12 ސެޕްޓެމްބަރ 2023
ފަރޯ، ޕޯޗުގަލް (ސެޕްޓެމްބަރު 12) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި 9-0 ގެ ތަފާތު ބޮޑުކޮށް ލަގްޒަމްބާގް ބަލިކޮށް ޕޯޗުގަލުގެ ތާރީހުގައި އެ ޓީމުން ހޯދި އެންމެ ބޮޑު މޮޅު ހޯދައިފި އެވެ.
ފަރޯ، ޕޯޗުގަލް (ސެޕްޓެމްބަރު 12) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި 9-0 ގެ ތަފާތު ބޮޑުކޮށް ލަގްޒަމްބާގް ބަލިކޮށް ޕޯޗުގަލުގެ ތާރީހުގައި އެ ޓީމުން ހޯދި އެންމެ ބޮޑު މޮޅު ހޯދައިފި އެވެ.
އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ކޮލިފައިން މެޗުގައި ރޮނާލްޑޯ އަށް ނުކުޅެވުނީ އޭނާ ސަސްޕެންޝަނުގައި ހުރުމުންނެވެ. އެ ގުރޫޕްގައި ކުރިން ކުޅުނު މެޗުގައި ދެއްކި ކާޑާ ގުޅިގެން އޭނާ އަށް ވަނީ ދެ ރީނދޫ ކާޑް ހަމަ ވެފަ އެވެ.
މި މެޗުގައި ޕޯޗުގަލުން ޖެހި ނުވަ ލަނޑާ އެކު އެ ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު މޮޅުގެ ރެކޯޑް ހެދީ 2003 ގައި ކުވައިތާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑަށް ވުރެ އިތުރަށް އެއް ލަނޑު ޖަހައިގެންނެވެ.
ލަގްޒަމްބާގާ ދެކޮޅަށް ޕޯޗުގަލް ރޭ ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
އެ އަހަރު ކުވައިތާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލުން ކާމިޔާބު ކުރީ 8-0 ންނެވެ. ހަމަ އެ ނަތީޖާއިން 1994 އަދި 1999 ގައި އެ ޓީމުން ވަނީ ލިކްޓެންސްޓައިން ބަލި ކޮށްފަ އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދި އަދި އިންޓަނޭޝަނަލް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފައިވާ ރޮނާލްޑޯ ނެތި ކުޅުނު މެޗުގައި ގޮންސާލޯ ރާމޯސް އާއި ގޮންސާލޯ އިނާސިއޯ އަދި ޑިއޭގޯ ޖޯޓާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ތިން ލަނޑު ޖެހީ ރިކާޑޯ ހޯޓާ އާއި ބްރުނޯ ފެނާންޑޭޒްގެ އިތުރުން ޔޮއާ ފެލިކްސް އެވެ.
ކޯޗު ރޮބާޓޯ މާޓިނޭޒްގެ ޓީމުން ވަނީ ގުރޫޕް ޖޭ ގައި ކުޅުނު ހަ މެޗުގައި ވެސް ބައިކޮޅަށް ލަނޑެއް ނުވަދެ 24 ލަނޑު ޖަހައިފަ އެވެ. އަދި ދެވަނައިގައި އޮތް ސްލޮވޭކިއާގެ މައްޗަށް އަށް ވުރެ ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.
ކޮންމެ ގުރޫޕަކުން ވެސް ގަދަ ދެ ދެ ޓީމު ސީދާ ޔޫރޯ އަށް ކޮލިފައިވާނެ އެވެ.
200 މެޗު ހަމަކޮށްގެން ރޮނާލްޑޯ އަށް ދުނިޔޭގެ ރެކޯޑް
ރޮނާލްޑޯ ކުރާ މަސައްކަތް ސިފަކޮށް ނުދެވޭނެ: ވީޓީނިއާ
ރޮނާލްޑޯއާ ބައްދަލުކުރަން ދަނޑަށް އެރުމުން ތަހުގީގަށް
ރޮނާލްޑޯގެ ޓްރޭނިން ބަލަން، ޓިކެޓް 800 ޑޮލަރަށް
ރޮނާލްޑޯއަކީ އެންމެ މުހިންމު ކުޅުންތެރިޔާއެއް ނޫން
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ
ޕޯޗުގަލް ޓީމަށް ރޮނާލްޑޯ ވަރަށް މުހިއްމު: އާ ކޯޗު
ޕޯޗުގަލް ޖާޒީގައި ރޮނާލްޑޯ އަށް ހާއްސަ ރެކޯޑެއް
ކުޅުންތެރިންގެ ޕްރޮފައިލް: ކްރިސްޓިއާނޯ ރޮނާލްޑޯ
ހަތަރު ގޯލު ޖަހައި ރޮނާލްޑޯ ތަފާތު ދައްކައިފި