05 ޖެނުއަރީ 2022
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޕްރެޒިޑެންޓްސް ކަޕުގެ ގުރޫޕް ސްޓޭޖުގެ ތިން ވަނަ މަގާމުގައި ކްލަބް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޕްރެޒިޑެންޓްސް ކަޕުގެ ގުރޫޕް ސްޓޭޖުގެ ތިން ވަނަ މަގާމުގައި ކްލަބް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި އެވެ.
ކުރިން ވެސް ގްރީން އޮތީ ތިންވަނައިގަ އެވެ. އެކަމަކު އޭރު ސަސް އާއި ގްރީންއާ ދެ ޓީމު އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށެވެ. އެކަމަކު މިރޭ ސަސްގެ މައްޗަށް ގްރީން ކުރި ހޯދުމުން، ތިން ޕޮއިންޓުގެ ލީޑެއް ވަނީ ލިބިފަ އެވެ. ހަތަރު މެޗުން އެޓީމު ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ސަސް އަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.
އަންސަރު (ވ) ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެޗުން ގްރީން މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަންސަރު އިބްރާހިމް (އަންކޮ) އެވެ. މިފަހަކަށް އައިސް އޭނާ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިއީ މޭން އޮފްދަ މެޗުގެ އެވޯޑް އޭނާ ހޯދި ދެވަނަ މެޗެވެ.
ގްރީންގެ ދެލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު އޭންޖަލް މުނޯޒް ޖެހީ 23 ވަނަ މިނިޓްގަ އެވެ. މިރޭގެ މެޗަކީ އޭންޖަލް މި ސީޒަންގައި ގްރީންގައި ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ސީޒަންގައި ވެސް އޭނާ ވަނީ ގްރީންގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ދެވަނަ ލަނޑު އަންސަރު ޖެހީ 28 ވަނަ މިނިޓްގަ އެވެ. ދެވަނަ ހާފުގައި ސަސްގެ ލަނޑު ޖެހީ ޔަޝްފާދު ހަބީބު (މުލަކޭ) އެވެ.
ލީގު އުސޫލުން ކުޅޭ ގުރޫޕް ސްޓޭޖުގެ އެންމެ ވަރުގަދަ ދެ ޓީމު ފައިނަލް ކުޅޭ ގޮތަށް ހަމަޖައްސާފައިވާ ޕްރެޒިޑެންޓްސް ކަޕުގެ އެއްވަނައިގައި އޮތީ މާޒިޔާ އެވެ. ދެވަނައިގައި އޮތީ ވެލެންސިއާ އެވެ. އެ ދެޓީމަށް ވެސް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރި ލިބެނީ ވެލެންސިއާ އަށް ވުރެ އިތުރަށް ގޯލް ޖަހާފައިވާތީ އެވެ.
ގްރީން އަޑިއަޅާލައިފި، ކޯޗު ބުނަނީ ޒިންމާ ނަގާ ކަމަށް
އީގަލްސްއިން ގްރީން ބަލިކުރުމުން ވެލެންސިއާ ފައިނަލަށް
ޗޯޓްގެ ހެޓްރިކުން ގްރީން އިން ޓީސީ ބަލިކޮށްފި
ގްރީން ބަލިކޮށް ވެލެންސިއާ އެއްވަނަ އަށް
ދެރައޭ ބުނެވޭނެ ޓީމެއް ލީގަކު ނެތް: ނިސްތާރު
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ގްރީން ބަލިކޮށް، ސަސް އަށް އުންމީދީ ފެށުމެއް