Roadha Mihaaru
ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާއަށް ނާކާމިޔާބުވީ ކީއްވެ؟

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަށް ނާކާމިޔާބުވީ ކީއްވެ؟

27 ޖެނުއަރީ 2022

މި ފަހަރުގެ ފުޓުބޯޅަ ސީޒަނަށް އެންމެ ކުރިން ތައްޔާރުވާން ފެށި ޓީމަކީ މާޒިޔާ އެވެ. ޕްރީ ސީޒަން ޓުއާއެއްގައި ނ. އަތޮޅުގައި ވެސް މާޒިޔާއިން ކޭމްޕްކުރި އެވެ. އެހެން ކްލަބްތަކަށް ސީޒަނަށް ތައްޔާރުވާން ފެށުނީ މާފަހުންނެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެލެންސިއާގެ މައްޗަށް މާޒިޔާ ކާމިޔާބު ހޯދި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެވަރުގެ ނަތީޖާއަކުން ވެލެންސިއާގެ މައްޗަށް މޮޅުވެވުމުން، ފުޓްބޯޅައިގައި މަސައްކަތް ކުރާ ތަޖުރިބާކާރުން ގަބޫލުކުރީ މި ސީޒަންގައި ވެސް މާޒިޔާ އަތުލެވޭނެ ޓީމެއް ނެތް ކަމަށެވެ. ލީގުގެ ފުރަތަމަ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނި ގޮތުގައި މާޒިޔާ އިން ދުރާލައި ތައްޔާރުވުމުން އޭގެ ފައިދާ އެ ޓީމަށް މުޅި ސީޒަންގައި ކުރާނެ އެވެ.

ދެޓީމުގެ ސްކޮޑަށް ބަލާއިރު ވެލެންސިއާ އާއި މާޒިޔާގެ އެންމެ ބޮޑު ފަރަގަކީ ބޮޑު ސްކޮޑެއް މާޒިޔާގައި އޮތުމެވެ.

ތަޖުރިބާކާރު އެހެން ކޯޗަކު ބުނީ މާޒިޔާގައި ބެންޗުން އަރަން ތިބި ކުޅުންތެރިންނަކީ ވެސް ގައުމީ ފެންވަރުގެ ކުޅުންތެރިންނަށްވުމަކީ އެހެން ޓީމުތައް ކުރިމަތީގައި މާޒިޔާ އަށް އޮތް އެޑްވާންޓޭޖެއް ކަމަށެވެ.

ރ. އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ކުރިއަށްގެންދިޔަ ޓްރޭނިންގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރ. އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ކުރިއަށްގެންދިޔަ ޓްރޭނިންގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ ފުޓުބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި މާޒިޔާވީ ފަހުން، މިފަހުގެ ތާރީހެއްގައި ޖެހިޖެހިގެން ތިން މެޗުން މާޒިޔާ ބަލިވި ފުރަތަމަ މުބާރާތަކީ ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕެވެ.

އެ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގެ ކުރިން، ގްރީން ސްޓްރީޓްސް އަތުން މާޒިޔާ ވަނީ 2-0 އިން ބަލިވެފަ އެވެ. ލީގު ބުރުގެ އެންމެ ފަހު މެޗުން، މާޒިޔާ ފައިނަލަށް ދިޔައީ ހަނި ފުރުސަތަކުން ކަމަށް ތަޖުރިބާކާރު އެހެން އޮފިޝަލަކު ބުންޏެވެ.

"ފައިނަލަށް ދާން ފުރުސަތު ލިބުނު ދެ މެޗުން ވެސް ބަލިވީ،" އޭނާ ބުންޏެވެ.

ވެލެންސިއާ އަށް މުބާރާތުގެ ތަށި ހޯދައިދިން ކޯޗު، އިސްމާއީލް އާސިފް (ކުޑަ ހީނާ) ކުރިން ބުނެފައި ވަނީ، ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ވެލެންސިއާ އަށް ލިބުނު ޕެނަލްޓީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވައްދާލި ނަމަ އެ މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކުރަން އިތުރު ފުރުސަތުތަކެއް ތަނަވަސް ކުރެވުނީސް ކަމަށެވެ.

ރ. އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލް ތެރެއިން: މާޒިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެލެންސިއާ --. ފޮޓޯ: ނިޝާން އަލީ | މިހާރު

ރ. އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލް ތެރެއިން: މާޒިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެލެންސިއާ --. ފޮޓޯ: ނިޝާން އަލީ | މިހާރު

ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ނުކުތް މާޒިޔާ އަށް ޕްރެޒިޑެންޓްސް ކަޕް ގެއްލުނު ފަހުން، މިހާތަނަށް އެޓީމުގެ ކޯޗު މޯހަން މީޑީއާގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. "މިހާރު" ނޫހަށް އިންޓަވިއު ނުދޭން މާޒިޔާ އިން ނިންމައިފައިވުމުން އެޓީމުގެ އެއްވެސް ބަހެއް ނުލިބެ އެވެ.

މާޒިޔާ އަށް ނާކާމިޔާބުވި ސަބަބުތަކާ ބެހޭގޮތުން ވާހަކަ ދެއްކި ފުޓުބޯޅައިގެ އޮފިޝަލް، އަޅައިކިޔައިލީ މާޒިޔާ އާއި ވެލެންސިއާ ސީޒަން ފެށި ގޮތަށެވެ. އޭނާ ބުނި ގޮތުގައި މާޒިޔާ ސީޒަން ފެށީ ވަރަށް މަތިންނެވެ. އެކަމަކު ވެލެންސިއާ ދިޔައީ ދަށުން ފަށައިގެން މައްޗަށް ކަމަށް ބުންޏެވެ.

"މާޒިޔާ ފެށުން ވަރަށް ރަނގަޅު. ފުރަތަމަ ވެސް 5-0 ގެ ބޮޑު މޮޅެއް ހޯދީމައި އެފެށީ ވަރަށް މަތިންނޭ. އެކަމަކު ފަހުން އެއްވަރެއްގައި ޕާފޯމް ނުކުރެވުނީ. އެ ޕާފޯމް މެއިންޓެއިން ކުރުން އެންމެ މުހިންމު ކަމަކީ،" އޭނާ ބުންޏެވެ.

"އެކަމަކު ވެލެންސިއާ ފެށީ ދަށުން. ބޮޑު ބައްޔަކުން ފެށީ. އެ ޓީމު ދިޔައީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން. ފައިނަލާ ހަމައަށް ދިޔައިރު ވެލެންސިއާ އޮތީ ވަރަށް ފޯމްގައި."

ތަޖުރިބާކާރު އެހެން އޮފިޝަލަކު ބުނިގޮތުގައި ފައިނަލް މެޗުގައި މާޒިޔާގެ ބަދަލުތައް ވެސް ފެނުނީ އެންމެ ރަނގަޅަކަށް ނޫނެވެ.

"މިހެން މި ބުނީ، އަސައްކޮ (އަސަދުﷲ އަބްދުﷲ) އާއި އަކޫ (އަކުރަމް އަބްދުލް ގަނީ) އެކުގައި ވޯމްއަޕް ކުރަމުންދަނިކޮށް ކުޅެން ނެރުނީ އަކޫ. މޮޅުވާން ޖެހޭ މެޗެއްގައި އެޓޭކިން ކުޅުންތެރިއެއް ބަހައްޓާފައި ޑިފެންސިވް ކުޅުންތެރިއެއް ނެރުނީ ކީއްވެބާއޭ އަޅުގަނޑު ހިތަށް އަރާ،" އޭނާ ބުންޏެވެ.