28 މާޗް 2022
ޕޯޓޯ (މާޗް 27) - ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ކޮވިޑް-19 އިން ރަނގަޅުވެ، އެނބުރި ގައުމީ ޓީމާ ގުޅުމުން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ތަފާޓު ޖޯޝެއް އަތުވެއްޖެ އެވެ.
ޕޯޓޯ (މާޗް 27) - ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ކޮވިޑް-19 އިން ރަނގަޅުވެ، އެނބުރި ގައުމީ ޓީމާ ގުޅުމުން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ތަފާޓު ޖޯޝެއް އަތުވެއްޖެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ތުރުކީއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ޕެޕޭ އަށް ބައިވެރި ނުވެވުނެވެ. އެކަމަކު އުތުރު މެސެޑޯނިއާއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ޕެޕޭ ވަނީ ޓީމުގެ ޕްރެކްޓިހަށް ނުކުމެފަ އެވެ.
ޕޯޓޯގެ ޑިފެންޑަރު އެނބުރި ގައުމީ ޓީމާ ގުޅުމުން ޓީމުގެ ކޭމްޕްގައި ހުރެ ރޮނާލްޑޯ ބުނީ ރަސްގެފާނު އަތުވެއްޖެ ކަމަށެވެ.
"ރަސްގެފާނު އެނބުރި އަތުވެއްޖެ! ޕެޕޭ އެނބުރި ގެއަށް އަތުވެއްޖެ،" ކޭމްޕްގައި ހުރެ ރޮނާލްޑޯ ބުންޏެވެ.
ޕޯޗުގަލްގެ ގައުމީ ޓީމަށް 2007 ގައި ކުޅެން ފެށި ފަހުން ޕެޕޭ އަކީ އެ ޓީމުގެ ޑިފެންސްގައި މުހިންމު ކުޅުންތެރިއެކެވެ. އުމުރުން 39 އަހަރުގެ ޑިފެންޑަރު ވަނީ 2016 ގެ ޔޯރޯ އާއި 2019 ގެ ޔޫއެފާ ނޭޝަން ލީގު ޕޯޗުގަލް އަށް ހޯދައިދިނުގައި އެހީތެރިވެދީފަ އެވެ.
ޕެޕޭ އަކީ ޕޯޗުގަލްގެ ގައުމީ ޓީމަށް ހަތަރު ވަނަ އަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. ތުރުކީއާ ދެޅަށް ކުޅުނު މެޗުގައި ޕެޕޭ އަށް ނުކުޅެވުމުން، މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ރުބެން ޑިއާޒް އާއި ހޯޒޭ ފޮންޓޭއާ އެކު ޑިފެންސް ބެލެހެއްޓީ ޑިފެންސިވް މިޑްފީލްޑާ ޑަނިލޯ ޕެޕޭރާ އެވެ.
މެސެޑޯނިއާ އާއި ޕޯޗުގަލް އަންގާރަ ދުވަހު ކުޅޭ މެޗުން މޮޅުވާ ޓީމެއް ވޯލްޑް ކަޕަށް ކޮލިފައި ވާނެ އެވެ. ޕްލޭއޮފްގެ ފައިނަލަށް މެސެޑޯނިއޯ ދަތުރުކުރީ ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ކަޓުވާލުމަށް ފަހު އެވެ.
ސާބިއާއިން ރޮނާލްޑޯގެ ޕޯޗުގަލް ހިތްދަތިކޮށްލައިފި
ލަނޑު ބަލައިނުގަންނަން ނިންމުމުން ރޮނާލްޑޯ ރަތަށް
ފްރާންސް ބަލިވިއިރު، ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދީފި
ފްރާންސާއި ޕޯޗުގަލް މޮޅުވިއިރު، ނެދަލެންޑްސް ބަލިވެއްޖެ
ރޮނާލްޑޯ ކުރާ މަސައްކަތް ސިފަކޮށް ނުދެވޭނެ: ވީޓީނިއާ
ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ
ރޮނާލްޑޯ ކެރިއަރުގައި 900 ގޯލު ހަމަކޮށްފި!
"ރިޓަޔާކުރުން އެއީ އުނދަގޫ ނިންމުމަކަށް ނުވާނެ"
ކުރިންވެސް ހީކުރެވުނު ގޮތަށް މިއީ ރޮނާލްޑޯގެ ފަހު ޔޫރޯ
ކީޕަރު ޑިއޭގޯ ކޮސްޓާ، ޕޯޗުގަލް ގޮވައިގެން ކުއާޓާ