21 ޖޫން 2023
ރޭކަވިކް (ޖޫން 21) - ޔޫރޯ ކޮލިފައިންގައި ރޭ އައިސްލެންޑާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 200 މެޗު ހަމަކޮށްފި އެވެ.
ރޭކަވިކް (ޖޫން 21) - ޔޫރޯ ކޮލިފައިންގައި ރޭ އައިސްލެންޑާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 200 މެޗު ހަމަކޮށްފި އެވެ.
އެއާ އެކު އޭނާ ވެފައި ވަނީ އިންޓަނޭޝަނަލް ފުޓްބޯޅައިގައި 200 މެޗު ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ޕޯޗްގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ކުޅެން ފެށީ 2003 ގަ އެވެ. ރޭ 200 ވަނަ މެޗު ހަމަކުރި މެޗުގައި އައިސްލެންޑާ ދެކޮޅަށް ޕޯޗުގަލް މޮޅުކޮށް ދިނުމަށް ލަނޑު ޖެހީ ވެސް ރޮނާލްޑޯ އެވެ. އެ ލަނޑަކީ ޕޯޗުގަލްގެ ގައުމީ ޓީމަށް އޭނާ ޖަހައިދިން 123 ވަނަ ލަނޑެވެ.
އިންޓަނޭޝަނަލް ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯ އެވެ.
ރޮނާލްޑޯ ވަނީ އިންޓަނޭޝަނަލް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ކުރިން ހަދައިފަ އެވެ. ކުވައިތުގެ ކުރީގެ ކުޅުންތެރިޔާ ބަދުރު އަލް މުތުވާ 196 މެޗު ކުޅެގެން ހަދައިފައިވާ ރެކޯޑް ރޮނާލްޑޯ މުގުރާލީ މާޗް މަހު ލިކްޓެންސްޓައިން އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
"އަހަރެން ވަރަށް އުފާވެއްޖެ. 200 މެޗަށް ވާސިލްވުމަކީ ދުވަހަކު ވެސް ހީވެސް ނުކުރާ ކަހަލަ ކަމެއް. ހަމަގައިމުވެސް މޮޅު ގޯލު ޖެހުމުން އެކަން އިތުރަށް ހާއްސަ ވެގެންދޭ،" މެޗަށް ފަހު ރޮނާލްޑޯ ބުންޏެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން ރޮނާލްޑޯ އަށް ވަނީ ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑުން ދިން ޝީލްޑް ހަވާލުކޮށްފަ އެވެ.
ރޮނާލްޑޯ ނެތިވެސް ޕޯޗުގަލުން ނުވަ ގޯލް ޖަހައި ރެކޯޑެއް
ރޮނާލްޑޯ ކުރާ މަސައްކަތް ސިފަކޮށް ނުދެވޭނެ: ވީޓީނިއާ
ރޮނާލްޑޯއާ ބައްދަލުކުރަން ދަނޑަށް އެރުމުން ތަހުގީގަށް
ރޮނާލްޑޯގެ ޓްރޭނިން ބަލަން، ޓިކެޓް 800 ޑޮލަރަށް
ރޮނާލްޑޯއަކީ އެންމެ މުހިންމު ކުޅުންތެރިޔާއެއް ނޫން
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ
ޕޯޗުގަލް ޓީމަށް ރޮނާލްޑޯ ވަރަށް މުހިއްމު: އާ ކޯޗު
ޕޯޗުގަލް ޖާޒީގައި ރޮނާލްޑޯ އަށް ހާއްސަ ރެކޯޑެއް
ފުޓްބޯޅައިން ރެކޯޑް ހަދަމުން އަންނަ ކުއްޖެއް
ކުޅުންތެރިންގެ ޕްރޮފައިލް: ކްރިސްޓިއާނޯ ރޮނާލްޑޯ