31 އޮކްޓޯބަރ 2021
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތަކާ އެކު، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ސިޔާސަތުގެ ދަށުން އެ ހޮސްޕިޓަލްތައް އަމިއްލަ އަށް ހިންގާ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތަކާ އެކު، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ސިޔާސަތުގެ ދަށުން އެ ހޮސްޕިޓަލްތައް އަމިއްލަ އަށް ހިންގާ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ 37 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅިއިރު، ޓާޝަރީ ހޮސްޕިޓަލްތައް ހެލްތު މިނިސްޓްރީގެ ދަށުން ވަކިކޮށް، އެ ތަންތަނުގެ މެނޭޖުމަންޓުން ހިންގާ ގޮތަށް ވަކި ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ. މި ސަރަހައްދުތަކުގެ ހެލްތު ސެންޓަރުތައް ވެސް ހިންގާ ގޮތަށް އޮތީ މި ހޮސްޕިޓަލްތަކުގެ ދަށުންނެވެ.
މި ތަންތަނުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރަން ވަސީލަތްތައް ހޯދުން ވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ.
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: 236،722،751ރ.
- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް: 170،570،756ރ.
- ގަން ރީޖަނަލް ހޮސްޕިޓަލް: 160،940،967ރ.
- އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް: 172،200،000ރ.
- އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: 264،341،229ރ.
މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށެވެ. ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްގީ ކުރުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް ކަން ފާހަގަކުރެއްވި އެވެ.
"މި މަޝްރޫއުގެ ތެރެއިން 5 ހޮސްޕިޓަލުގެ ވަސީލަތްތަކާއި ހިދުމަތްތައް ވާނީ ފުޅާކޮށް ފެންވަރު ރަނގަޅު ކޮށްފައި. އަދިވެސް އުމްރާނީ ގޮތުން މި ހޮސްޕިޓަލްތަކަށް އިންވެސްޓްކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އަދި 5 ހޮސްޕިޓަލަކީ ވެސް އަމިއްލަ އަށް ހިންގާ ހޮސްޕިޓަލްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފެށިފައި."
މިނިސްޓަރު ވިދާޅުވިގޮތުގައި، އޭގެ ސަބަބުން ސިއްހީ ހިދުމަތް ލާމަރުކަޒުވެ ހިދުމަތްތައް އަވަސްވެ ކުރިއަރައި ދިއުމަށް މަގުފަހިވާނެ އެވެ.
[އާ ވަޒީފާތަކަށް ބަޖެޓުގައި] 160 ޑޮކްޓަރުންނާއި 200 އަށް ވުރެ ގިނަ ނަރުހުން ހިމެނޭ. ޖުމްލަކޮށް ބަލާއިރު ސިއްހީ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުގައި 4.6 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާނެ. -- އަމީރު
އަމީރު ވިދާޅުވިގޮތުގައި، ރާއްޖޭގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް، ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ވެސް ބަޖެޓުގައި އަމާޒު ހިފާފައިވާނެ އެވެ. ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން 60 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަން ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
"ބޭނުމަކީ ސިއްހީ ދާއިރާ އަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި ވަސީލަތްތައް މުއްސަނދި ކުރުމާއި ހިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރަހައްދީ ތަރައްގީ އާއި ސިއްހީ ފަރުވާ ގުޅޭ އެންމެ ބޮޑު މިސާލެއްގެ ގޮތުން މިނިސްޓަރު ނެންގެވީ، ކެންސަރުގެ ފަރުވާ އަށް ހާއްސަކޮށް ލ. ގަން ހޮސްޕިޓަލް ތަރައްގީ ކުރުމެވެ. މި ހޮސްޕިޓަލުގެ މަސައްކަތްވެސް ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ފުޅާކުރުމާއި އަތޮޅު ތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމްތައް ފެށުމާއި އިމަޖެންސީ މެޑިކަލް ސާވިސްގެ ހިދުމަތްތައް ހަރުދަނާކު ރަން ވެސް ރާވާފައިވެ އެވެ.
އަމީރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް އެޅޭ ހުރަސްތަކަށް ހައްލު ހޯދުމުގެ ގޮތުން ގިނަ މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމަށް ވެސް ބަޖެޓުގައި ޖާގަ ދީފައިވާނެ ކަމަށެވެ.
"މީގެ ތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށް ވުރެ ގިނަ ނަރުހުން ހިމެނޭ. ޖުމުލަކޮށް ބަލާއިރު ސިއްހީ ދާއިރާ އަށް އަންނަ އަހަރުގެ ބަޖެޓުގައި 4.6 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ބޭސް ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅަނީ
ސިއްހީ ދާއިރާ އަށް އިތުރަށް 1.6 ބިލިއަން ރުފިޔާ!
އޯވަޑްރޯ ނުކުރާ ނަމަ ބަޖެޓް ކުޑަކުރަން ޖެހޭނެ: އަމީރު
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
މުދަލުގެ އަގު އެރިޔަނުދީ ހިފެހެއްޓޭނެ: އަމީރު
ބަޖެޓު 25 ބިލިއަނަށް ކުޑައެއް ނުކުރެވޭނެ: ބޮންޑޭ
ބަޖެޓްގެ 90 ޕަސެންޓް އޮތީ ވައުދު ފުއްދުމަށް
ގަން ހޮސްޕިޓަލަށް ދެއްކި މީހުން 60،000 އިތުރު
ވެކްސިން ގަންނަން ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރަނީ