21 މެއި 2018
މި ސީޒަނުގައި ވިކްޓަރީއާ ހަވާލުވުމަށް ފަހު ހަންގޭރީގެ ލާސްލޯ ކިސް އަށް އެންމެ ފުރަތަމަ ކުރިމަތިވި ގޮންޖެހުމަކީ އޭނާ ބޭނުންވާ ލެވެލާ ގާތަށް ވެސް ކުޅުންތެރިންގެ ފިޓްނަސް ނެތުމެވެ. ލީގުގެ ފުރަތަމަ މެޗުތަކުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް ކިސް ބުނަމުންދިޔައީ، ވިކްޓަރީގައި އޮތީ އެންމެ މައްސަލައެއް ކަމަށާއި ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވަމުން އައި ވަރަކަށް އެހެން ކަންތައްތައް ވެސް ރަނގަޅުވެގެންދާނެ ކަމަށެވެ.
މި ސީޒަނުގައި ވިކްޓަރީއާ ހަވާލުވުމަށް ފަހު ހަންގޭރީގެ ލާސްލޯ ކިސް އަށް އެންމެ ފުރަތަމަ ކުރިމަތިވި ގޮންޖެހުމަކީ އޭނާ ބޭނުންވާ ލެވެލާ ގާތަށް ވެސް ކުޅުންތެރިންގެ ފިޓްނަސް ނެތުމެވެ. ލީގުގެ ފުރަތަމަ މެޗުތަކުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް ކިސް ބުނަމުންދިޔައީ، ވިކްޓަރީގައި އޮތީ އެންމެ މައްސަލައެއް ކަމަށާއި ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވަމުން އައި ވަރަކަށް އެހެން ކަންތައްތައް ވެސް ރަނގަޅުވެގެންދާނެ ކަމަށެވެ.
ފުރަތަމަ މެޗުތަކުގެ ނަތީޖާ ދިޔައީ ވިކްޓަރީ އަށް ވަރަށް ގޯސްކޮށެވެ. އެކަމާ މާޔޫސްވެފައި ހުރެ ކިސް ވަނީ ރަނގަޅުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ހާލަތު ރަނގަޅު ކުރަން ދެ އިރު ޕްރެކްޓިހަށް ކުޅުންތެރިން ނެރޭނެ ކަމަށް ވެސް ބުންޏެވެ. އެ ހިސާބުން ނިމުނީ އެއް ނޫނެވެ. އިތުރު ޓްރެއިނިންތައް ހެދުމަށް ކޮންމެ ހަފްތާ އަކު އެއް ފަހަރު ވިލިނގިއްޔަށް ވެސް ޓީމު ގެންދެ އެވެ.
ފުރަތަމަ މެޗުތަކަށް ފަހު ކުޅުން އައީ ރަނގަޅުވަމުންނެވެ. ފުރަތަމަ ބުރުގައި އެ ޓީމުން ޓީސީ ސްޕޯޓްސް ކްލަބާއި ނިއު އަތުން ހޯދި މޮޅާއި ފަހަތުން އަރައި ވެލެންސިއާ އަދި ގްރީން ސްޓްރީޓްސްގެ މައްޗަށް ހޯދި މޮޅާ އެކު އެ ޓީމު މިހާރު އޮތީ ހަމަނޭވައެއް ލެވޭ ހިސާބުގަ އެވެ. އަދި މި ބުރުގައި ދެ މެޗުން މޮޅުވެގެން ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ވިކްޓަރީ އަށް ޔަގީންކުރެވޭނެ އެވެ.
ހަގީގަތުގައި މި އަހަރު އެ ޓީމަށް ލިބުނު ކުރިއެރުމުގައި ކިސް ކުރި މަސައްކަތް ފާހަގަކުރެ އެވެ. ސީޒަން ފެށެން ކުޑަތަން ވެފައި އޮއްވައި ޓީމާ ހަވާލުވެ، އޭރު އޭނާ ދެއްކި ވާހަކަތަކުގެ ހަގީގަތް ވިކްޓަރީން ފަހަކަށް އައިސް ނެރުނު ނަތީޖާތަކުން ފެނެ އެވެ.
