09 މާޗް 2022
ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްގެ މައްޗަށް 1-0 ން ޓީސީ މޮޅުވެ ކުރިއަށް ދިއުމަށް އުންމީދެއް ލިބިއްޖެ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްގެ މައްޗަށް 1-0 ން ޓީސީ މޮޅުވެ ކުރިއަށް ދިއުމަށް އުންމީދެއް ލިބިއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ޓީސީގެ ތަފާތަކަށްވީ، މެޗުގައި 11 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ އެވެ. އެޕަނަލްޓީ ޓީސީ އަށް ލިބުނީ ގްރީންގެ އޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރު މުހައްމަދު ފަރުހާން (ފަރުއްކޮ) ޓީސީގެ އުމަރު ސަލާހް އަށް ފައުލު ކުރުމުންނެވެ.
ވީޑީއޯ ރިޕްލައިން ފެންނަ ގޮތުގައި ފަރުހަނާގެ އަތްގޮސް ސަލާހް ގައިގައި ޖެހުނެވެ. ރެފްރީ ޕެނަލްޓީ އަކަށް ދެއްކުމުން އޭނާ ވަނީ އެޕީލް ވެސް ކޮށްފަ އެވެ. އެފައުލާ ގުޅިގެން އޭނާ އަށް ރީނދޫ ކާޑު ދެއްކި އެވެ. ލިބުނު ޕެނަލްޓީން ޓީސީ އަށް ލަނޑު ޖަހައިދިނީ ވެސް ސަލާހް އެވެ. އޭނާ ޕެނަލްޓީ ފޮނުވައިލީ ގޯލްގެ މެދަށެވެ. އެކަމަކު ގްރީންގެ ކީޕަރު ސާގިބް ހަބީފް ޑައިވް ކުރީ ގޯލްގެ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވައިލާނެ ކަމަށް ބަލަ އެވެ.
ގްރީންގެ ވައިސް ކެޕްޓަން މުހައްމަދު ސާއިފް (ކ) ބޯޅަ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ: ޓީސީ މޮޅުވީ 1-0 --- ފޮޓޯ: އެފްއޭއެމް
މިމެޗާ އެކު ވިދިވިދިގެން ތިން މެޗުން ގްރީން ބަލިވީ އެވެ. ލީގުގައި އެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ވެލެންސިއާ އާދެކޮޅަށް ކުޅުނު މެޗު ގްރީން އިން ކާމިޔާބު ކުރީ 1-0 ންނެވެ. އޭގެ ކުރިން ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވީ އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި އެޓީމުން ވަނީ އެންމެ ފަހު މެޗާ ހަމަ އަށް ވެސް ރަނގަޅު ވާދައެއް ކޮށްފަ އެވެ. އެކަމަކު އެމުބާރާތުގައި ދެއްކި ކުޅުމެއް ދިވެހި ލީގުގައި ގްރީން އަކަށް އަދި ނުދެއްކެ އެވެ.
ފަސް މެޗުގެ ތެރެއިން ޓީސީ ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އެޓީމުން މީގެ ކުރިން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި
ވެލެންސިއާ އާއި ގްރީން ލީގުގައި ވާދަނުކުރަން ނިންމައިފި
ބުރުގެ މެޗުން ޓީސީއަށް މޮޅު، ލީގު ދެ މަހުގެ ބްރޭކަށް
ޕްރީ ސީޒަނެއް ނެތި ގާތްގާތުގައި މެޗު ކުޅެން އުނދަގޫ
ޕެނަލްޓީގައި ޓީސީ ބަލިކޮށް ގްރީން ސެމީ އަށް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޓީސީ ބަލިކޮށް ގްރީންއިން ގަދަ ހަތަރެއް ޔަގީންކޮށްފި