24 މާޗް 2023
ލިޒްބަން (މާޗު 24) - ޔޫރޯ ކޮލިފައިންގައި ރޭ ލިޗްޓެންސްޓައިން އަތުން 4-0 އިން ޕޯޗުގަލް މޮޅުވި މެޗުގެ ފުރަތަމަ 11 ގައި ހިމެނި، ފުޓްބޯޅަ ތާރީހުގައި ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިން ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ ރެކޯޑް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.
ލިޒްބަން (މާޗު 24) - ޔޫރޯ ކޮލިފައިންގައި ރޭ ލިޗްޓެންސްޓައިން އަތުން 4-0 އިން ޕޯޗުގަލް މޮޅުވި މެޗުގެ ފުރަތަމަ 11 ގައި ހިމެނި، ފުޓްބޯޅަ ތާރީހުގައި ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިން ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ ރެކޯޑް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.
މި މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައިދީފަ އެވެ. ރޮނާލްޑޯގެ ފުރަތަމަ ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ކުރިން ޔާއޯ ކަންސެލޯ އާއި ބެނާޑޯ ސިލްވާގެ ގޯލުތަކުން ޕޯޗުގަލް ވަނީ މެޗުގައި ލީޑު ހޯދައިފަ އެވެ.
މި މެޗާ އެކު ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 197 މެޗު ކުޅެދީފަ އެވެ. މީގެ ކުރިން ގައުމީ ޓީމެއްގައި އެންމެ ގިނަ ބައިނަލްއަގުވާމީ މެޗު ކުޅުމުގެ ރެކޯޑް އޮތީ 196 މެޗު ކުޅުނު ކުވެއިތުގެ ބަދުރު އަލް މުތަވާ އަތުގަ އެވެ. އުމުރުން 38 އަހަރުގެ މުތަވާ ވަނީ މިދިޔަ އަހަރު ވެސް ކުވެއިތުގެ ގައުމީ ޓިމަށް އަށް މެޗު ކުޅެދީފަ އެވެ.
ރޮނާލްޑޯ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ އުމުރުން 18 އަހަރުގައި، ކަޒަކިސްތާނާ ދެކޮޅަށް 2003 ވަނަ އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގަ އެވެ. ބަދަލލު ކުޅުންތެރިއެއްގެ ގޮތުގައި އެ މެޗުގައި ރޮނާލްޑޯ ކުޅެން އެރީ އޭރުގެ ކެޕްޓަން ލުއިސް ފީގޯގެ ބަދަލުގަ އެވެ.
ފަހު 10 މިނިޓަށް ރޮނާލްޑޯ ބަދަލުކުރުމުން ދަނޑުން ފައިބަން އައި ވަގުތު ކޯޗު މާޓިނޭޒް ރޮނާލްޑޯ އަށް މަރުހަބާ ކިޔަނީ. -- ފޮޓޯ: އޭއެފްޕީ
ލިޗްޓެންސްޓައިންއާ ދެކޮޅަށް ކުޅުމުގެ ކުރިން ޕޯޗުގަލް އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ގައި މޮރޮކޯއާ ދެކޮޅަށެވެ. ރޮނާލްޑޯ އަށް ބަދުނަސީބުކޮށް ދިމާވި ވޯލްޑް ކަޕް ގައި އޭނާ އެ މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ވޯލްޑް ކަޕަށް ފަހު ސައުދީ އަރަބިއްޔާގެ ލީގުގައި ކްލަބް ފުޓްބޯޅަ ކުޅެމުން އައި ނަމަވެސް ވޯލްޑް ކަޕަށް ފަހު ޕޯޗުގަލް ޓީމާ ހަވާލުވި އާ ކޯޗު ރޮބާޓޯ މާޓިނޭޒް މިވަނީ އުމުރުން 38 އަހަރުގެ ރޮނާލްޑޯ އަށް އިތުބާރުކޮށް އަލުން އޭނާ އަށް ގައުމީ ޓީމުން ޖާގަ ދީފަ އެވެ. މެޗުގެ ކުރިން ރޮނާލްޑޯ ވަނީ އޭނާ ވީހާވެސް ގިނަ ދުވަހެއް ވަންދެން ގައުމީ ޓީމަށް ކުޅެ އަދިވެސް އިތުރު ރެކޯޑްތަކެއް މުގުރާލަން ބޭނުންވާކަން ހާމަ ކޮށްފަ އެވެ.
"އަހަރެން ހިތްވަރު ލިބިގަންނަނީ ރެކޯޑްތަކުން. އަހަރެން ބޭނުން ތާރީހުގައި އެންމެ ގިނަ މެޗު [ގައުމީ ޓީމަށް] ކުޅުމުގެ ރެކޯޑް ހަދަން. އެއީ އަހަރެން ވަރަށް ފަހުރުވެރި ވާނެ ކަމެއް. އެހާހިސާބުން ނިމުނީކީ ނޫން. ގަވާއިދުން ގައުމީ ޓީމަށް އަރަން ވެސް އަހަރެން ބޭނުންވޭ،" މެޗުގެ ކުރިން އޮތް ޕްރެސް ގައި ރޮނާލްޑޯ ބުނެފައިވެ އެވެ.
ލިޗްޓެންސްޓައިން އާ ދެކޮޅަށް ރޮނާލްޑޯ ޖެހި ދެ ގޯލާ އެކު އޭނާ މިވަނީ ގައުމީ ޓީމަށް 120 ގޯލު ހަމަކޮށްފަ އެވެ. މިއީ ވެސް ފިރިހެނުންގެ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ރެކޯޑެކެވެ. އާ ކޯޗު މާޓިނޭޒް ވަނީ ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލް ޓީމުގެ މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކޮށްފަ އެވެ.
ޔޫރޯ ކޮލިފައިންގެ ދެ ވަނަ މެޗުގައި ޕޯޗުގަން ދެން ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލަގްޒެމްބާގާ ދެކޮޅަށެވެ.
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ
ރޮނާލްޑޯ ނެތިވެސް ޕޯޗުގަލުން ނުވަ ގޯލް ޖަހައި ރެކޯޑެއް
200 މެޗު ހަމަކޮށްގެން ރޮނާލްޑޯ އަށް ދުނިޔޭގެ ރެކޯޑް
ޕޯޗުގަލް ޓީމަށް ރޮނާލްޑޯ ވަރަށް މުހިއްމު: އާ ކޯޗު
ހަތަރު ގޯލު ޖަހައި ރޮނާލްޑޯ ތަފާތު ދައްކައިފި
ރޮނާލްޑޯ ކުރާ މަސައްކަތް ސިފަކޮށް ނުދެވޭނެ: ވީޓީނިއާ
ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ
ރޮނާލްޑޯ ކެރިއަރުގައި 900 ގޯލު ހަމަކޮށްފި!
"ރިޓަޔާކުރުން އެއީ އުނދަގޫ ނިންމުމަކަށް ނުވާނެ"
ކުރިންވެސް ހީކުރެވުނު ގޮތަށް މިއީ ރޮނާލްޑޯގެ ފަހު ޔޫރޯ