27 ޑިސެމްބަރ 2021
ތަފާތު ބޮޑު ނަތީޖާއެއް ނުނެރެވުނަސް، ރީތި ފުޓުބޯޅައެއް ކުޅެ މޮޅުވުމުން މާހިތްހަމަ ޖެހޭ ކަމަށް، މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
ތަފާތު ބޮޑު ނަތީޖާއެއް ނުނެރެވުނަސް، ރީތި ފުޓުބޯޅައެއް ކުޅެ މޮޅުވުމުން މާހިތްހަމަ ޖެހޭ ކަމަށް، މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
ޗެރިޓީ ޝީލްޑްގައި މާޒިޔާ އިން ވެލެންސިއާ ކޮޅަށް ފަސް ލަނޑު ޖަހައިގެން މޮޅުވި އެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ދެ މެޗުން ވެސް މާޒިޔާ މޮޅުވީ ފަރަގު ކުޑަ ކޮށެވެ. ތާވަލްގެ އެއްވަނައިގައި ވެލެންސިއާ އޮތީ ފައިދާ ގޯލުން މާޒިޔާ އަށް ވުރެ ކުރި ލިބޭތީ އެވެ. މާޒިޔާގައި އޮތް ސްކޮޑާ އަޅާބަލައި އަދި އެހެން ކްލަބްތަކުގެ ތައްޔާރީތައް ދަށްކޮށްދިޔަ އިރު ތަފާތު ބޮޑު ނަތީޖާއެއް މާޒިޔާ އަށް ނުނެރެވޭތީ، އެޓީމަށް ފާޑުކިޔުން އަމާޒުވެ އެވެ.
މޯހަން ބުނީ، ކިތަންމެ ފެންވަރު ރަނގަޅު ޓީމަކާއި ކިތަންމެ އާދައިގެ ޓީމަކާ ކުޅެން ޖެހުނަސް ކޮންމެ ފަހަރަކު ތަފާތު ބޮޑު ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ އެއް ލަނޑުގެ ފަރަގަކުންނެވެ. ނަތީޖާ ފަރަގު ކުޑަ ވިޔަސް މާޒިޔާ ދެއްކި ކުޅުމާމެދު މޯހަން ހިތްހަމަޖެހެ އެެވެ.
އޭނާ ބުނީ އީގަލްސް މެޗުގައި ޕްރެޝަރެއް ނެތި މާޒިޔާގެ ކުޅުންތެރިން ކުޅެފައިވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އީގަލްސް މެޗުގައި މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"ބޯޅަ ގެއްލުނީމާ ބޯޅަ އަތުލުމާ އެކަންކަން ވަރަށް ރަނގަޅަށް ހުރީ. ބޯޅަ ގެއްލުނީމަ ދެ ސިކުންތެއް ނޫނީ ތިން ސިކުންތެއް ނުވޭ އެޓީމަށް ދެ ޕާހެއް ނުވަތަ ތިން ޕާހެއް ނުޖެހެނީސް އަޅުގަނޑުމެން ބޯޅަ ރިކަވާ ކުރުން ވަރަށް ރަނގަޅު. މޫވްމަންޓްތައް ރަނގަޅު. ގިނަ ފުރުސަތުތަކެއް އުފެއްދުނު،" ޓީމުގެ ކުޅުންތެރިންނަށް ތައުރީފް ކުރަމުން މޯހަން ބުންޏެވެ.
"މީގައި މުހިންމީ ތަފާތު ބޮޑު ނަތީޖާއެއް ނޫން. މުހިންމީ ރަނގަޅު ބޯޅައެއް ކުޅެ މޮޅުވުން. ކިހާވަރަކަށް ބޯޅަ ކުޅެވުނުތޯ. ކިހާ ފުރުސަތެއް އުފެއްދުނުތޯ. އިދިކޮޅު ޓީމަށް ފުރުސަތުތަކެއް ނުދީ ކުޅެވުނުތޯ. އަޅުގަނޑުމެންނަށް އެންމެ މުހިންމު ކަންތައް ހާސިލު ވެއްޖެ. އެއީ ތިން ޕޮއިންޓް. އަނެއްކާ ރަނގަޅު ބޯޅައެއް ކުޅެ ތިން ޕޮއިންޓް ލިބުނީ. ދެން މި ވިސްނަނީ ކުރިއަށް އޮތް ޓީސީ މެޗަށް."
މާޒިޔާ އާއި ޓީސީ ކުޅޭ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ.
މާޒިޔާ މޮޅުވިޔަސް، ކުޅުމާމެދު ކޯޗު ހިތްހަމައެއް ނުޖެހޭ
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
ފައިނަލް މެޗެއްގައި ފޭވަރިޓުން ނުތިބޭނެ: އިވާން
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާޒިޔާ އަށް
މާޒިޔާގެ ކޯޗް ކަމުން މޯހަން ވަކިކޮށްފި
ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާއަށް ނާކާމިޔާބުވީ ކީއްވެ؟
"ޓްރެވަލް ކިޓެއް ނެތަސް ތަށި ހޯދުމުގެ ފެންވަރު ހުރި"
ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދައިފި
ވެލެންސިއާގެ "ބަދަހި" ފޯވާޑްލައިނަށް އޮތީ އުންމީދު