Roadha Mihaaru
މާޒިޔާގެ ކޯޗް ކަމުން މޯހަން ވަކިކޮށްފި

މާޒިޔާގެ ކޯޗް ކަމުން މޯހަން ވަކިކޮށްފި

27 ޖެނުއަރީ 2022

ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު މާޒިޔާގެ ކޯޗް ކަމުން މުހައްމަދު ޝިޔާޒު (މޯހަން) މިއަދު ވަކިކޮށްފި އެވެ.

ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު މާޒިޔާގެ ކޯޗް ކަމުން މުހައްމަދު ޝިޔާޒު (މޯހަން) މިއަދު ވަކިކޮށްފި އެވެ.

މާޒިޔާއިން ބުނީ، މޯހަން ވަކި ކުރަން ނިންމި ނިންމުމަކީ އެ ކްލަބްގެ ބޯޑަށް ނިންމަން އުނދަގޫވި ނިންމުމެއް ކަމަށެވެ. އަދި އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކްލަބުން މީޑީއާ އަށް ފޮނުވި ބަޔާނުގައި ވެއެވެ.

"ގިނަ މަޝްވަރާތަކަކާއި ވިސްނުންތަކަކަށްފަހު މި ހާލަތުގައި ކްލަބަށް އެންމެ ފައިދާ ހުރި ގޮތަކީ މިބަދަލު ގެންނައުކަން ކްލަބްގެ ބޯޑުން ގަބޫލު ކުރޭ،" މާޒިޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.

Presidents Cup gai Maziya ah naakaamiyaab vee keevve?

Presidents Cup gai Maziya ah naakaamiyaab vee keevve?

The most trusted news source in the Maldives

Mihaaru

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަށް ނާކާމިޔާބުވީ ކީއްވެ؟

މޯހަން އަކީ މިދިޔަ އެއް އަހަރު ތެރޭ މާޒިޔާގައި މަސައްކަތް ކުރި ތިންވަނަ ކޯޗެވެ. މިދިޔަ ސީޒަން އެޓީމުން ފެށީ، ޓީސީ ސްޕޯޓްސް ކްލަބްގެ މިހާރުގެ ކޯޗް މުހައްމަދު ނިޒާމް އާއެކު އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވި ފަހުން އޭނާ ވަނީ އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފަ އެވެ. އޭގެ ފަހުން މާޒިޔާގެ ކޯޗް ކަމަށް ހަމަޖެއްސީ، ކުރިން ރެއާލް ބެޓިސްގެ ޔޫތު ޓީމުގައި މަސައްކަތް ކުރި ސާބިއާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް އެވެ. މިދިޔަ އަހަރު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން މާޒިޔާއިން ނިންމީ އޭނާގެ ކޮންޓްރެކްޓް އާ ނުކުރުމަށެވެ.

އޮކްޓޯބަރު މަހު މާޒިޔާގެ ކޯޗް ކަމަށް މޯހަން ހަމަޖެއްސުމަށްފަހު، އެޓީމުގެ ޖެނަރަލް ސެކެރެޓްރީ އަބްދުލް ވައްހާބް (ވައްކޭ) ވިދާޅުވީ ދިވެހި ކޯޗަކަށް އިސްކަންދީގެން ދިވެހި ކޯޗަކާއެކު އޭއެފްސީ ކަޕްގައި ވެސް ކާމިޔާބު ހޯދުމަކީ މާޒިޔާއިން ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ.

Maziya ge pressure Mohan ah hifahattaaleveynetha?

Maziya ge pressure Mohan ah hifahattaaleveynetha?

The most trusted news source in the Maldives

Mihaaru

މޯހަން މިއަދު ވަނީ މާޒިޔާގެ ކޯޗް ކަމުން ވަކި ކޮށްފަ

މޯހަންގެ ކޯޗް ކަމުގެ ދަށުން މާޒިޔާއިން ވަނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް އެޓީމަށް ހޯދައިދީފަ އެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ރ. އަލިފުށީގައި ކުޅެ އެޓީމު ބަލިވީ ވެލެންސިއާ އަތުން 2-1 ންނެވެ. ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި ވެސް ވެލެންސިއާ އަތުން މާޒިޔާ ބަލިވި އެވެ. އަދި އޭގެ ކުރިން ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް އަތުން ވެސް ބަލިވި އެވެ.