19 ޖެނުއަރީ 2022
ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ކްލަބް އީގަލްސް އަތުން ގްރީން ސްޓްރީޓްސް 4-1 އިން ބަލިވުމުން، ތާވަލުގެ އެއްވަނައިގައި އޮތް ކްލަބް ވެލެންސިއާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ކްލަބް އީގަލްސް އަތުން ގްރީން ސްޓްރީޓްސް 4-1 އިން ބަލިވުމުން، ތާވަލުގެ އެއްވަނައިގައި އޮތް ކްލަބް ވެލެންސިއާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި އެވެ.
މެޗުން މޮޅުވެގެން، ގްރީން އަށް ފައިނަލްގެ ޖާގަ ހޯދެން އޮތް ނަމަވެސް ބަލިވުމުން އެފުރުސަތު ވަނީ ހަނިވެފަ އެވެ. ވެލެންސިއާ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު އެވެ. ފައިނަލްގެ ޖާގަ ވެލެންސިއާ އަށް ކަށަވަރުވީ، ގަދަ ދެޓީމުގެ ތެރެއިން ބޭރުނުވާނެކަން މިއަދުގެ މެޗުގެ ނަތީޖާއިން ޔަގީންވުމުންނެވެ.
އަންނަ އާދިއްތަ ދުވަހު، ރ. އަލިފުށީގައި ކުޅޭ ފައިނަލަށް ދާނީ ލީގު ބުރުގެ ގަދަ ދެ ޓީމެވެ. މިރޭ މާޒިޔާއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗުން އެޓީމު ބަލިވިޔަސް ގަދަ ދެ ޓީމުގެ ތެރޭގައި ވެލެންސިއާ ހިމެނޭނެ އެވެ. މިރޭގެ މެޗު އެއްވަރުކޮށްލިޔަސް މާޒިޔާ ފައިނަލަށް ދާނެ އެވެ. ގްރީން ފައިނަލަށް ދާނީ މާޒިޔާ ބަލިވެ ލަނޑުގެ ތަފާތުން މާޒިޔާގެ ފައިދާ ގޯލް ގްރީން އަށް ވުރެ މަދުވެއްޖެނަމަ އެވެ. މިހާރު ފައިދާ ގޯލްގެ ކުރީގައި އޮތީ މާޒިޔާ އެވެ. އެޓީމަށް ފައިދާ 11 ގޯލެވެ. ގްރީން އަށް ފައިދާ 9 ގޯލެވެ. ދެޓީމަށް ވެސް 15 ޕޮއިންޓެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އީގަލްސްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ.
ފުރަތަމަ ލަނޑު މެޗުގެ 19 ޖެހީ ވެސް ރާއިފް އެވެ. ގްރީންގެ އޭރިިއާ ތެރެއިން ފުރަތަމަ އޭނާ އަތުން ދޫވި ބޯޅަ ގްރީންގެ ޑިފެންޑަރުގެ ފައިގައި ޖެހިފައި އަނެއްކާ ވެސް ލިބުނީ ރާއިފް އަށެވެ. ދެން އޭނާ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ މަތީ ކަނަށް ބޯޅަ ފޮނުވައިލި އެވެ.
މެޗު ފަށައިގެން އެހާ ތަނަށް ރަނގަޅަށް ކުޅުނީ އީގަލްސް އެވެ. ތަނަވަސް ފުރުސަތުތަކެއް ނުއުފެއްދުނަސް ގިނަ އިރު ބޯޅަ ގެންގުޅުނީ އެ ޓީމުންނެވެ. އެކަމަކު ގްރީން ކޮޅަށް ލަނޑު ވަން ހިސާބުން އެޓީމުން ކުރިއަށް ޖެހިގެން ކުޅެން މަސައްކަތް ކުރި އެވެ.
ގްރީން އަށް ނަތީޖާ ހަމަހަމަކޮށް ދިނީ އަންސަރު އިބްރާހިމް (އަންކޮ) އެވެ. މެޗުގެ 26 ވަނަ މިނިޓްގައި އޭންޖަލް މުނޯޒް ނަގައިދިން ބޯޅަ އަންކޮ ވެއްޓިގެން ފައި ފޮނުވާލީ ގޯލްގެ ތެރެއަށެވެ.
