Roadha Mihaaru
ފުޓްބޯޅައިން ރެކޯޑް ހަދަމުން އަންނަ ކުއްޖެއް

ފުޓްބޯޅައިން ރެކޯޑް ހަދަމުން އަންނަ ކުއްޖެއް

25 އޮކްޓޯބަރ 2021

ނައިޖީރިއާގެ މި ކުއްޖާ އަށް އަދި އެންމެ 13 އަހަރެވެ. އެކަމަކު އޭނާގެ އަތުގައި މިހާރު ވެސް ދުނިޔޭގެ ހަތަރު ރެކޯޑެއް އެބައޮތެވެ. މިއީ ފުޓްބޯޅައިން އިން ހުނަރު ދައްކަމުން، އާންމުންގެ ސަމާލުކަން ހޯދަމުން އަންނަ ޗިނޯޒީ އީޝާ އެވެ. "އެމޭޒިން ކިޑް އީޝާ" ގެ ނަމުގައި މިހާރު މަޝްހޫރު މި ހުނަރުވެރިޔާގެ ހާއްސަ ކަމަކީ ފްރީސްޓައިލްގެ ތެރެއިން ބޯ މަތީގައި ބޯޅަ ބާއްވައިގެން ފައިން އިތުރު ބޯޅައަކުން ހުނަރު ދެއްކުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނައިޖީރިއާގެ މި ކުއްޖާ އަށް އަދި އެންމެ 13 އަހަރެވެ. އެކަމަކު އޭނާގެ އަތުގައި މިހާރު ވެސް ދުނިޔޭގެ ހަތަރު ރެކޯޑެއް އެބައޮތެވެ. މިއީ ފުޓްބޯޅައިން އިން ހުނަރު ދައްކަމުން، އާންމުންގެ ސަމާލުކަން ހޯދަމުން އަންނަ ޗިނޯޒީ އީޝާ އެވެ. "އެމޭޒިން ކިޑް އީޝާ" ގެ ނަމުގައި މިހާރު މަޝްހޫރު މި ހުނަރުވެރިޔާގެ ހާއްސަ ކަމަކީ ފްރީސްޓައިލްގެ ތެރެއިން ބޯ މަތީގައި ބޯޅަ ބާއްވައިގެން ފައިން އިތުރު ބޯޅައަކުން ހުނަރު ދެއްކުމެވެ.

އެގޮތުން ބޯމަތީގައި ބޯޅަ ބާއްވައިގެން އެ ވައްޓާ ނުލައި ފައިން އެހެން ބޯޅައެއް އެންމެ ހަލުވިކޮށް އަދި އެންމެ ގިނަ ވަގުތު ކޮންޓްރޯލް ކުރުމުގެ ރެކޯޑް ޗިނޯޒޯ އަށް ލިބުނީ 2019 ގަ އެވެ. އެ ފަހަރު އޭނާ ވަނީ ބޯ ބޯމަތީގައި އޮތް ބޯޅަ ވައްޓާނުލައި ފައިގެ ހަރަކާތްތަކުން ކޮންޓްރޯލްކުރި ބޯޅަ ވެސް ވައްޓާނުލައި 111 ޖެހުކަމުން ހިފަައްޓައިފަ އެވެ.

އުމުރުން އެންމެ 8 އަހަރުން ފެށިގެން ފުޓްބޯޅަ އިން މިފަދަ ހުނަރުތަކެއް ދައްކަމުން އަންނަ ޗިނޯޒޯގެ ހުނަރަށް ހުއްޓުމެއް ނެތެވެ. މިހާރު އޭނާ ވަނީ އިތުރު ތިން ރެކޯޑަށް ކަށަވަރުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ރެކޯޑަކީ ބޯމަތީގައި ބޯޅައެއް ބާއްވައިގެން އެ ވައްޓާ ނުލައި ފައިން އެހެން ބޯޅައެއްގައި 1،000 ފަހަރު ޖެހުމަކުން ކޮންޓްރޯލްކުރުމުގެ ރެކޯޑެވެ. ޗިނޯޒޯގެ އެ ރެކޯޑްގެ ވަގުތަކީ 7 މިނިޓާއި 46 ސިކުންތެވެ.

