Roadha Mihaaru
ބޮޑު އާމްދަނީގެ މަގާމު މާޝަލް އާޓްސް ތަރިއަކަށް

އެންމެ ބޮޑު އާމްދަނީ ލިބުނު އެތުލީޓްގެ މަގާމު މާޝަލް އާޓްސް ތަރިއަކަށް

14 މެއި 2021

އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓް ނުވަތަ ކުޅިވަރު ޝަހުސިއްޔަތުންނާ އެކު މި އަހަރު ފޯބްސް އިން އެކުލަވާލި ލިސްޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލައިނަލް މެސީ ފަދަ ފުޓްބޯޅަ ތަރިން ފަހަތަށް ޖައްސާލައި އަޔަލެންޑް މާޝަލް އާޓްސް ތަރި ކޮނާ މެކްގްރެގާ ލިސްޓްގެ އެއް ވަނަ މަގާމުން ޖާގަ ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓް ނުވަތަ ކުޅިވަރު ޝަހުސިއްޔަތުންނާ އެކު މި އަހަރު ފޯބްސް އިން އެކުލަވާލި ލިސްޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލައިނަލް މެސީ ފަދަ ފުޓްބޯޅަ ތަރިން ފަހަތަށް ޖައްސާލައި އަޔަލެންޑް މާޝަލް އާޓްސް ތަރި ކޮނާ މެކްގްރެގާ ލިސްޓްގެ އެއް ވަނަ މަގާމުން ޖާގަ ހޯދައިފި އެވެ.

ފޯބްސް އިން ބުނެފައިވާ ގޮތުގައި ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އޭނާ އަށް އާމްދަނީގެ ގޮތުގައި 180 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ ކޮނާ އަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. ކުރިން އޭނާ އަށް ލިބުނީ 2018 ގައި 99 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ހަތް ވަނަ މަގާމު ލިބުނެވެ.

އުމުރުން 32 އަހަރުގެ ކޮނާ އަކީ ފެދަވެއިޓާއި ލައިޓްވެއިޓް ޑަބަލްފައި ޔޫއެފްސީގެ ޗެމްޕިއަނެކެވެ. އޭނާ މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ގެ ތެރެއިން ބޮކްސިން އަށް ވަނީ އުމުރުން އެންމެ 12 އަހަރުގަ އެވެ.

މިހާރު ކުޅިވަރުގެ ދާއިރާ އިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓްގެ މަގާމު ކޮނާ އަށް ލިބުނު އިރު އޭނާ އަކީ ވިޔަފާވެރިއެއް ވެސް މެ އެވެ.

ފޯބްސްގެ ލިސްޓްގައިވާ ގޮތުން ކޮނާގެ ފަހަތުން ގަދަ 10 ގެ ލިސްޓްގެ ދެވަނަގައި އޮތީ ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ތަރި މެސީ (130 މިލިއަން ޑޮލަރު) އެވެ. އަދި ތިން ވަނައިގައި ޔުވެންޓަސް އަށް ކުޅޭ ޕޯޗްގަލްގެ މެސީ އޮތީ 120 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކީގަ އެވެ.

ގަދަ 10 ގައި ދެން ހިމެނެނީ ޑަލަސް ކައުބޯއިޒް އަށް ކުޅޭ ފުޓްބޯޅަ ކްއާޓަބެކް ތަރި ޑޭކް ޕްރެޒްކޮޓް (107.5 މިލިއަން ޑޮލަރު)، އެމެރިކާގެ ލޮސް އެންޖެލިސް ލޭކޭޒް އަށް ކުޅޭ ބާސްކެޓް ތަރި ލެބްރޯން ޖޭމްސް (96.5 މިލިއަން ޑޮލަރު)، ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ (95 މިލިއަން ޑޮލަރު)، އޮސްޓްރޭލިއާގެ ޓެނިސް ތަރި ރޮޖާ ފެޑެރާ (90 މިލިއަން ޑޮލަރު)، ކާރު ރޭސް އެފް1 ގެ ތަރި ލުވިސް ހެމިލްޓަން (82 މިލިއަން ޑޮލަރު)، އެމެރިކާގެ ފުޓްބޯޅަ ކްއާޓަބެކް ތަރި ޓޮމް ބްރޭޑީ (76 މިލިއަން ޑޯލަރު) އަދި އެމެރިކާގެ ބާސްކެޓް ތަރި ކެވިން ޑުރަންޓް (75 މިލިއަން ޑޯލަރު) އެވެ.