަހަރު ވެސް ރަނގަޅު ކުޅުމެއް ފެނިގެންދާ ކަމަށެވެ. ނަމަވެސް ލީގުގެ މި މެޗަކީ ބުރު ސްޕޯޓްސް އަށް ތިން ޕޮއިންޓް ހޯދުން މުހިއްމު މެޗެއްކަން ނިޒާމްބެ ފާހަގަ ކުރި އެވެ.
"ފުލް ރެސްޕެކްޓެއް ދޭން ޖެހޭ ޓީސީ އަށް، ޓީސީގައި އެއޮތީ މިދިޔަ ސީޒަންގައި އެއްކޮށް ގާތްގަނޑަކަށް ތިރީހަކަށް މެޗު ކުޅެފަ އޮތް ޓީމެއް. އެ ޓީމު އެއްކޮށް އޮތީމަ އެއީ ވަރަށް ބޮޑު ސްޓްރެންތެއް. ކުޅުމަށް ބަލާއިރު ރަނގަޅު، ގޯހެއް ނޫން،" ޓީސީ އަށް 2018 ގެ ދިވެހި ޕްރިމިއާ ލީގު ހޯދައިދިން ނިޒާމް ބުންޏެވެ.
"ވަރަށް މުހިއްމު ކަމެއް މިމެޗުން ތިން ޕޮއިންޓަކީ. ފުރަތަމަ މެޗުގައި ތިން ޕޮއިންޓް ގެއްލުނަސް ރަނގަޅު ކުޅުމެއް ޓިމުގެ ފަރާތުން ގިނަވަގުތު ފެނިގެން ދިޔަ. ހެދުނު މިސްޓޭކްތަކެއްގައި ގޯލްތައް ކޮންސީޑް ވެފައި މިހުރީ. ދެން ބަލަން ޖެހޭނީ ކުރިއަށް އޮތް މެޗުގައި ކިހާވަރަކަށް ތޯ އެކަންކަމުން އަރައިގަނެވޭނީ."
ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވެ ބުރު ސްޕޯޓްސްގެ ނަތީޖާތައް އަދި ދަށްކޮށް ދިޔަ ނަމަވެސް ލީގުގެ ބްރޭކަށް ދިޔުމުގެ ކުރިން ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކުރެވުނަސް އެއީ ކާމިޔާބީއެއް ގޮތުގައި ބެލިދާނެ ކަމަށް ނިޒާމްބެ ބުންޏެވެ.
"މި ޖުމްލަ ނުވަ ޕޮއިންޓުން މަދުވެގެން ހަ ޕޮއިންތް ނެގިއްޖެ ކަމަށް ވާންޏާ އެއީ ވަރަށް ރަނގަޅު ސްޓާޓަކަށް ބެލެވޭނެ. އަނެއްކޮޅުން ޓީމު މި ލެވެލް އަށް އައިސް ޕާފޯމް ކުރަން ބަލާއިރު އަދި ތަންކޮޅެއް ދަށްކޮށް ދަނީ ވިނިން ރޭޓް،" ނިޒާމްބެ ބުންޏެވެ.
"އެކަން ރަނގަޅުވުން އެއީ މުހިއްމު ކަމެއް. އެހިސާބުން ކަންނޭނގޭ ޓީމު ޓީމެއްގެ ގޮތުގައި ރަނގަޅުވެ ތަންކޮޅެއް މޯޓިވޭޓްވެ، މިއަށް މަސައްކަތް އެންމެ އެކަށީގެންވާ މަސައްކަތެއް ފެށޭނީ. އެކަމަށްޓަކައި މި މެޗު ވަރަށް މުހިއްމު."
ނިޒާމްބެ ބުނީ ބްރޭކަށް ފަހު ޓީމު ނުކުންނައިރު، ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް އެކަށީގެންވާ ޓްރޭނިން ދީގެން އެންމެ ރަނގަޅު ޓީމެއް ބައްޓަން ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި މީގެ އިތުރުން ބިދޭސީ ކުޅުންތެރިން ޓީމަށް ގެންނަން ވެސް މަސައްކަތް ކުރާ ކަމަށެވެ.
ބުރު ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރެވެ.
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި
ބުރުގެ މެޗުން ޓީސީއަށް މޮޅު، ލީގު ދެ މަހުގެ ބްރޭކަށް
ބުރުން ފަހުވަގުތު ޓީސީ ބަލިކޮށް ތާރީހީ މޮޅެއް ހޯދައިފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޓީސީ ބަލިކޮށް ގްރީންއިން ގަދަ ހަތަރެއް ޔަގީންކޮށްފި
ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ޓީީސީ އަށް ގެއްލިއްޖެ
މެޗު އެއްވަރުކޮށް ތިންވަނަ މަގާމުގައި ޓީސީ އަށް ލީޑެއް
ގްރާންޑޭ ބަލިކޮށް ޓީސީ އަލުން ތިންވަނަ އަށް