09 ޖޫން 2018
ފަހު ވަގުތު ކޮނޭލިއަސް ސްޓެވާޓް ވައްދާލި ގޯލާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީ އަތުން 1-0 އިން މާޒިޔާ މޮޅެއް ހޯދައިފި އެވެ.
ފަހު ވަގުތު ކޮނޭލިއަސް ސްޓެވާޓް ވައްދާލި ގޯލާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީ އަތުން 1-0 އިން މާޒިޔާ މޮޅެއް ހޯދައިފި އެވެ.
ލީގު ޗެމްޕިއަންކަން ކަނޑައެޅި، އަދި މި ދެ ޓީމަށް ވެސް ގަދަ ހަޔެއް ކަށަވަރުވެފައިވީ ނަމަވެސް ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ދެއްކި އެވެ. މިރޭގެ މޮޅާ އެކު މާޒިޔާ ދެ ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަން ނިއު ރޭޑިއަންޓް އެއް ވަނައިގައި އޮތީ 34 ޕޮއިންޓާ އެކު އެވެ. ވިކްޓަރީ 19 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު މިރޭ ޕޮއިންޓެއް ހޯދި ނަމަވެސް ހަތަރު ވަނަ އަށް އެރުނީހެވެ. އެއީ މި ވަގުތު 19 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ޓީސީ ރޭ ނިއު އަތުން ބަލިވެފައިވާތީ އެވެ.
ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. އެންމެ ފުރަތަމަ ކުރި ހޯދަން ފުރުސަތު ލިބުނީ ވިކްޓަރީ އަށެވެ. އަރިމަތިން ހުރަސްކުރި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، ގޯލާ އެއްވެސް ހުހަރެއް ނެތި ހުރި ހުސެއިން ނިހާނަށް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
އޭގެ ފަހުން މާޒިޔާގެ ޔަސްފާދު ހަބީބް (މުކަލޭ) އަށް ދެ ފުރުސަތެއް ލިބުނެވެ. އެންމެ ފުރަތަމަ 21 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ޝޮޓް ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން ސަލާމަތްކުރިއިރު އޭގެ ތިން މިނެޓު ފަހުން މުލަކޭ ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އަދި 31 ވަނަ މިނެޓުގައި ވިކްޓަރީގެ ދުވެލި ބާރު ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ޖެހި ބޯޅަ ވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ދެ ވަނަ ހާފުގައި ގިނަ ފުރުސަތު ލިބުނީ މާޒިޔާ އަށެވެ. އެގޮތުން 75 ވަނަ މިނެޓުގައި އަހުމަދު އިމާޒް (އާއްކޮ) އަށް އޭރިއާ ތެރެއިން ބޭރު ރޮނގާ ދިމާލުން ލިބުނު ބޯޅައެއް ގޯލަށް ޖެހުމުން ކީޕަރު ސަލާމަތްކުރިއިރު 82 ވަނަ މިނެޓުގައި އޭރިއާ ރޮނގު މަތިން އަސަދުﷲ އަބްދުﷲ ފޮނުވާލި ރީތި ޝޮޓެއް ދިޔައީ ހުރަސް ދަނޑި މަތިންނެވެ. އެކަމަކު ބަދަލު ކުޅުންތެރިޔާ އާދަމް ނާސިހް (އާދަންނާ) 84 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްކުރި ބޯޅައެއް ސްޓެވާޓް ބޮލުން ގޯލަށް ވައްދާލައި މާޒިޔާ އަށް ތިން ޕޮއިންޓް ހޯދައިދިނެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިއީ ވެސް ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެއް ކަމަށާއި ކުޅުންތެރިން ދެއްކި ކުޅުމާ އަދި ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނީ އެ ޓީމުގެ ކުޅުންތެރިންނާ މެދު ފަހުރުވެރިވާ ކަމަށާއި ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. އެހެންވެ މިއީ މާޒިޔާ އަށް ހައްގު މޮޅެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
ޔޫވީ ބަލިކޮށް މާޒިޔާ ދިވެހި ޕްރިމިއާ ލީގަށް
ކިސްގެ މަސައްކަތް ވިކްޓަރީގެ ނަތީޖާތަކުން ފެނޭ
މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް
އަސަދުﷲއާ އެކު މާޒިޔާ އިން ތަފާތު ފެންނާނެ
ފަހު ވަގުތު ޓީސީން މާޒިޔާއާ އެއްވަރުކޮށްފި
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"
ޔޫވީ ބަލިކޮށް ވިކްޓަރީ ތިން ވަނަ އަށް
އީގަލްސް ބަލިކޮށް މާޒިޔާ ދެ ވަނަ އަށް