26 މާޗް 2017
ލިސްބަން، ޕޯޗުގަލް (މާޗް 26) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ފްރާންސާއި ޕޯޗުގަލް މޮޅުވިއިރު، ނެދަލެންޑްސް ބަލިވެއްޖެ އެވެ.
ލިސްބަން، ޕޯޗުގަލް (މާޗް 26) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ފްރާންސާއި ޕޯޗުގަލް މޮޅުވިއިރު، ނެދަލެންޑްސް ބަލިވެއްޖެ އެވެ.
ފްރާންސް މޮޅުވީ ރަށުން ބޭރުގައި ލަގްޒެމްބާގް އަތުން 3-1 އިންނެވެ. ޕޯޗުގަލް އަމިއްލަ ދަނޑުގައި 3-0 އިން ހަންގޭރީގެ މައްޗަށް ކުރިހޯދިއިރު، ނެދަލެންޑްސް ރަށުންބޭރުގައި ބަލިވީ ބަލްގޭރިއާ އަތުން 2-0 އިންނެވެ.
ރޭގެ މެޗުގައި ހަންގޭރީ ކޮޅަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މި ދެ ލަނޑާ އެކު ރޮނާލްޑޯ ވަނީ ޕޯޗުގަލަށް 70 ލަނޑު ހަމަކޮށްފަ އެވެ. ޕޯޗުގަލްގެ އަނެއް ލަނޑު ރޭގެ މެޗުގައި ކާމިޔާބުކުރީ އަންޑްރޭ ސިލްވާ އެވެ.
ކޮލިފައިން ގްރޫޕް ބީގެ ދެ ވަނައިގައި ޕޯޗުގަލް އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ރޭ ލެޓްވިއާ އަތުން 1-0 އިން މޮޅުވި ސްވިޒަލެންޑެވެ. ސްވިޒަލެންޑަށް ވަނީ ފަސް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ.
ފްރާންސަށް ރޭގެ މެޗުގައި އޮލިވިއޭ ޖިރޯ ލީޑު ނަގައިދީފައިވަނިކޮށް ލަގްޒެމްބާގަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން އައުރެލިއެން ޔަކީމް އެވެ. ފްރާންސަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން އެންޓޮއިން ގްރީޒްމަން އެވެ. ފްރާންސްގެ ފަހު ލަނޑު ޖެހީ އޮލިވާ ޖިރޯ އެވެ.
މި ގްރޫޕްގައި ރޭ ނެދަލެންޑްސް އަށް ބަލްގޭރިއާ ކައިރީގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ރަނގަޅު ފޯމުގައި ތިބި ގިނަ ކުޅުންތެރިންތަކަކާ އެކު އޮތް ނެދަލެންޑްސް ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ބަލްގޭރިއާ އިން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭގަ އެވެ. ދެ ލަނޑު ވެސް ޖެހީ ސްޕަސް ޑެލޭވް އެވެ.
ފްރާންސް ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ބެލަރޫސްގެ މައްޗަށް 4-0 އިން ކުރިހޯދީ ސްވިޑެން އެވެ. އެ ޓީމަށް ވަނީ 10 ޕޮއިންޓް ލިބިފަ އެޗެ. ތިން ވަނައިގައިގައި ބަލްގޭރިއާ އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ނެދަލެންޑްސް އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ފްރާންސް ބަލިވިއިރު، ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދީފި
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ
ޕެޕޭ އެނބުރި އައުުމުން ރޮނާލްޑޯ އަށް ތަފާތު ޖޯޝެއް
ސާބިއާއިން ރޮނާލްޑޯގެ ޕޯޗުގަލް ހިތްދަތިކޮށްލައިފި
ޕޯޗުގަލް އާއި ނެދަލެންޑްސް އަދި ބެލްޖިއަމަށް މޮޅެއް
ލަނޑު ބަލައިނުގަންނަން ނިންމުމުން ރޮނާލްޑޯ ރަތަށް
ބެލްޖިއަމް މޮޅުވިއިރު، ފްރާންސް އެއްވަރު
ހަތަރު ގޯލު ޖަހައި ރޮނާލްޑޯ ތަފާތު ދައްކައިފި
ނެދަލެންޑްސް ޑިފެންސަށް ރޮނާލްޑޯ ހުއްޓުވޭނެ: ކޫމަން
ޕޯޗުގަލް އުއްމީދުގައި، ނެދަލެންޑްސަށް ހަނި ފުރުސަތެއް