Roadha Mihaaru
ރޮނާލްޑޯގެ ޓްރޭނިން ބަލަން، ޓިކެޓް 800 ޑޮލަރަށް

ޔޫރޯގައި ރޮނާލްޑޯގެ ޓްރޭނިން ސެޝަނެއްގެ ޓިކެޓްގެ އަގު 800 ޑޮލަރަށް

12 ޖޫން 2024

ވެސްޓްފާލިއާ، ޖަރުމަން (ޖޫން 12) – ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށް ޖަރުމަނުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރިވާ ޓްރޭނިން ސެޝަނެއް ބަލަން ވިއްކާ ޓިކެޓްގެ އަގު 800 ޑޮލަރަށް ވުރެ މައްޗަށް އަރައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވެސްޓްފާލިއާ، ޖަރުމަން (ޖޫން 12) – ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށް ޖަރުމަނުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރިވާ ޓްރޭނިން ސެޝަނެއް ބަލަން ވިއްކާ ޓިކެޓްގެ އަގު 800 ޑޮލަރަށް ވުރެ މައްޗަށް އަރައިފި އެވެ.

ޖަރުމަނުގައި ޕޯޗުގަލް ޓީމުގެ ކޭމްޕް ގާއިމުކޮށްފައިވާ ވެސްޓްފާލިއާގައި، އެ ޓީމުން ހުކުރު ދުވަހު ކުރިއަށްގެންދާ ޓްރޭނިން ސެޝަން ބަލާލަން އާންމުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ.

އެ ޓްރޭނިން ސެޝަން ބަލަން 6،000 މީހުންނަށް ޖާގަ ދޭ ގޮތަށް ހަމަޖެއްސި އެވެ. ޓިކެޓް ދޫކުރީ ހިލޭ އެވެ. އެކަމަކު ހިލޭ އެ ޖާގަތައް ހޯދި މީހުން ކަޅުބާޒާރުގައި އެ ޓިކެޓް ވިއްކަން ނުކުތެވެ.

އެންމެ ޓިކެޓެއްގެ އަގު 800 ޔޫރޯ ( 858.32 ) ޑޮލަރަށް އަރަ އެވެ.

އޮންލައިންކޮށް އެއްޗިހިވިއްކާ ޖަރުމަނުގެ ވެބްސައިޓެއް ކަމަށްވާ ކްލައިންއަންޒައިން ގައި، ރޮނާލްޑޯގެ އެ ޓްރޭނިން ސެޝަނުގެ ޓިކެޓްގެ އަގު އުޅެނީ 400 ޑޮލަރާއި 800 ޑޮލަރާ ދެމުދުގަ އެވެ. ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުންގެންދާ ރޮނާލްޑޯ އަކީ އަދި ވެސް ޔޫރަޕްގައި އެންމެ މަގުބޫލް ކުޅުންތެރިޔާ އެވެ. އިންޓަނޭޝަނަލް މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހެދި އުމުރުން 39 އަހަރުގެ ރޮނާލްޑޯގެ ފަހު ޔޫރޯ އަށް މި އަހަރުގެ މުބާރާތް ވެދާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ޔޫރޯގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާ ޗެކިއާ އާ ދެކޮޅަށެވެ. ގުރޫޕް އެފްގައި ޕޯޗުގަލް އާއި ޗެކިއާއާ އެކު ދެން ހިމެނެނީ ތުރުކީ އާއި ޖޯޖިއާ އެވެ.