އޭނާގެ އަނެއް ރެކޯޑަކީ ބޯޅަ ބިންމަތީގައި ބާއްވައިގެން އޮށޯވެ އޮވެ އެ އެހެން ބޯޅައެއް ވައްޓާނުލައި ފައިން ކޮންޓްރޯލް ކުރުމުގެ ރެކޯޑެވެ. އެއް މިނިޓުން ހެދި އެ ރެކޯޑްގައި ޗިނޯޒޯ ވަނީ 233 ޖެހުމެއް ހަދައިފަ އެވެ.

ތިން ވަނަ ރެކޯޑަކީ ބޯ މަތީގައި ބޯޅަ ބާއްވައިގެން ބިންމަތީގައި އިށީނދެ އިނދެ އެހެން ބޯޅައެއް ވައްޓާނުލައި އެއް މިނިޓް ވަންދެން 197 ފަހަރު ޖެހުމުގެ ރެކޯޑެވެ.

އެހާ ޅަ އުމުރުގައި ބޯޅަ ބެލެންސް ކުރުމުގައި ޗިނޯޒޯ ދައްކަމުން އަންނަ ހުނަރާއި ހޯދަމުން އަންނަ ކާމިޔާބީ އަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވެސް ތައުރީފު ކޮށްފައިވެ އެވެ. އެހެންވެ މި ކުޅިވަރުން ކުރިއަށް ދާން އެ ކުއްޖާ އަށް އަންނަނީ އެ ފުރުސަތެއް ލިބެމުންނެވެ. ޗިނޯޒޯ އަކީ މިހާރު އޭނާ ފުޓްބޯޅައިގެ އާ ތަމްރީނުތައް ހަދާ ނައިޖީރިއާގެ ޗުކްވޫބޫކާ ފްރީސްޓައިލް އެންޓަޓައިންމަންޓް އެކެޑެމީގެ ހުރިހާ ދަރިވަރުން ވެސް ނަމޫނާއަކަށް އަދި އިންސްޕިރޭޝަނަކަށް ބަލާ ކުއްޖެކެވެ.

"ވަރަށް އުފާކުރަން މިހާ ހުނަރުވެރި ކުއްޖެއް އަހަރެމެންގެ ތެރޭގައި ހުރީތީ، ކޯޗް ޗުކްވޫބޫކާ ބުންޏެވެ. "ޗިނޯޒޯ މިހާރު އެ ދައްކަމުން އަންނަ ހުނަރުގެ ސަބަބުން އަހަރެމެން ގަބޫލުކުރަނީ އޭނާ އަކީ ކުރިއަށް އޮތް ތަނުގައި މުޅި ދުނިޔޭގައި ވެސް ވިދައިލާނެ ފުޓްބޯޅައިގެ ތަރިއަކަށް ވާނެ ކަމަށް. ކޯޗެއްގެ ހައިސިއްޔަތުން ފަހުރުވެރިން އޭނާއާ މެދު."

ޗިނޯޒޯ ބުނި ގޮތުގައި އޭނާގެ ހުވަފެނަކީ ފުޓްބޯޅަ އިން ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލައިނަލް މެސީ ކަހަލަ ތަރިއަކަށްވުމެވެ. އަދި އެންމެ ގަޔާވާ ފުޓްބޯޅަ ތަރިންނަކީ ވެސް އެއީ އެވެ.

"ވަރަށް އުފާވޭ މިހާރު ވެސް ހޯދުނު ކާމިޔާބީތަކާ ދޭތެރޭ." ޗިނޯޒޯ ބުންޏެވެ.

އޭނާގެ ބައްޕަ ވެސް ބުނި ގޮތުގައި ދަރިފުޅު ކުރިއަރުވަން ކުރެވުން އޮތް ހުރިހާ ކަމެއް އާއިލާ އިން ކުރާނެ އެވެ. އަދި ދަރިފުޅާ މެދު މުޅި އާއިލާ ފަހުރުވެރިވެ އެވެ.