ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 22) - ފީފާ އިން މިދިޔަ އަހަރު އަލަށް ތައާރަފްކުރި ފީފާ ބެސްޓް އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިއަކަށް މި ފަހަރު ބާސެލޯނާގެ ލިއޮނަލް މެސީ އާއި އެންމެ ފަހުން އެ އެވޯޑް ހޯދި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޕީއެސްޖީގެ ނޭމާ ޝޯޓްލިސްޓްކޮށްފި އެވެ.
22 ސެޕްޓެމްބަރ 2017
ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 22) - ފީފާ އިން މިދިޔަ އަހަރު އަލަށް ތައާރަފްކުރި ފީފާ ބެސްޓް އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިއަކަށް މި ފަހަރު ބާސެލޯނާގެ ލިއޮނަލް މެސީ އާއި އެންމެ ފަހުން އެ އެވޯޑް ހޯދި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޕީއެސްޖީގެ ނޭމާ ޝޯޓްލިސްޓްކޮށްފި އެވެ.
ފީފާ އިން އެންމެ ފުރަތަމަ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދޭން ފެށީ 1991 ވަނަ އަހަރު އެވެ. އޭގެ ފަހުން 2010 އިން 2015 ވަނަ އަހަރުގެ ނިޔަލަށް ފީފާ އިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑާ އެއްކޮށްލައިގެންނެވެ. ބެލޮންޑިއޯއާ ވަކިވެ ފީފާ އިން މިދިޔަ އަހަރު ބެސްޓް ފީފާ އެވޯޑްސް ތައާރަފްކުރި އިރު ބެލޮންޑިއޯ އެވޯޑް ވެސް ވަކިން އަނެއްކާ ދޭން ވަނީ ފަށައިފަ އެވެ.
މިދިޔަ އަހަރު ފުރަތަމަ ފަހަރަށް މި އެވޯޑް ހޯދީ ރޮނާލްޑޯ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ލެސްޓާ ސިޓީގެ ކްލައުޑިއޯ ރަނިއޭރީ އެވެ. މި އަހަރުގެ ފީފާ އެވޯޑް އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު ލަންޑަންގަ އެވެ.
ގިނަ ބަޔަކަށް ބެލެވިފައިވާ ގޮތުގައި ރޮނާލްޑޯ މި ފަހަރުގެ އެވޯޑް ދިފާއު ކުރާނެ އެވެ. އެއީ ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ދެ ވަނަ އަހަރު ކާމިޔާބު ކުރުމުގެ އިތުރުން އެ ޓީމަށް ސްޕެނިޝް ލީގާއި ޔުއެފާ ސުޕަ ކަޕް ހޯދައިދިނުމަށް އެހީތެރިވެފައިވާތީ އެވެ.
މިދިިޔަ ސީޒަނަކީ ބާސެލޯނާ އަށް އެންމެ ކާމިޔާބު އަހަރެއް ކަމުގައި ނުވިޔަސް ލިއޮނަލް މެސީ ވަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ގިނަ ރެކޯޑްތަކެއް ހެދިއިރު، މުހިއްމު ލަނޑުތަކެއް ޖެހި އެވެ.
ދުނިޔޭގެ ރެކޯޑް އަގަކަށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވުމުގެ ކުރިން މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ވެސް ނޭމާ މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު މިހާތަނަށް އެ ޓީމު ކުޅުނު މެޗުތަކުގައި އަންނަނީ ތަފާތު ދައްކަމުންނެވެ.
މި ފަހަރު އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ ޔުވެންޓަސްގެ މަސިމޯ އަލެގްރީ، ޗެލްސީގެ އެންޓޯނިއޯ ކޮންޓޭ އަދި ރެއާލުގެ ޒިނެދިން ޒިދާން އެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ މިދިޔަ އަހަރު އެ އެވޯޑް ގެންދިޔަ އެމެރިކާގެ ކާލީ ލޮއިޑް، ވެނެޒުއޭލާގެ ޑޭނާ ކަސްޓެޔާނޯސް އަދި މި ފަހަރު ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ނެދަލެންޑްސްގެ ލިއޭކޭ މާޓެންސް އެވެ.
ފީފާ އިން ވަނީ އެންމެ މޮޅު ގޯލަށްދޭ ޕުސްކަސް އެވޯޑާއި ސަޕޯޓަރުންގެ އެވޯޑަށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ސަޕޯޓަރުންގެ އެވޯޑަށް މި ފަހަރު ވާދަކުރަނީ ބޮރޫސިއާ ޑޯޓްމަންޑާއި ސެލްޓިކް އަަދި އެފްސީ ކޮޕެންހާގެން ސަޕޯޓަރުންނެވެ.
ބޮޑު އާމްދަނީގެ މަގާމު މާޝަލް އާޓްސް ތަރިއަކަށް
އާމްދަނީ އެންމެ ބޮޑު ސެލެބްރިޓީ އަކީ ކައިލީ
އެންމެ ބޮޑު އާމްދަނީ ލިބުނު ސެލެބްރިޓީއަކީ ޓޭލާ
އެވޯޑަށް ވާދަކުރަނީ ރޮނާލްޑޯ، މެސީ އަދި ގްރިޒްމަން
21 އަހަރަށް ފަހު މެސީ އާއި ރޮނާލްޑޯ ބެލޮންޑިއޯ އިން ކަޓައިފި
މެސީއަށް ދެން ދޭނެ އިސްކަމެއް ނެތް: ހޮންކޮން އެފްއޭ
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
މުއްސަނދިންގެ ލިސްޓްގައި މެސީގެ މަގާމު ރޮނާލްޑޯ އަށް
މެސީ އާއެކު އޮތް ވާދަވެރިކަން ނިމިއްޖެ: ރޮނާލްޑޯ
ބެލޮންޑިއޯ: ލީޑުކުރަނީ މެސީ، ހާލަންޑް، ރޮނާލްޑޯ ނެތް