Roadha Mihaaru
ރޮނާލްޑޯއަކީ އެންމެ މުހިންމު ކުޅުންތެރިޔާއެއް ނޫން

ރޮނާލްޑޯއަކީ މިހާރު ޕޯޗުގަލްގެ އެންމެ މުހިންމު ކުޅުންތެރިޔާއެއް ނޫން: ކެންސެލޯ

21 މާޗް 2024

ލިޒްބަން (މާޗް 21) - ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިހާރު ޕޯޗުގަލްގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޫން ކަމަށް އެ ޓީމުގެ ޑިފެންޑަރު ޖޮއާއޯ ކެންސެލޯ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލިޒްބަން (މާޗް 21) - ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިހާރު ޕޯޗުގަލްގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޫން ކަމަށް އެ ޓީމުގެ ޑިފެންޑަރު ޖޮއާއޯ ކެންސެލޯ ބުނެފި އެވެ.

ޕޯޗުގަލްގެ ޓީމު ލީޑް ކުރަނީ އަދި ވެސް އުމުރުން 39 އަހަރުގެ ރޮނާލްޑޯ އާއި 41 އަހަރުގެ ޑިފެންޑަރު ޕެޕޭ އެވެ. އެ ދެ ކުޅުންތެރިން ލީޑް ކުރި ޓީމުން ވަނީ މީގެ ކުރިން ޔޫރޯ އާއި ނޭޝަން ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

ޕޯޗުގަލްގެ ޕަބްލިކް ބްރޮޑްކާސްޓާ އަށް ދިން އިންޓަވިއުގައި ބާސެލޯނާގެ ޑިފެންޑަރު ކެންސެލޯ ބުނީ އިރެއްގައި ރޮނާލްޑޯ އަކީ ޕޯޗުގަލްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށް ވިޔަސް މިހާރު އޭނާ އަށް ބަރޯސާ ނުވާނެ ކަމަށެވެ.

ރޮނާލްޑޯ ހުރީ އެންމެ ޕީކުގައި ނޫން ކަމަށް ވެސް ކެންސެލޯ ބުންޏެވެ.

"އޭނާ އަކީ މުހިންމު ކުޅުންތެރިއެއް. މިދިޔަ 15 އަހަރު ބެލޮންޑިއޯ އަށް މެސީއާ ވާދަކުރި ނަމަވެސް ފުޓްބޯޅަ ކުޅުންތެރިއެއްގެ ކެރިއަރުގެ އެންމެ ޕީކް ދުވަސްވަރަކީ އުމުރުން 25 އަހަރާއި 32 އަހަރާ ދެމެދު. އޭނާ އަކީ އަހަރެމެންނަށް މުހިންމު ކުޅުންތެރިއެއް، އެކަމަކު ގައުމީ ޓީމު މުޅިން ބަރޯސާ ވަނީ އޭނާ އަށް ނޫން،" ކެންސެލޯ ބުންޏެވެ.

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި ޕޯޗުގަލްއިން ތައްޔާރު ވަމުން ދަނީ ސްވިޑެން އާއި ސްލޮވޭނިއާ އާ ދެކޮޅަށް ކުޅުމަށެވެ. ޕޯޗުގަލްގެ ކޯޗު ސްޕެއިންގެ ރޮބާޓޯ މާޓިނޭޒް ރޮނާލްޑޯ އާ އެކު އެޓޭކްގައި ލީޑް ކުރަން ޒުވާން ކުޅުންތެރިން ކަމަށްވާ ޖޯޓާ ސިލްވާ އާއި ފްރެންސިސްކޯ ކޮންސޭސޯ ގައުމީ ޓީމަށް އަލަށް ނަގައިފަ އެވެ.