14 އޮކްޓޯބަރ 2023
ޕޯޓޯ (އޮކްޓޫބަރު 14) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު 3-2 އިން ސްލޮވާކިއާ ބަލިކޮށް ޕޯޗުގަލް، އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވެއްޖެ އެވެ.
ޕޯޓޯ (އޮކްޓޫބަރު 14) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު 3-2 އިން ސްލޮވާކިއާ ބަލިކޮށް ޕޯޗުގަލް، އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވެއްޖެ އެވެ.
ރޭގެ މެޗުގައި ޕޯޗުގަލް އަށް މެޗުގެ 18 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ގޮންކާލޯ ރާމީސް އެވެ. ލީޑު ފުޅާ ކޮށްދިން ގޯލު ރޮނާލްޑޯ، 38، ޖެހީ އޭގެ 10 މިނިޓު ފަހުން ލިބުނު ޕެނަލްޓީއަކުންނެވެ. ރޮނާޅްޑޯ ބޯޅަ ފޮނުވާލި ދިމާ، އިދިކޮޅު ޓީމުގެ ގޯލު ބެލެހެއްޓި ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ ކީޕަރު މާޓިން ޑުބްރާކާ އަށް ޔަގީނެއް ނުކުރެވުނެވެ.
ދެވަނަ ހާފުގައި، މެޗުގެ 69 ވަނަ މިނިޓުގައި ސްލޮވާކިއާ އިން ގޯލެއް ޖަހައި ފަރަގު ކުޑަ ކުރި ނަމަވެސް، ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ އޭގެ ދެ މިނިޓު ފަހުން އިތުރު ގޯލެއް ޖަހައި އަލުން ދެ ގޯލުގެ ލީޑު ޕޯޗުގަލް އަށް ހޯދައިދީފަ އެވެ. ސްލޮވާކިއާ އިން އެޓީމުގެ ދެވަނަ ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓުގަ އެވެ.
ރޭގެ މެޗުގެ ދެ ގޯލާ އެކު ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 202 މެޗުން 125 ގޯލު ހަމަކޮށްފަ އެވެ.
ޕޯޗުގަލް ހިމެނޭ ގުރޫޕްގައި ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮއްވައި ޕޯޗުގަލް ކޮލިފައިވީ، މިހާތަނަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. ދެވަނައިގައި އޮތީ ޕޯޗުގަލްއާ ކުޅެ ދެ މެޗުން ވެސް ބަލިވި ސްލޮވާކިއާ އެވެ.
ޕޯޗުގަލް ވަނީ މީގެ ކުރިން އަށް ފަހަރު ޔޫރޯ މުބާރާތުގައި ކުޅެފަ އެވެ. މުބާރާތުގެ ފައިނަލްގައި ދެ ފަހަރު ކުޅެ، 2016 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ ވެސް ޕޯޗުގަލް އެވެ.
އަންނަ އަހަރު ޖަރުމަންގައި ބާއްވާ ޔޫރޯ މުބާރާތަށް ފްރާންސް އާއި ބެލްޖިއަމް ވެސް ވަނީ ރޭގެ މެޗުތަކުން މޮޅުވެގެން ކޮލިފައި ވެފަ އެވެ.
ފްރާންސް ކުޅުނު މެޗުގައި އެމްބާޕޭ މެޗުގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
މީގެ ކުރިން ދެފަހަރު ޔޫރޯ މުބާރާޓް ކާމިޔާބު ކޮށްފައިވާ ފްރާންސް ރޭ މޮޅުވީ ގައުމުން ބޭރުގައި 2-1 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ.
މެޗުގައި ފްރާންސް އިން ޖެހި ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް ނެދަލެންޑްސްގެ ހަމައެކަނި ގޯލު ޖަހައިދިނީ ޒުވާޏް ފުލްބެކް ކުއިލިންޝީ ހާޓްމަން އެވެ. މިއީ ހާޓްމަން ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.
ކޮލިފައިން ގުރޫޕުގައި ފްރާންސަށް ބާކީ ދެ މެޗު ކުޅެން އެބަ އޮތެވެ. އެޓީމުން ވަނީ މިހާތަނަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ގުރޫޕްގެ ދެވަނައިގައި އޮތީ ރޭ 2-0 އިން އަޔަލެންޑް ބަލިކުރި ގްރީސް އެވެ. އެއް މެޗު މަދުން ކުޅެގެން ނެދަލެންޑްސް އޮތީ ތިންވަނައިގަ އެވެ.
ބެލްޖިއަމް ވަނީ ރޭ 3-2 އިން އޮސްޓްރިއާ ބަލިކޮށްފަ އެވެ. ޑޯޑީ ލޫކެބާކިއޯ ދެ ގޯލު ޖަހައި ބެލްޖިއަމް އަށް ލީޑު ހޯދައިދީފައި ވަނިކޮށް އެޓީމުގެ ތިންވަނަ ގޯލު ޖެހީ ރޮމެލޫ ލުކާކޫ އެވެ.
މެޗުގެ ފަހު 20 މިނިޓު ތެރޭ އޮސްޓްރިއާ އަށް ދެ ގޯލު ޖަހައިދިނީ ކޮންރެޑް ލެއިމާ އާއި މާސެލް ސަބިޓްޒާ އެވެ.
ޖަރުމަންގެ ރާލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ކުޅޭ އޮސްޓްރިއާ ވަނީ ބެލްޖިއަމްއާ ދެކޮޅަށް މިދިޔަ ޖޫން މަހު ކުޅުނު ފުރަތަމަ މެޗު އެއްވަރު ކޮށްފަ އެވެ. ކޮލިފައިންގައި އެޓީމަށް އޮތް ބާކީ ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްގެން އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައި ވުމުގެ ފުރުސަތު އެޓީމަށް އެބަ އޮތެވެ.
ހަތަރު ގޯލު ޖަހައި ރޮނާލްޑޯ ތަފާތު ދައްކައިފި
ރޮނާލްޑޯ ނެތިވެސް ޕޯޗުގަލުން ނުވަ ގޯލް ޖަހައި ރެކޯޑެއް
200 މެޗު ހަމަކޮށްގެން ރޮނާލްޑޯ އަށް ދުނިޔޭގެ ރެކޯޑް
ޕޯޗުގަލްއަށް މޮޅެއް، ބެލްޖިއަމް ބަލިނުވެ ސަލާމަތްވެއްޖެ
ޕޯޗުގަލް ޓީމަށް ރޮނާލްޑޯ ވަރަށް މުހިއްމު: އާ ކޯޗު
ޕޯޗުގަލް ޖާޒީގައި ރޮނާލްޑޯ އަށް ހާއްސަ ރެކޯޑެއް
ބެލްޖިއަމް މޮޅުވިއިރު، ފްރާންސް އެއްވަރު
ރޮނާލްޑޯ ގައުމީ ޓީމަށް 100 ގޯލު ހަމަކޮށްފި
ފްރާންސް ބަލިވިއިރު، ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދީފި
ފްރާންސާއި ޕޯޗުގަލް މޮޅުވިއިރު، ނެދަލެންޑްސް ބަލިވެއްޖެ