21 އެޕްރީލް 2018
އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ތަޖުރިބާ އަށް ބަލާއިރު އެއީ ޖެހިލުންވާން ޖެހޭ ޓީމެއް ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ތަޖުރިބާ އަށް ބަލާއިރު އެއީ ޖެހިލުންވާން ޖެހޭ ޓީމެއް ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ލީގުގައި އިއްޔެ ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ފަހު އީގަލްސް ލީގުގެ ތިން ވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓާ އެކު އެވެ. މިރޭ މާޒިޔާ ބަލިކޮށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އީގަލްސް އަށް އެބައޮތެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް މާޒިޔާ އަށް ވެސް މި މެޗުން މޮޅުވެގެން ލީގުގެ ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
މޯހަން ބުނީ އީގަލްސްއާ އަޅާކިޔާއިރު މާޒިޔާ އޮތީ އެއް ކަމަކުން ކުރީގަ އެވެ.
"މާޒިޔާ އަކީ މިހާރު ރާއްޖޭގައި ބަލާ ކަމަށްވެއްޖިއްޔާ އެންމެ މަތީ ފަންތީގައި އެއް ވަނަ އަށް ވާދަކުރަމުން އަންނަ ކްލަބެއް. އެކްސްޕީރިއަންސާ ހުރިހާ އެއްޗަކަށް ބަލާއިރު މާޒިޔާ އަކީ ޖެހިލުންވާން ޖެހޭ ޓީމެއް،" އޭނާ ބުންޏެވެ.
މި ސީޒަނުގައި މިހާތަނަށް ފެނުނު މެޗުތަކުގައި މާޒިޔާގެ ކުޅުން ދިޔައީ އީގަލްސްއާ އެއް ކަހަލަ ގޮތަކަށް ކަަމަށާއި އެހެން ނަމަވެސް ދެ ޓީމުގައި ތިބި ކުޅުންތެރިން އަޅާކިޔާނަމަ މާޒިޔާ އަށް އޭގެ އެޑްވާންޓޭޖެއް އެބައޮތް ކަމަަށް މޯހަން ބުންޏެވެ.
"ކުޅުމަށް ބަލާއިރު މާޒިޔާ ދޭތެރެއަކުން ވަރަށް ރަނގަޅު ވަގުތު ވެސް އާދޭ، ދެން ވަރަށް ދަށް މެޗު ވެސް އެބަދޭ. އަޅުގަނޑުމެން ވެސް އެ ގޮތަށް މިދަނީ. އެގޮތުން ދާދި އެއްގޮތަކަށް މި އޮތީ. ފުޓްބޯޅަ ކުޅުމުގައި މާ ބޮޑު ތަފާތެއް ނެތް. އެކަމަކު ކުޅުންތެރިންނަށް ބަލާއިރު މާޒިޔާ މާ ވަރުގަދަކޮށް ފެނިގެން މިދަނީ،" މޯހަން ބުންޏެވެ.
"ފޭވަރިޓެއްގެ ގޮތުގައި ބަލަންޏާ ހަމަހަމަކޮށް މި އޮތީ. ވަކި ފޭވަރިޓެކޭ ބުނާވަރެއް ނުވޭ. އެކަމަކު ކުޅުންތެރިންނަށް ބަލާއިރު މާޒިޔާ އަށް އިތުރު އެއްޗެއް އެބަލިބޭ. އެ ނޫން ގޮތަކަށް ޕާފޯމެންސަށް ބަލާކަމަށްވަންޏާ މި އޮތީ ހަމަހަމަކޮށް. އެ ދުވަހެއްގައި ރަނގަޅަށް ޕާފޯމްކޮށް މިސްޓޭކް މަދު ކުރާ ޓީމަކަށް ފުރުސަތު އޮންނާނީ،"
މި މެޗުން މޮޅުވެގެން ފުރަތަމަ ބުރު ލީގުގެ ދެ ވަނައިގައި އޮވެގެން ނިންމާލުމަކީ އީގަލްސްގެ އެންމެ ބޮޑު އެއް އަމާޒެވެ. އެއީ ވީހާވެސް އަވަހަކަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށް ޓީމުގައި ތިބި ހުރިހާ ކުޅުންތެރިން ވަޒަންކޮށްލެވޭ ވަރަށް ފުރުސަތުދޭން ބޭނުންވާތީ އެވެ.
"ކޮންމެ ގޮތެއްވިޔަސް އަނެއް ބުރުގައި ކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެ ކަންތައް ކުރުމަށް އެހެން ކުޅުންތެރިންނަށް ފުރުސަތުދޭން އަޅުގަނޑު ބޭނުން ވީހާވެސް ކުރީ ބައިގައި ޕޮއިންޓްތަކެއް ހޯދަން. އެ ހުރިހާ ކަމަކަށް ބަލާއިރު މި މެޗު މުހިއްމުވަނީ،" މޯހަން ބުންޏެވެ.
ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާ، އދ. މަހިބަދޫ އަދި ދ. ކުޑަހުވަދޫ އަށް ކޯޗުކޮށްދިން މޯހަން ވަނީ މާޒިޔާގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"މާޒިޔާ އުފެދުނިއްސުރެން އެއީ އެންމެ މެނޭޖްމަންޓް އޮގަނައިޒް ޓީމު. ހުރިހާ ގޮތަކުން ވެސް. ދެން ފައިނޭންޝަލީ މެނޭޖްމަންޓް މައްސަލަ ޖެހުނަސް އެކަން ކުޅުންތެރިންނަށް އެއްގޮތަކަށް ވެސް ނޭނގި ބަރާބަރަށް ކުރިއަށްގެންދާ ކްލަބެއް. އެހެން އެއްވެސް ޓީމަކަށް އެ ގޮތަކަށް އެކަން ނުކުރެވޭ. ކޮންމެ ޓީމެއް ވެސް ދޭތެރެ ދޭތެރެއިން ދަތިވެގެން ނޫނީ ތާށިވެގެން އުޅޭތަން މި ފެންނަނީ. އެކަމަކީ މާޒިޔާގެ އެންމެ ބޮޑު ހިތްވަރު. އެއީ މާޒިޔާ އަށް މޮޅެތި ކުޅުންތެރިން ކުޅޭ އެއް ސަބަބު ހަގީގަތުގައި." މޯހަން ބުންޏެވެ.
މާޒިޔާ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
މައްސަލަ އަށް ހައްލެއް، މޯހަން އަށް ހިތްހަމަޖެހުން
މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް
އީގަލްސް ބަލިކޮށް މާޒިޔާ ދެ ވަނަ އަށް
ސުޒޭނާ އޮންނަނީ ޕްރޮފެޝަނަލް ވާދަވެރިކަމެއް: މޯހަން
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
ޔޫވީ ބަލިކޮށް މާޒިޔާ ދިވެހި ޕްރިމިއާ ލީގަށް