13 އޯގަސްޓް 2022
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މެޗުގައި ޕެނަލްޓީ ޖަހައިގެން 4-3 ން މޮޅުވެ ގްރީން ސްޓްރީޓްސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މެޗުގައި ޕެނަލްޓީ ޖަހައިގެން 4-3 ން މޮޅުވެ ގްރީން ސްޓްރީޓްސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޗުގެ ނަތީޖާ 1-1 ން އެއްވަރުވުމުން، އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފުގައި ވެސް ނަތީޖާ އަށް ބަދަލު ނައުމުން ޖެހި ޕެނަލްޓީ ޝޫޓް އައުޓްގައި ޓީސީގެ މުހައްމަދު ސާދު ނިޒާރު އަދި މުހައްމަދު އަޖުފާން ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. ގްރީންގެ ޕެނަލްޓީ ފޮނުވާލި ކުޅުންތެރިންގެ ތެރެއިން އަންސަރު އިބްރާހިމް (އަންކޮ) އަށް ކުރިމަތިވީ ނާކާމިޔާބެވެ.
ސެމީ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހު ގްރީން ނުކުންނާނީ މާޒިޔާ އާ ދެކޮޅަށެވެ. މާޒިޔާ ސެމީ އަށް ދަތުރު ކުރީ ރޭ ޔުނައިޓެޑް ވިކްޓަރީ ބަލި ކުރުމަށް ފަހު އެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ޓީސީންނެވެ. އެ ޓީމުގެ ލަނޑު 24 ވަނަ މިނެޓްގައި ޖެހީ މިސްރުގެ ފޯވާޑް އުމަރު ސަލާހް އެވެ. ގްރީންގެ އޭރިއާގެ އަރިމަތިން ދަނޑުގެ ޓަޗުލައިނާ ކައިރިން ލިބުނު ހިލޭ ޖެހުން ޓިސީގެ ހައިޝަމް ރަޝީދު އޭރިއާ ތެރެއަށް ނަގައި ދިނުމުން އުމަރު ވަނީ ބޯޅަ އަށް އަރައި ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. ގްރީންގެ ކީޕަރު ސާގިބް ހަނީފް އަށް ވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ.
ގްރީން އަށް ނަތީޖާ ހަމަހަމ ކޮށް ދިނީ އުޒްބެކިސްތާންގެ ޑިފެންޑަރު ޝުކުރާލީ ޕުލަޓޯވް އެވެ. މެޗުގެ 38 ވަނަ މިނެޓްގައި އަންސަރު ނަގައިދިން ކޯނަރު ޝުކުރާލީ ބޮލުން ފޮނުވާލުމުންގޯލްގެ މަތީ ކަނާ ދިމާލުން ބޯޅަ ބޯޅަ އޮހިގެން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ. މަތިން އަންނަ ބޯޅަތަކަށް ހުށިޔާރު ކީޕަރު ސުޖަން ޕެރޭރާ ހީކޮށްގެން ހުރީ ބޯޅަ ބޭރަށް ދާނެ ކަމަށެވެ.
ޓީސީގެ ފުރަތަމަ ޕެނަލްޓީ މުހައްމަދު މުސްލިހް (މުއްޓި) ކާމިޔާބު ކުރި އެވެ. ދެވަނަ ޕެނަލްޓީ ސާދު އަށް ނާކާމިޔާބުވީ އެވެ. އަހުނަފް މުހައްމަދާއި ހަސަން އީނާޒުގެ ޕެނަލްޓީ ކާމިޔާބު ކުރި އެވެ. އެކަމަކު އަޖުފާންގެ ޕެނަލްޓީ ނާކާމިޔާބު ވުމުން ޓީސީ ނޭވާ ހޮލީ އަށް އެޅުނެވެ. ސާދު އާއި އަޖުފާން ޖެހި ޕެނަލްޓީ ވެސް ކީޕަރު ސާގިބް މަތަ ކުރި އެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ގްރީންގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރީ ވެސް ޝުކުރާލީި އެވެ. އޭގެ ފަހުން އަންސަރުގެ ޕެނަލްޓީ ނާކާމިޔާބުވީ އެވެ. އެ ޕެނަލްޓީ ހުއްޓުވީ ޓީސިގެ ކީޕަރު ސުޖަން އެވެ. އެކަމަކު ދެން ޖެހި ތިން ޕެނަލްޓީ ކާމިޔާބު ކުރީ ހަސަން ނަޒީމް (ޗޯޓް) ފަރުހާދު އިސްމާއީލް (ފަރޭ) ރިލްވާން ވަހީދު ރިލޭ އެވެ. ރިލޮްވާންގެ ޕެނަލްޓީ ގޯލްގެ ތިރީ ކަނަށް ފޮނުވާލައި ގްރީން އަށް މެޗު ކާމިޔާބު ކޮށްދިނެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ގްރީންގެ އަތުން މޮޅުވެ ޓީސީ އަށް އުންމީދެއް
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ޗޯޓްގެ ހެޓްރިކުން ގްރީން އިން ޓީސީ ބަލިކޮށްފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ
ކްލަބުން ބޭނުންނުވާނަމަ އެހެން ޓީމެއްގައި ތަށިނަގާނަން
އިނގިރޭސި އެފްއޭ ކަޕުގައި ނޫ ކާޑް ދައްކަން ފަށަނީ
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި