10 ނޮވެމްބަރ 2021
އާއްމު ގޭބިސީތަކުގައި ބޭނުންކުރާ މުދަލާއި ހިދުމަތުގެ އަގު އަންނަ އަހަރު އެހާ ބޮޑަށް މަތިވިޔަ ނުދީ ހިފެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އާއްމު ގޭބިސީތަކުގައި ބޭނުންކުރާ މުދަލާއި ހިދުމަތުގެ އަގު އަންނަ އަހަރު އެހާ ބޮޑަށް މަތިވިޔަ ނުދީ ހިފެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާގައި، އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން މެމްބަރުންނަށް މައުލޫމާތު ދެއްވަމުން އަމީރު ވިދާޅުވީ، އާއްމު ދުނިޔޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގު ބޮޑުވި ނަމަވެސް، ރާއްޖޭގައި ހިދުމަތުގެ އަގު ދަށްކުރަން ސަރުކާރުން މަސައްކަތްތައް ކުރަމުން އަންްނަ ކަމަށެވެ. ރާއްޖޭގައި އަގުހެޔޮކުރަން ސަރުކާރުން މަސަައްކަތްކުރަމުން އަންނަ އެއް ހިދުމަތަކީ އޭނާ ވިދާޅުވި ގޮތުގައި އިންޓަނެޓެވެ. ބޭހުގެ އަގު ދަށްކުރަން ވެސް އަންނަ އަހަރު ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާނައަކީ ޖުމުލަކޮށް، އަޅުގަނޑުމެން މިހާރު ވެސް ހަމަ އަންދާޒާކޮށްފައިވާ ގޮތަށް ކޮންސިއުމާ ބާސްކެޓްގެ އިންފްލޭޝަން މާ މަތި ނުވެ، 2022 ވަނަ އަހަރު ހިފެހެއްޓޭނެކަން،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2020 ގައި [ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި] ހުއްޓިފައި އޮތުމަށް ފަހު، ދުނިޔޭގެ އިގްތިސާދު މިހާރު ކުރިއަަރަމުން އަންނަނީ ވަރަށް ބާރު ސްޕީޑެއްގަ އެވެ. އެހެންވެ، ސަޕްލައި ޗޭނަށް ނުުކުޅަދާނަ ވާ ވަރަށް މުދަލާއި ހިދުމަތުގެ ޑިމާންޑް ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމުގެ އަސަރު ރާއްޖޭގެ ބާޒާރަށް ވެސް ކުރާނެކަން އެނގިވަޑައިގަންނަވާ ކަމަށް އަމީރު ވިދާޅުވި އެވެ.
"އެހެންވެ، ކޮމޮޑިޓީސްގެ އަގު މަތިވެ، މުދާ ހޯދުމަށް އެބަ ދަތިތަކެއްވޭ. ދިވެހިރާއްޖެއަކީ ރާއްޖެ އަށް ބޭނުންވާ ގިނަ މުދާ އިމްޕޯޓް ކުރަން ޖެހޭ ގައުމަކަށް ވެފައި ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލު ރާއްޖޭގެ އިމްޕޯޓަށާއި މުދަލުގެ އަގަށް ވެސް އަންނާނެ ކަން އަަޅުގަނޑުމެންނަށް ވެސް ގަބޫލުކުރެވޭ،" އަމީރު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މި މޭރުމުން ވާހަކަ ދެއްކެވީ، އަންނަ އަހަރު ރާއްޖޭގައި މުދަލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމުގެ ކަންބޮޑުވުން، ބަޖެޓް ބަހުސްގައި މިދިޔަ ދެ ދުވަހު ބައެއް މެމްބަރުން ފާޅުކުރައްވާފައި ވަނިކޮށެެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެ ކަމުގެ ކަންްބޮޑުވުން ފާޅުކުރެއްވި އެވެ.
"މި އަންނަ އަހަރު، އަަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިންފްލޭޝަން ހުންނާނީ 12 ޕަސެންޓަށް ވުރެ ވެސް މަތީގައި،"--- ޝަރީފް
ހޯމަ ދުވަހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން ރޭޓް އަންނަ އަހަރު ހުންނާނީ 1.1 ޕަސެންޓްގައި ކަމަށް ބުންޏަސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެއީ ހިޔާލީ ވާހަކައެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ތަކެތީގެ އަގު އުފުލެނީ ކަމަށާއި ހާއްސަކޮށް ކޮމޯޑިޓީސްގެ އަގު ދަނީ މައްޗަށް ކަމަށެވެ. ރާއްޖެއަކީ 80 ޕަސެންޓަށް ވުރެ ބޮޑަށް އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާއިރު، ރާއްޖޭގައި ޑޮލަރުގެ އަގު ވެސް އުފުލޭތީ، އިންފްލޭޝަން 1.1 ޕަސެންޓްގައި ހުންނާނެ ކަމަށް ބެލުމަކީ ހަގީގަތާ ދުރު ވިސްނުމެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"މި އަންނަ އަހަރު، އަަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިންފްލޭޝަން ހުންނާނީ 12 ޕަސެންޓަށް ވުރެ ވެސް މަތީގައި،" އޭނާ ވިދާޅުވި އެވެ.
އަަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް، އިންފްލޭޝަނަށް އެޖެސްޓްް ކުރުމުން މި އަހަރަށް ވުރެ ގާތްގަނޑަކަށް 10 ޕަސެންޓް ކުޑަވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ފައިސާގެ ޕާޗޭޒިން ޕަވާ ކުޑަވުމުގެ ސަބަބުންނެވެ.
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ބަޖެޓްގެ 90 ޕަސެންޓް އޮތީ ވައުދު ފުއްދުމަށް
ބަޖެޓް ފައިނޭންސްގެ 38 ޕަސެންޓް ހޯދައިފިން: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
އޯވަޑްރޯ ނުކުރާ ނަމަ ބަޖެޓް ކުޑަކުރަން ޖެހޭނެ: އަމީރު
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ފަސް ހޮސްޕިޓަލް އަމިއްލައަށް ހިންގާ ގޮތަށް ބަދަލުކުރަނީ
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް
މަޖިލީހަށް ބަޖެޓް ހުށަހެޅުން އާދިއްތަ ދުވަހު
ދައުލަތުގެ އާމްދަނީ ރުޖޫއަވާން އިތުރު ދެ އަހަރު ނަގާނެ