09 ޖެނުއަރީ 2022
ހަސަން ނަޒީމް (ޗޯޓް) ގެ ހެޓްރިކުން ޓީސީގެ ސްޕޯޓްސް ކަލްބްގެ މައްޗަށް 5-1 ނަތީޖާ އަކުން ކްލަބް ކާމިޔާބު ހޯދައިފި އެވެ.
ހަސަން ނަޒީމް (ޗޯޓް) ގެ ހެޓްރިކުން ޓީސީގެ ސްޕޯޓްސް ކަލްބްގެ މައްޗަށް 5-1 ނަތީޖާ އަކުން ކްލަބް ކާމިޔާބު ހޯދައިފި އެވެ.
މެޗުން މޮޅުވެ، ގްރީން ވަނީ ކުރިން ދެވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް ގޯލްގެ ތަފާތުން ކުރި ހޯދައިފަ އެވެ. ގްރީން އާއި މާޒިޔާ އަށް ވެސް 12 ޕޮއިންޓެވެ. އެކަމަކު ފައިދާ އެންމެ ގޯލެްގެ ތަފާތުން ގްރީން އަށް ކުރި ލިބެ އެވެ. މިރޭގެ ނަތީޖާ އާއެކު ގްރީން އަށް ފައިދާ 10 ގޯލް އެބައޮތެވެ.
މާދަމާ ހަވީރު، މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗުން، މާޒިޔާ ބަލިވެއްޖެނަމަ، ގްރީން އަށް ދެވަނަ މަގާމުގައި އޮވެވޭނެ އެވެ.
ގްރީންގެ ހަސަން ނަޒީމް (ޗޯޓް) ވަނީ ހެޓްރިކް ހަދައިފަ އެވެގްރީންގެ ފުރަތަމަ ލަނޑަކީ، ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން އަށް ހެދުނު ފީކަޅާ މިސްޓޭކެއްގައި ގްރީން އަށް ތަނަވަސްވި ބޯޅައިން ޖެހި ލަނޑެވެ.
މެޗުގެ 22 ވަނަ މިނެޓްގައި ޓީސީގެ ކީޕަރު އާދަމް އިމްއާން، ދިން ބޯޅަ އަޖުފާން ކޮންޓްރޯލް ކުރުމަށްފަހު އަލުން ބޯޅަ ދިނީ ކީޕަރު އިމްއާން އަށެވެ. އިމްއާން އަށް އެބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުނެވެ. ބޯޅަ އަށްވިއްދި އޭނަޖަލް މުނޯޒް ބޯޅަ ހޯދި އެވެ. އޭންޖަލް ، ބޯޅަ ޗޯޓް އަށް ދިނެވެ. ޗޯޓް އަށް ބޯޅަ ޖެހެން ނެތުމުން އޭނާ ބޯޅަ ދިނީ އޭރިއާގެ މެދުގައި ހުރި އަންސަރު އިބްރާހިމް (އަންކޮ) އަށެވެ. އަންސަރު ފޮނުވާލި ބޯޅަ ގޯލް ރޮނގުމަތިން އަޖުފާން އެބޯޅަ ދިފާއު ކުރި އެވެ. އޭނާ ދިފާއު ކުރި ބޯޅަ އަލުން ރީބައުންސަށް ނުކުތުމުން ޗޯޓް ވަނީ އެބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
ގްރީންގެ ދެވަނަ ލަނޑު 38 ވަަނަ މިނެޓްގައި ޖެހީީ ވެސް ޗޯޓް އެވެ. ޓީސީގެ ހާފުގެ މެދެއްހާ ހިސާބުން، އޭންޖަލް އޭރިއާ ތެރެއަށް ދިން ބޯޅަ ލިބުނީ، އޭރިއާގެ ކަނާ ދިމާލުގައި ހުރި އަންސަރު އަށެވެ. އޭނާ އަށް ވެސް ބޯޅަ ގޯލަށް ފޮނުވާލަން ފުރުސަތު ވެސް ލިބުނެވެ. ނަމަވެސް އޭނާ ބޯޅަ ދިނީ ޗޯޓް އަށެވެ. އޭނާ ވަނީ ތިރިތިރިން ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
މެޗުގެ 56ވަނަ މިނެޓްގައި ޓީސީގެ ޔޫސުފް ސިދާމް އަލީ، އޭރިއާގެ ބޭރުން އަރިމަތިން ގޯލްގެ ތެރެއަށް އޮއްސާާލުމަށް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަންނާން ދިޔަ ބޯޅަ ގްރީންގެ ޑިފެންޑަރު މުހައްމަދު ސާއިފް ވަނީ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
ޓީސީ އަށް މެޗުގެ ލަނޑު، 66 ވަނަ މިނެޓްގައި ލަނޑުޖަހައިދިނީ މުހައްމަދު ދާނިޝް އެވެ. އޭރިއާގެ އަރިމަތިން އޭރިއާ ތެރެއަށް ވަދެ އޭނާ ވަނީ ގޯލްގެ ދުރުކަނަށް ބޯޅަ ވައްދައިލައިފަ އެވެ. މެޗުގައި ޓީސީގެ ހަމަަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދެއްކި ގްރީންގެ ކީޕަރު، ހުސައިން ޝިފާދު މުހައްމަދު ޑައިވް ކުރިނަމަވެސް ބޯޅަ ތިރިތިރިން ގޯލްގެ ތެރެއަށް ވަނީ އޭނާގެ އިނގިލި ކުރީގައި ޖެހިލައިފަ އެވެ.
އޭގެ ކުރިން ވެސް ދާނީޝް އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ހުސްކޮށް އަރައި އޭނާ ބޭނުން ގޮތަކަށް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ އަށް ހުރަސް އަޅައި ބޯޅަ ސަލާމަތް ކުރީ ކީޕަރު ޝިފާދު އެވެ. މެޗުގެ 77 ވަނަ މިނެޓްގައި ޓީސީން ފޮނުވާލި ހަމަލާއެއް ޝިފާދު އަތުގައި ޖެހިފައި ގޯލް ދަނޑި އަށް ވެސް އަމާޒުވި އެވެ.
މެޗުގެ ފަހު ކޮޅުގައި ގްރީން އިން ދެ ލަނޑު ޖެހި އެވެ. އެޓީމުގެ ތިން ވަނަ ލަނޑަކީ، ޓީސީގެ އީނާޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭންޖަލް ދިން ބޯޅަ އަންސަރު ކުރިއަށް ފޮނުވާލުމުން، ދިފާއު ކުރަން އުޅުނު ބޯޅަ ގޯލަށް ވަނީ އީނާޒް ފައިގައި ޖެހިފަ އެވެ.
އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓް ދެއްކި ފުރަތަމަ މިނެޓްގައި ޓީސީގެ ހަތަރުވަނަ ލަނޑު ޖަހައި، ޗޯޓް ވަނީ ހެޓްރިކް ހަދައިފަ އެވެ. ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު ދިން ބޯޅަ، ޗޯޓް އަށް ލިބުނީ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅަ ހިފައިގެން ބާރު ސްޕީޑްގައި ދުވެފައި ގޮސް ޗޯޓް ވަނީ ކީޕަރު އިމްއާން ކައިރިން ކަޓުވާލާފައި ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. ޓީސީގެ ފަސް ވަނަ ލަނޑު ޖަހަން އަންސަރު އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ޗޯޓް އެވެ. އޭރިއާގެ އަރިމަތިން އޭނާ ހުރަސްކޮށްދިން ބޯޅަ، އަންސަރު ވަނީ ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިފަ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ޕެނަލްޓީގައި ޓީސީ ބަލިކޮށް ގްރީން ސެމީ އަށް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޓީސީ ބަލިކޮށް ގްރީންއިން ގަދަ ހަތަރެއް ޔަގީންކޮށްފި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ގްރީން އަޑިއަޅާލައިފި، ކޯޗު ބުނަނީ ޒިންމާ ނަގާ ކަމަށް
ގްރީންގެ އަތުން މޮޅުވެ ޓީސީ އަށް އުންމީދެއް
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
އީގަލްސްއިން ގްރީން ބަލިކުރުމުން ވެލެންސިއާ ފައިނަލަށް