Roadha Mihaaru
އެންމެ ބޮޑު އާމްދަނީ ލިބުނު ސެލެބްރިޓީއަކީ ޓޭލާ

ފާއިތުވި އަހަރު ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ އަކީ ޓޭލާ ސްވިފްޓް

12 ޖުލައި 2019

ފާއިތުވި އެއް އަހަރު ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ އަކީ އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ކަމަށް ފޯބްސް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާއިތުވި އެއް އަހަރު ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ އަކީ އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ކަމަށް ފޯބްސް އިން ބުނެފި އެވެ.

ފޯބްސް އިން އެކުލަވައިލި ލިސްޓްގެ އެންމެ ކުރި، 29 އަހަރުގެ ލަވަކިޔުންތެރިޔާ އަށް ލިބުނީ ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އޭނާ އަށް އާމްދަނީގެ ގޮތުގައި ލިބުނު 185 މިލިއަން ޑޮލަރާ އެކީގަ އެވެ. ޓޭލާގެ މައިގަނޑު އާމްދަނީ އަށް ފައިސާ ވަދެފައި ވަނީ 2017 ގެ ނެރުނު އަލްބަމް "ރެޕިއުޓޭޝަން" ޕްރޮމޯޓް ކުރަން ކުރިއަށް ގެންދިޔަ ޓުއާތަކާއި ނެޓްފްލިކްސްއާ އެކު ހަދާފައިވާ އޮތް ލައިވް ކޮންސަޓް ޑީލާއި އެންޑޯޒް ކުރާ އެކި ބްރޭންޑްތަކުން އެއްކުރި ފައިސާއާ އެކީގަ އެވެ.

ފޯބްސް އިން އެކުލައިވައިލި ލިސްޓްގެ ގަދަ 10 އަށް ޖެހިލާ އިރު، ދެވަނާގައި އޮތީ ޒުވާން އަންހެން މަހުޖަނުގެ ގޮތުގައި ވެސް ފާހަގަ ކުރެވިފައިވާ މަޝްހޫރު ރިއަލިޓީ ޝޯ ތަރި އަދި ވިޔަފާވެރިޔާ ކައިލީ ޖެނާ އެވެ. އޭނާ އަށް ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 170 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ތިން ވަނާގައި އޮތީ ރެޕާ އަދި ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝަންގެ ފިރިމީހާ ކަންޔޭ ވެސްޓެވެ. އޭނާގެ އާމްދަނީއަކީ 150 މިލިއަން ޑޮލަރެވެ.

ލިސްޓްގައި ދެން ހިމެނޭ ސެލެބްރިޓީން ތަރުތީބު ކުރާ އިރު އޭގެ ތެރޭގައި ހިމެނެނީ އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ (127 މިލިއަން ޑޮލަރު) އާއި އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ އެޑް ޝީރަން (110 މިލިއަން ޑޮލަރު) އާއި ޕޯޗްގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއަން ރޮނާލްޑޯ (109 މިލިއަން ޑޮލަރު) އާއި ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ (105 މިލިއަން ