23 ޖުލައި 2022
ކްލަބް ވެލެންސިއާ އާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ހޯދި ޕޮއިންޓާއެކު، ޓީސީ ސްޕޯޓްސްއިން ތިންވަނަ ވަނަ މަގާމުގައި ލީޑެއް ނަގައިފި އެވެ.
ކްލަބް ވެލެންސިއާ އާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ހޯދި ޕޮއިންޓާއެކު، ޓީސީ ސްޕޯޓްސްއިން ތިންވަނަ ވަނަ މަގާމުގައި ލީޑެއް ނަގައިފި އެވެ.
މެޗަށް ނުކުތުމުގެ ކުރިން ވެސް ޓީސީ އޮތީ ތިންވަނައިގަ އެވެ. އެކަމަކު އޭރު ޕޮއިންޓްގެ ގޮތުން، ހަތަރުވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަދި ފަސްވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. ޓީސީ އަށް އޭރު ތިންވަނަ ލިބެނީ ގްރީން އާއި ޔޫވީ އަށް ވުރެ ގެއްލުން ގޯލް މަދުވުމުންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ހޯދި ޕޮއިންޓާއެކު ޓީސީ ވަނީ ގްރީން އާއި ޔޫވީގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ޓީސީ އަށް މިހާރު 27 ޕޮއިންޓެވެ. އަދި ވެލެންސިއާ އަށް ލިބުނު ޕޮއިންޓާއެކު އެ ޓީމު ވަނީ ގްރީން އާއި ޔޫވީ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. އެކަމަކު އަދިވެސް ވެލެންސިއާ އޮތީ ހަ ވަނައިގަ އެވެ. ތިން ޓީމަށް ވެސް ލިބިފައި ވަނީ 26 ޕޮއިންޓެވެ.
ލީގުގައި މިރޭ ޓީޯސީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން: މެޗު އެއްވަރުވީ ލަނޑެއް ނުޖެހި --- ފޮޓޯ: އެފްއޭއެމް
ލީގު ޗެމްޕިއަންކަން މާޒިޔާ އަށް ކަށަވަރު ވެފައި ވުމުން ދެން ވާދަވެރިކަން އުފެދޭނެ ކަމަށް ބެލެވެނީ ލީގުގެ ގަދަ ހަތަރަކަށް ވަނުމުގެ ރޭހުގަ އެވެ. ލީގުގެ އިނާމު ފައިސާ ކްލަބްތަކަށް ބެހިގެންދާއިރު އެ ޓީމެއް ލީގުގައި އޮންނަ މަގާމަށް ބަލަ އެވެ. ބެލެވޭ ގޮތުގައި އެހެންވެ ގަދަ ހަތަރެއް ވެސް ފޯރި ގަދަވާނެ އެވެ. ކުރިންނަމަ ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާނީ ލީގުގެ ގަދަ ހަތަރު ޓީމު އެކަންޏެވެ.
ލީގުގެ ތިންވަނަ އަދި ހަތަރު ވަނަ ހޯދުމުގެ ފުރުސަތު ޓީސީގެ އިތުރުން ގްރީން، ޔޫވީ އަދި ވެލެންސިއާ އަށް ވެސް އެބައޮތެވެ. ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. ލީގު ޗެމްޕިއަންކަން މާޒިޔާއިން ކަށަވަރު ކުރީ މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލި ކުރުމަށް ފަހު އެވެ. ލީގުގެ ދެވަނަ މަގާމު އީގަލްސް އަށް ވަނީ ކަށަވަރު ވެފަ އެވެ.
މާޒިޔާ ލީގު ކާމިޔާބު ކުރުމުން އެ ޓީމު ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބިފަ އެވެ. ރާއްޖޭގެ ދެވަނަ ޖާގަ ދޭނީ އޭއެފްސީ ކަޕް ކޮލިފައިން މަރުހަލާ އަށެވެ. އެ ޖާގަ ލިބޭނީ އެފްއޭ ކަޕް ކާމިޔާބު ކުރާ ޓީމަކަށެވެ. މާޒިޔާއިން އެފްއޭ ކަޕް ވެސް ކާމިޔާބު ކޮށްފިނަމަ، އޭއެއެފްސީ ކަޕް ކޮލިފައިން ޖާގަ ލިބޭނީ ލީގުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުން އީގަލްސް އަށެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ޑަކްސަންގެ މަރަށްފަހު ކުޅުނުމެޗުން ވެލެންސިއާއަށް މޮޅެއް
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި
ވެލެންސިއާ އާއި ގްރީން ލީގުގައި ވާދަނުކުރަން ނިންމައިފި
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