11 އެޕްރީލް 2023
އިބްރާހިމް އައިސަމްގެ ގޯލުތަކުން ޓީސީ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މާޒިޔާ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި އެވެ.
އިބްރާހިމް އައިސަމްގެ ގޯލުތަކުން ޓީސީ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މާޒިޔާ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ކްލަބް އީގަލްސް އާއި މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް ވެލެންސިއާ ބައްދަލުކުރާ މެޗުން މުބާރާތް ފަށަން ތާވަލް ކުރެވިފައިވި ނަމަވެސް، ކުއްލި ގޮތަކަށް އެފްއޭއެމްގެ ކޮމްޕެޓިޝަންސް ޑިޕާޓްމަންޓުގެ ހެޑް އިސްމާއީލް ރިޔާޒްގެ ތުއްތު ދަރިފުޅު ނިޔާވުމާ ގުޅިގެން އެ މެޗު ފަސްކުރަން ނިންމީ އެވެ. މި ހިތާމައިގައި ބައިވެރިވުމަށް މިރޭގެ މެޗުގައި ސުކޫތެއް ވެސް ގެނެސްފައި ވެއެވެ.
ދުރާލާ އާ ސީޒަނަށް ތައްޔާރުވި މާޒިޔާ ވަނީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކުޅެފަ އެވެ. ޓީސީ ސްޕޯޓްސް އަކީ ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފަހުން ޕްރެކްޓިސް ފެށި ޓީމެވެ. މިދިޔަ ސީޒަނުގައި ވެސް ޓީސީ އިން ފެނުނު ގިނަ ކުޅުންތެރިން ވަނީ އެޓީމުގައި މަޑުކޮށްފަ އެވެ.
ޝީލްޑް މެޗުގައި މާޒިޔާގެ ގޯލް ބެލެހެއްޓި ހުސެއިން ޝަރީފްގެ ބަދަލުގައި މިރޭގެ މެޗުގައި ހުރީ ކީޕަރު މުހައްމަދު ފައިސަލް އެވެ. އަނިޔާގައި ހުރި ޑިފެންޑަރު އަހުމަދު ނޫމާންގެ މަގާމަށް ކުޅުނީ މިޑްފީލްޑަރު މުހައްމަދު އިރުފާން އެވެ. ފުލްބެކް ހަސަން ޝިފާޒް އާއި ބިދޭސީ މިޑްފީލްޑަރު ހަލީލް ގަމާލް ވެސް މިރޭ މާޒިޔާގެ ސްޓާޓިންގައި ހިމެނުނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ހުރަސް ނަގައިގެން ހަމަލާ އުފައްދަން މަސައްކަތް ކުރި އެވެ. އެކަމަކު ޓީސީގެ ފަހަތުން ހަސަން އީނާޒް އާއި ކެޕްޓަން މުހައްމަދު އަޖުފާން ވަނީ ގިނަ ބޯޅަތަކެއް ބްލޮކް ކޮށްފަ އެވެ. އަދި ތަޖުރިބާކާރު ގޯލްކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ އަށް ވެސް މަދު ސޭވްތަކެއް ކުރަން ޖެހުނެވެ.
މާޒިޔާއަށް މާ ގިނަ ހަމަލާތަކެއް ފޮނުވާނުލެވުނު ނަމަވެސް މި ހާފުގައި ގިނައިން ކުޅުނީ މާޒިޔާ އެވެ. ފަހު ވަހުތު ޓީސީ އިން ކުރިއަށް އަރައި ރަނގަޅު ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު ފަހުވަގުތު މާޒިޔާއިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލު ޖެހީ 45 ވަނަ މިނިޓުގަ އެވެ. މި ގޯލު އައިސަމް ބޮލުން ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރަކުންނެވެ. އަދި އިތުރު ވަގުތުގައި ދެއްކި ހަތަރު މިނިޓުގެ އެންމެ ފަހު ސިކުންތުގައި އައިސަމް ދެ ވަނަ ގޯލު ޖެހީ ވެސް ހަމްޕު ދިން ޕާހަކުން، އޭރިއާ ތެރޭ މުޅިން ހުސްކޮށް ހުރެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ޕްރެކްޓިސްތައް މަދުވުމުގެ ސަބަބުން ދެ ވަނަ ހާފުގައި ޓީސީ އަށް ވަނީ ބައެއް ކުޅުންތެރިންނަށް އަނިޔާ ވެގެން ބަދަލުކުރަން ޖެހިފަ އެވެ. އެގޮތުން މެދުތެރެއަށް ކުޅުނު އިބްރާހިމް ސާވީ އާއި އީނާޒް ވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ބަދަލުކުރި އެވެ.
މިި ހާފުގެ ކުރީކޮޅު ޓީސީއިން ގޯލެއް ވެސް ޖެހި އެވެ. އެކަމަކު އަހުމަދު މާއިޝް ރަޝީދު ބޯޅަ ގޯލަށް ފޮނުވާލިއިރު ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ދިދަ ނަންގަވައިފަ އެވެ.
މާޒިޔާ އިން މި ހާފުގައި ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް ކާމިޔާބުވާގޮތެއް ނުވި އެވެ. ބިދޭސީ ފޯވާޑް ސްޓެފާން މިހައިލޮވިޗް ފޮނުވާލި ގިނަ ހަމަލާތަކެއް ގޯލާ އަމާޒު ނިވިއިރު ކީޕަރު ސުޖަން ވެސް ވަނީ ޓީސީގެ ޑިފެންސާއެކު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މީގެ އިތުރުން ހަމްޕު އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) ގެ ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވި އެވެ.
ޕްރެސް ބޮއިކޮޓްކުރި ކްލަބްތަކުގެ މައްސަލަ ބަލަނީ
ނިއު، އީގަލްސް އަދި ޓީސީ އެއް ގްރޫޕަކަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސަޕޯޓަރުން ނެތި ފުޓްބޯޅައިގައި އުފަލެއް ނެތް: މިލޯ