07 ޖޫން 2020
އެންމެ ބޮޑަށް ނުވަތަ އެންމެ ފުޅާކޮށް އަނގަ ހުޅުވައިލެވޭ މީހާގެ ގޮތުގައި އެމެރިކާގެ ފުރާވަރުގެ ކުއްޖަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.
އެންމެ ބޮޑަށް ނުވަތަ އެންމެ ފުޅާކޮށް އަނގަ ހުޅުވައިލެވޭ މީހާގެ ގޮތުގައި އެމެރިކާގެ ފުރާވަރުގެ ކުއްޖަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.
ޕެންސިލްވީނިއާގެ ބޮޔާޓައުންގައި ދިރިއުޅޭ ފިލިޕް އަންގަސް، 13، ގެ އަނގަ 9.52 ސެންޓިމީޓަރު (3.75 އިންޗި) އަށް ހުޅުވަ އެވެ. އޭނާގެ އަނގަ ހުޅުވައިލުމުން އާދައިގެ ސައިޒުގެ އާފަލެއް ދެ ދަތް ޕިއްލާ ދޭތެރޭގައި ބަހައްޓައިލެވެ އެވެ.
މީގެ ކުރިން ވެސް، އެންމެ ބޮޑަށް އަނގަ ހުޅުވޭ މީހާގެ ރެކޯޑް އޮތީ އެމެރިކާގެ ފުރާވަރުގެ ކުއްޖެއްގެ އަތުގަ އެވެ. އެއީ އިސާކް ޖޯންސަނެވެ. ނަމަވެސް އޭނާގެ އަނގަ 8.8 ސެންޓިމީޓަރަށް ހުޅުވައިލުމުގެ ރެކޯޑް ފިލިޕްސް މުގުރާލައި، ގިނިސް ވޯލްޑް ރެކޯޑުން ވަނީ ޖާގަ ކަށަވަރުކޮށްފަ އެވެ.
This teen from Pennsylvania is now the record holder for the largest mouth gape https://t.co/das0Rq7wb9
— GuinnessWorldRecords (@GWR) June 5, 2020
ފިލިޕް ބުނިގޮތުގައި އޭނާގެ އަނގަ އާދަޔާހިލާފަށް ބޮޑުކަން ފާހަގަވާން ފެށީ އުމުރުން 9-10 އަހަރު ހިސާބުގަ އެވެ. އަދި އޭރުއްސުރެ ވަރަށް ގިނަ ކުދިން އެކަމަށް ޖޯކް ޖަހާ ކަމަށް ވެސް ބުންޏެވެ.
"މިހާ ބޮޑު އަނގައެއް ލިބުނީ ކީއްވެ ކަމެއް ނޭނގޭ. އަހަރެންގެ މަންމަ އާއި ބައްޕަ އަކީ ވެސް އެހާ އަނގަ ބޮޑު ބައެއް ނޫން،" ފިލިޕްސް ބުންޏެވެ.
އެކަމަކު އޭނާގެ މި އާދަޔާހިލާފު ސިފައާ ހެދި ދުނިޔޭގެ ރެކޯޑް ފޮތަކަށް އަރައިފާނެ ކަމަކަށް ދުވަހަކު އުންމީދެއް ވެސް ނުކުރެ އެވެ.
ނަމަވެސް ކުރިން އެ ރިކޯޑް ލިބުނު މީހެއް ކަމަށްވާ ބާނަޑް ޝުމިޓްގެ ވީޑިއޯއެއް ޔޫޓިއުބުން ރައްޓެއްސަކަށް ފެނިގެން އެ ވާހަކަ ބުނުމުން އަނގަ ވީހާ ވެސް ބޮޑަށް ހުޅުވަން މަސައްކަތްކުރަން ފެށި ކަމަށް ފިލިޕް ބުންޏެވެ. އަދި އެކި ފަހަރުމަތިން އަނގަ ވީހާ ވެސް ބޮޑަށް ހުޅުވައި، އެންމެ ފަހުން ރެކޯޑަކަށް ވެދާނެތޯ ބެލުމަށް މިންތައް ނަގާފައި ފޮނުވީ ފިލިޕްގެ މަންމަ އިސްކޮށް ހުރެގެންނެވެ. އަދި އެކަމުގައި ދަތުގެ ޑޮކްޓަރެއްގެ އެހީ ވެސް އެ މީހުން ހޯދި އެވެ.
"ދެން ރެކޯޑް ފޮތުން ޖާގަ ލިބުނީމާ ވަރަށް އުފާވެއްޖެ. ކުރިއަކުން އުންމީދެއް ނުކުރަން ރެކޯޑް ކަށަވަރުވެދާނެ ކަމަކަށް،" އޭނާ ބުންޏެވެ. "މިހާރު އެނގޭ އަހަންނަކީ ހާއްސަ މީހެއްކަން. ރެކޯޑް ފޮތުން ހަމަ ޔަގީނުން ވެސް އާދައިގެ މީހަކަށް ޖާގައެއް ނުލިބޭނެ. ދެން އަހަރެން ބަލިކުރަން ވެސް ފަސޭހަ ކަމަކަށް ނުވާނެ."
ފިލިޕް ބުނިގޮތުގައި އެންމެ އުފާވި އެއް ކަމަކީ އާއިލާގައި ދުނިޔޭގެ ރެކޯޑެއް ހާސިލުކުރި ފުރަތަމަ މީހަކަށް އޭނާވުމެވެ.
ވިލްޑީން ބޭނުމީ އެންމެ ކުރު ފާމަސިސްޓަށް ވާން
ފުޓްބޯޅައިން ރެކޯޑް ހަދަމުން އަންނަ ކުއްޖެއް
ދުނިޔެ ވަށައި އެކަނި ބުރެއް ޖަހައިގެން ރެކޯޑެއް
އުމުރުން 15، އިސްކޮޅު 7 ފޫޓަށްވުރެ ދިގު
ޓިކްޓޮކްގެ ރާނީގެ ވާހަކަ ސީރީޒަކަށް ހަދަނީ
"އަހަރުގެ ކުޑަކުއްޖާ" އަކީ ސައިންސްވެރިއެއް
މިއީ ހޮލީވުޑްގެ އެންމެ ހަގު އެގްޒެކެޓިވް ޕްރޮޑިއުސަރު
އެންމެ ދިގު ފުރާވަރު ފިރިހެން ކުއްޖާ ޗައިނާގައި
ފައި އެންމެ ދިގު އަންހެނަކީ 17 އަހަރުގެ ކުއްޖެއް
ފުރާވަރަށް އަޅާ ކުދިންނާމެދު ސަމާލުވާންވީ ތިން ކަމެއް