29 މެއި 2018
އެސްޓީއޯ މާލޭ ލީގުގައި މިރޭ 2-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ ލީގުގެ ދެ ވަނަ މަގާމަށް ޖެހިލިއިރު، އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ޔަގީންވެއްޖެ އެވެ. މި މެޗުގެ ނަތީޖާ އަށް ފަހު ގަދަ ހަޔެއްގެ ފަސް ޖާގަ މިހާރު ވަނީ ކަށަވަރުވެފަ އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ 2-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ ލީގުގެ ދެ ވަނަ މަގާމަށް ޖެހިލިއިރު، އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ޔަގީންވެއްޖެ އެވެ. މި މެޗުގެ ނަތީޖާ އަށް ފަހު ގަދަ ހަޔެއްގެ ފަސް ޖާގަ މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ގަދަ ހަޔެއްގެ ޖާގަ މިހާތަނަށް ޔަގީންކުރީ ލީގުގެ އެއް ވަނައިގައި 28 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓާއި ދެ ވަނައިގައި 20 ޕޮއިންޓް ހަމަކޮށްގެން އޮތް މާޒިޔާ، ތިން ވަނައިގައި 19 ޕޮއިންޓް ހޯދައިގެން އޮތް ވިކްޓަރީ، ހަތަރު ވަނައިގައި އެއް މެޗު މަދުންކުޅެ، 18 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ކްލަބް އަދި ފަސް ވަނައިގައި 18 ޕޮއިންޓާ އެކު އޮތް ކްލަބް އީގަލްސް އެވެ. މި ޓީމުތަކަށް ޖާގަ ޔަގީންވީ ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ ދެން ކުޅޭ ތިން މެޗުން މޮޅުވި ނަމަވެސް މި ޓީމުތަކާ ހަމަނުކުރެވޭނެތީ އެވެ.
މިހާރު އޮތްގޮތުން ގަދަ ހަޔެއްގެ ފަހު ޖާގަ އަށް ވާދަކުރަނީ ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. އެންމެ ފުލުގައި އެއް ޕޮއިންޓާ އެކު އޮތް ވެލެންސިއާ އަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. ޔުނައިޓެޑް ވިކްޓަރީ ހަތް ވަނައިގައި އޮތީ 11 މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 10 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް މާދަމާރޭ ކުޅޭ މެޗުގައި ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.
މާޒިޔާ އިން އެ ޓީމުގެ އިޓަލީ ކީޕަރު މައުރޯ ބޮއެޗިއޯ ދޫކޮށްލިފަހުން މިރޭ ފުރަތަމަ ފަހަރަށް މެޗެއް ކުޅުނުއިރު، އެ ޓީމުގެ ގޯލު ބެލެހެއްޓީ ޒުވާން ކީޕަރު ހުސެއިން ޝަރީފް އެވެ. އަދި ނުވަ މަހަށް ފަހު އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.
މާޒިޔާ އިން ވަރަށް ކުރިއަށް ޖެހިގެން ކުޅުން ފެށި ނަމަވެސް މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޔުނައިޓެޑް ވިކްޓަރީގެ ޓްރިންޑާޑް ފޯވާޑް ސެމިއުލް ކޯޑެލް އެވެ. މެޗުގެ 11 ވަނަ މިނިޓްގައި އޭރިއާ ބޭރުން ސެމިއުލް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
އޭގެ ތިން މިނިޓް ފަހުން މާޒިޔާގެ ނާއިޒު ހަސަން (ދާދު) ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފަ އެވެ. އެކަމު ދާދު އެ ބޯޅަ ގޯލަށް ފޮނުވާލިއިރު، ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރަކަށް މާޒިޔާގެ އިސްމާއިލް އީސާ (މެސީ) ފައުލްކޮށްފައިވުމުން ރެފްރީ ނިންމީ އެ ލަނޑު ނުލާށެވެ.
ޔުނައިޓެޑް ވިކްޓަރީން ޑިފެންސިވް ގޭމެއް ކުޅެމުންދިޔަ ނަަމަވެސް ކައުންޓަ އެޓޭކުގައި ދިޔައީ މާޒިޔާ އަށް ނުރައްކާ ކުރަމުންނެވެ. މާޒިޔާގެ ފަހަތަށް ކުޅެމުން އައި ސާބިއާގެ މިލޮސް ކޮވަސެވިޗް ދޫކޮށްލިއިރު، މި މެޗުގައި އެ ޓީމުގެ ފަހަތް ބެލެހެއްޓީ އދ. މަހިބަދޫގެ ދެބެން ކަމަށްވާ ގާސިމް ސައްމާމް (ސައްމެ) އަދި ސަމޫހު އަލީ (ސަމުއްޓެ) އެވެ. މި ދެ ކުޅުންތެރިންނަށް އެންމެ އުނދަގޫތަށް ކުރިމަތިވީ ސެމިއުލް އަށް ލިބޭ ބޯޅަ ތަކުގަ އެވެ.
މާޒިޔާ އިން ޔުނައިޓެޑް ވިކްޓަރީ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައިރު، މެޗުގެ 32 ވަނަ މިނިޓްގައި ދާދު ފޮނުވާލި ބާރު ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ.
މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 35 ވަނަ މިނިޓްގައި އެ ޓީމުގެ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ދާދު ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ސްޓެވާޓް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އަށް ލީޑުނަގައިދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ދާދު އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ދާދު މި ލަނޑު ޖެހީ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ މިނިޓެއް ފަހުން ދެ ވަނަ ލަނޑެއް ޖަހަން އަސަދުﷲ އަށް ލިބުނު ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ.
ދެ ވަނަ ހާފް ފަށައިގެން މާޒިޔާއިން ނުރައްކާތެރި ހުރަސްތަކެއް ކުރިއިރު، އެ ބޯޅަތަށް ދިފާއުކުރުމުގައި ކީޕަރު ތޮލާލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކައުންޓަ އެޓޭކުގައި ސެމިއުލް އަށް ލިބުނު ފުރުސަތަކުން އޭނާ ފޮނުވާލި ބޯޅައިގައި ބާރެއް ނެތުމުން ކީޕަރު ހުސެއިން ވަނީ ފަސޭހައިން އެ ބޯޅަ އަތަށް ނަަގައިފަ އެވެ.
މާޒިޔާއިން ވަނީ މެޗުގެ ފަހު 20 މިނިޓަށް އީސަގެ ބަދަލުގައި ޔަސްފާދު ހަބީބު (މުލަކޭ) ކުޅެން އަރުވައިފަ އެވެ. ކުޅެން އެރިތާ ފަސް މިނިޓް ފަހުން ލަނޑު ޖަހަން މުލަކޭ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނީ ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތް ނުވުމުންނެވެ.
މެޗުގެ 82 ވަނަ މިނިޓްގައި އޭރިއާ ބޭރުން ދާދު ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެެވެ. އޭގެ ފަހުން އަސަދުﷲ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވެސް ތޮލާލް އެވެ.
އޭގެ މިިނިޓެއް ފަހުން މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ އަސަދުﷲ އެވެ. ދާދު ނަގައިދިން ކޯނަރަކުން ކީޕަރު ތޮލާލަށް ލިބުމުގެ ކުރިން އަސަދުﷲ މި ލަނޑު ޖެހީ ބޮލުންނެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މި މެޗުގައި އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނީ މާޒިޔާ އިން ކަމަށެވެ. އަދި ޔުނައިޓެޑް ވިކްޓަރީ އަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ވެސް ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އޭނާގެ ޓީމުން ނުކުތީ މޮޅަކަށް ޓާގެޓްކޮށްގެން ކަމަށާއި އެކަން ހާސިލްކުރެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރުން ކަމަށާއި އެކަމު ބައެއް ބޯޅަތަށް ގޯލަކަށް ހަދާނުލެވުމުގެ މާޔޫސްކަން ކޮންމެވެސް ވަރަކަށް އެބަހުރި ކަމަށެވެ.
ބިދޭސީ ދެ ކުޅުންތެރިން ދޫކޮށްލުމަށް ފަހު ބަދަލުގައި ކުޅެން ނުކުތް ކުޅުންތެރިން ދެއްކި ކުޅުމަށް އިންމަ ވަނީ ތައުރީފްކޮށްފަ އެވެ.
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޔޫވީ މި އޮތީ ހިމަ ނަރެއްގެ މަތީގައި: ނަޒީހު
މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް
އަސަދުﷲއާ އެކު މާޒިޔާ އިން ތަފާތު ފެންނާނެ
ފަހު ވަގުތާ ޖެހެންދެން ޔޫވީ ހިތްވަރުކުރާނެ: ތޮލާލް
ފަހު ވަގުތު ޓީސީން މާޒިޔާއާ އެއްވަރުކޮށްފި
ފަހު ވަގުތު ޔޫވީ އަތުން ގްރީން އަށް ޕޮއިންޓެއް