19 ޖޫން 2018
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ވިކްޓަރީއާ 1-1 އިން އެއްވަރުވެ، ޓީސީ ސްޕޯޓްސް ކްލަބް ހަތަރު ވަނައިގައި އޮވެ ލީގު ނިންމާލައިފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ވިކްޓަރީއާ 1-1 އިން އެއްވަރުވެ، ޓީސީ ސްޕޯޓްސް ކްލަބް ހަތަރު ވަނައިގައި އޮވެ ލީގު ނިންމާލައިފި އެވެ.
ހަތަރު ވަނައިގައި އޮތް ޓީސީ އާއި ފަސް ވަނައިގައި އޮތް ވިކްޓަރީ އަށް ވެސް 14 މެޗުން ލިބުނީ 20 ޕޮއިންޓެވެ. ލީގު ކަށަވަރުކޮށްފައިވާ ނިއު ރޭޑިއަންޓް މިރޭ ނުކުންނާނީ ތިން ވަނައިގައި އޮތް މާޒިޔާއާ ދެކޮޅަށެވެ. މި މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް މާޒިޔާ އަށް އަލުން ދެ ވަނަ އަށް އެރޭނެ އެވެ.
މި މެޗަށް ނުކުތްއިރު ދެ ޓީމުން ވެސް ވަނީ ގޯލަށް ބަދަލެއް ގެނެސްފަ އެވެ. ޓީސީ އެންމެ ފަހުން ކުޅުނު މެޗުގައި ގޯލު ބެލެހެއްޓި އިފްރާހް އަރީފްގެ ބަދަލުގައި އިބްރާހިމް ނަދީމް (ރިކޫ) އަށް އަލުން ފުރުސަތު ދިންއިރު، މި ސީޒަނުގައި ވިކްޓަރީއާ ގުޅުނު އަބްދުﷲ ޒިޔަޒަން އަށް ވެސް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.
މެޗުގެ 12 ވަނަ މިނިޓްގައި ވިކްޓަރީގެ ސައްދާމް ހުސެއިން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އޭރިއާ ތެރެއިން ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ކީޕަރު ޒިޔަޒަން ވަނީ މަތަކޮށްފަ އެވެ.
ޓީީސީން ލީޑުނެގީ މެޗުގެ 24 ވަނަ މިނިޓްގައި ފޭދޫ އިއްބެ ޖެހި ގޯލުންނެވެ. މެޗުގެ 24 ވަނަ މިނިޓްގައި މި މެޗުގައި ޓީސީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިބްރާހިމް ވަހީދު (އިއްބެ) ދިން ބޯޅަ އަކުން އޭރިއާ ތެރޭގައި ހުސްކޮށްހުރި ފޭދޫ އިއްބެ ވަނީ ފަސޭހަކަމާ އެކު ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
ކައުންޓޭ އެޓޭކެއްގައި މެޗުގެ 27 ވަނަ މިނިޓްގައި ޓީސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ ހަސަން ސޮލާހު ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ވިކްޓަރީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 40 ވަނަ މިނިޓްގައި އެ ޓީމުގެ ހަންގޭރީ ފޯވާޑް ސައިމަން ޓީބޯ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ސައިމަން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުވިއިރު، ޓީސީ ކީޕަރު ރިކޫ ހުރީ ހަރަކާތް ހުއްޓިފަ އެވެ.
އޭގެ ފަހުން ވިކްޓަރީގެ މުހައްމަދު ސާދިން އަރިމަތިން ބޯޅަ ހިފައިގެން އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކަށް ދޭން ޖައްސާލި ދެ ބޯޅަ ވެސް އެ ޓީމުގެ ކުޅުންތެރިއަކަށް ލިބޭގޮތެއްނުވި އެވެ.
ދެ ވަނަ ހާފްގެ ފުރަތަމަ ހަމަލާ އުފެއްދީ ވިކްޓަރީންނެވެ. ލިބުނު ހިލޭ ޖެހުމަކުން އަލީ ނާފިއު (ކަޅޭ) ނަަގައިދިން ބޯޅަ އޭރިއާ ތެރެއިން ސައްދާމު ބޮލުން ފޮނުވާލުމުން ކީޕަރު ރިކޫ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އަހުމަދު ނާޝިދު (ނައްޓޭ) ޖެހި ބޯޅައެއްގެ ހުރަހަކަށްވީ ވެސް ކީޕަރު ރިކޫ އެވެ.
މެޗުގެ 62 ވަނަ މިނިޓްގައި ވިކްޓަރީ އޭރިއާ ތެރެއިން ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ބޯޅަ ވިކްޓަރީގެ ފަހަތަށް މި މެޗުގައި ކުޅުނު އަހުމަދު ވިސާމް (ޖެރާޑް) ވަނީ ބްލޮކްކޮށްފަ އެވެ.
ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ބުނީ ވަރަށް ގިނަ ކުޅުންތެރިން ނުލައި ކުޅެން ޖެހުނު މި މެޗުގައި ފުރުސަތުދިން ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި ނަތީޖާ އާއި މެޗުގެ ރެފްރީންގެ ނިންމުންތަކާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ބުންޏެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ސީނިއާ ގިނަ ކުޅުންތެރިން ނުލައި ކުޅުނު މި މެޗުގައި އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދެވުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އެންމެ ފަހުން ލިބުނު ބްރޭކުގެ ބޭނުން ހިފައި ވަަރަށް ރަނގަޅަށް ކުރިއަށް އޮތް ޕްރިމިއާ ލީގަށް ތައްޔާރުވާނެ ކަމަށް ބުންޏެވެ.
ޓީސީ ބަލިކޮށް ވިކްޓަރީ ފިޔަވަޅެއް ކުރިޔަށް
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް
ކިސްގެ މަސައްކަތް ވިކްޓަރީގެ ނަތީޖާތަކުން ފެނޭ
ފަހު ވަގުތު ޓީސީން މާޒިޔާއާ އެއްވަރުކޮށްފި
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"