"މިއީ އަހަރެން މި ކުޅުންތެރިންނާއި މި ކްލަބަށް ކޮށްދޭ މަސައްކަތެއް ނޫން. މުޅި ފުޓްބޯޅަ އަށް ވެސް ފައިދާ ކުރާނެ. އަދި ވެސް އޮތީ މަސައްކަތް ކުރުން،" ލީގުގެ ދެ ވަނަ ބުރުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކިސް ބުންޏެވެ.
ކުރިން ވެލެންސިއާ އަދި ވީބީގައި ގިނަ ކާމިޔާބީތަކެއް ހޯދި ކިސް ކުޅުވާ ސްޓައިލަކީ ހަގީގަތުގައި އިދިކޮޅު ޓީމުތަކަށް އެންމެ ކަމުދާ ސްޓައިލެއް ނޫނެވެ. އޭނާގެ ވިސްނުމަކީ ކޮންމެ ގޮތެއް ހަދާފައިވިޔަސް ނަތީޖާ ނެރުންކަން އެ ޓީމުގެ މެޗުތަކުން ފެނެ އެވެ.
މިދިޔަ ސީޒަނުގައި އެކި ސަބަބުތަކާ ހުރެ އެންމެ މޮޅު ކުޅުން ނުދެއްކުނު އަހުމަދު ނާޝިދު (ނައްޓޭ) އާއި އަހުމަދު ޝާފިއު (ޝާފީ) ފަދަ ކުޅުންތެރިން އަންނަނީ މި ސީޒަނުގައި ރަނގަޅު ފޯމަކަށް އެޅި ކުޅުން ރަނގަޅުކުރަމުންނެވެ.
މިދިޔަ ސީޒަނުގައި ވިކްޓަރީން ގިނަ މައްސަލަތަކެއް ފެނުނެވެ. މެނޭޖްމަންޓާ އެހެން ކަންތައްތައް އޮތީ ބޮއްސުންލައިފަ އެވެ. އޭގެ ނަތީޖާއަކަށްވީ ފަހު ވަގުތު ދިވެހި ޕްރިމިއާ ލީގުގެ ފުރުސަތު އެ ޓީމަށް ގެއްލުމެވެ. އަދި އޭގެ ފަހުން ޓީމުގައި ތިބި ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވެ، އަލުން އޮތީ ޓީމު އެކުލަވާލަން ޖެހިފަ އެވެ. މި ސީޒަނުގައި ވިކްޓަރީން މިހާތަނަށް ކުރި މަސައްކަތަށް ބަލާއިރު މިދިޔަ އަހަރާ އަޅާކިޔާއިރު އެ ޓީމު އަދި އޮތީ ރަނގަޅު ޓްރެކުގަ އެވެ.
ލީގުގެ ފަސް ވަނައިގައި ވިކްޓަރީ އޮތީ ކުޅުނު 9 މެޗުން ލިބުނު 15 ޕޮއިންޓާ އެކު އެވެ. މާދަމާރޭ ގްރީން ސްޓްރީޓްސް އަތުން މޮޅުވެގެން ލީގުގެ މަތީ މަގާމަކަށް ޖެހިލުމުގެ ފުރުސަތު ވިކްޓަރީ އަށް އެބައޮތެވެ.
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"
ޔޫވީ ބަލިކޮށް ވިކްޓަރީ ތިން ވަނަ އަށް
ގަދަފަދަ ނިއު އަތުން ވިކްޓަރީ މޮޅުވެއްޖެ
ޓީސީ ބަލިކޮށް ވިކްޓަރީ ފިޔަވަޅެއް ކުރިޔަށް
ނިޔާ ވަގުތީ ގޮތުން ވިކްޓަރީގެ އެސިސްޓަންޓް ކޯޗަކަށް
ވިކްޓަރީ އަތުން ފަހަތުން އަރައި ޔޫވީ މޮޅުވެއްޖެ
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް