26 އޮކްޓޯބަރ 2021
އަންނަ އަހަރަށް ލަފާކުރާ 37 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް އަންނަ އާދިއްތަ ދުވަހު ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ 37 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް އަންނަ އާދިއްތަ ދުވަހު ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ބަޖެޓް ވެސް އޮކްޓޫބަރު 31 ގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭއިރު، އަންނަ އާދިއްތަ ދުވަހަކީ މި މަހުގެ އެންމެ ފަހު ދުވަހެވެ.
މަޖިލީށް ބަޖެޓް ހުށަހަޅަން ތައްޔާރުވަމުން އަންނައިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނާ މިދިޔަ ހަފުތާގައި މުލީއާގޭގައި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮޮނޮމިކް ކައުންސިލްގެ ބައެއް ބޭފުޅުން އަދި ފިނޭންސް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ފިނޭންސް މިނިސްޓްރީގެ "މެދު ރާސްތާ ފިސްކަލް ޑެޓް ސްޓްރެޓެޖީ" ގައިވާ ގޮތުން އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާނީ 37 ބިލިއަން ރުފިޔާގެ ބަޖެޓް ކަމަށް ވާއިރު، މަޖިލީހަށް ހުށަހަޅާ އަދަދުގެ މާ ބޮޑު ތަފާތެއް ނޯންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 34.9 ބުލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރުގެ "މެދު ރާސްތާ ފިސްކަލް ޑެޓް ސްޓްރެޓަޖީ" ގައި ވާ ގޮތުން އާމްދަނީގެ ގޮތުގައި އެ އަހަރަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 23.6 ބިލިއަަން ރުފިޔާ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން 33.8 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދަށް 21 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
މުދަލުގެ އަގު އެރިޔަނުދީ ހިފެހެއްޓޭނެ: އަމީރު
ބަޖެޓްގެ 90 ޕަސެންޓް އޮތީ ވައުދު ފުއްދުމަށް
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"