ގްރީން އިން ނަތީޖާ ހަމަހަމަ ކުރި ފަހުން އެޓީމަށް ލިބުނު އެންމެ ރަނގަޅު ދެ ފުރުސަތު ވެސް ލިބުނީ އަލީ ޝާމިސް (ތޮއްޕެ) އަށެވެ.
މެޗުގެ 32 ވަނަ މިނެޓްގައި އަބްދުﷲ ޔާމިން (ޔާން) ދިން ބޯޅަ ހިފައިގެން އޭރިއާގެ އަރިމަތިން އަރައި، ގޯލްގެ ތެރެއަށް އޮއްސާލަން ޝާމިސް މަތިން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިއާ އިންޗިއެއްހާ މަތިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 44 ވަނަ މިނިޓްގައި މުނޯޒް ދިން ބޯޅަ ހިފައިންގެ ވެސް އޭރިއާ ތެރެއަށް ވަދެ ތިރިިތިރިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ބޭރަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ގްރީންގެ މުނޯޒް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އީގަލްސްގެ ގޯލްގެ ކަނަށް އަމާޒުކޮށް އޭނާ ފޮނުވައިލި ބޯޅަ ކީޕަރު މުހައްމަދު ތޯހާ ވަނީ ދިފާއުކޮށްފަ އެވެ.
އީގަލްސް އަށް އަލުން ލީޑް ނަގައިދިނީ އަހްމަދު ހަސަން (އަންމަޑޭ) އެވެ. އީގަލްސްގެ ކުޅުންތެރިން ގްރީންގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އަހްމަދު ހަސަން ވަނީ އެއްފަހަރުން ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
ގްރީން ކުރިއަށް ޖެހުމުން އީގަލްސްގެ ކުޅުންތެރިންނަށް ގްރީންގެ ހާފުގެ ތެރެއިން ޖާގަ ލިބިގެން ދިޔަ އެވެ. ހާއްސަކޮށް އަހްމަދު ރިޒްވާން (ރިޒޭ) ވަނީ ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
އީގަލްސްގެ ތިންވަނަ ލަނޑު 64 ވަނަ މިނިޓްގައި ރާއިފް ޖެހީ ވެސް ރިޒޭ ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ތަނަވަސްކޮށްދިން ބޯޅައިންނެވެ. ރާއިފް ވަނީ ފަސޭހަ ކަމާއެކު ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
އީގަލްސްގެ ހަތަރު ވަނަ ލަނޑު ޖެހީ ރިޒޭ އެވެ. މިފަހަރު ރިޒޭ އަށް ބޯޅަ ތަނަވަސްކޮށް ދިނީ އަހްމަދު ހަސަން އެވެ. ރިޒޭ އަށް ވެސް ފުރުސަތު ލިބުނީ ހުސްގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލާށެވެ. އޭނާ ވަނީ މަޑުމަޑުން ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.
ދެވަނައިގައި އީގަލްސްއިން ފުރަތަމަ ބުރު ނިންމާލައިފި
ގްރީން އަޑިއަޅާލައިފި، ކޯޗު ބުނަނީ ޒިންމާ ނަގާ ކަމަށް
ވެލެންސިއާ، ގްރީން، މާޒިޔާ ވާދަވެރިކަން ބޮޑު
ގްރީންގެ ތަފާތަކީ ބަދަހި އާއިލާއެއްގެ ގޮތުގައި އޮތުން
ޗޯޓްގެ ހެޓްރިކުން ގްރީން އިން ޓީސީ ބަލިކޮށްފި
ސަސް ބަލިކޮށް، ގްރީން ހަމަޖެހިލައިފި
ގްރީން ބަލިކޮށް ވެލެންސިއާ އެއްވަނަ އަށް
ޕްރެސް ބޮއިކޮޓްކުރި ކްލަބްތަކުގެ މައްސަލަ ބަލަނީ
ފާޑުކިޔާތީ ހަތް ކްލަބަކުން "މިހާރު" ބޮއިކޮޓްކޮށްފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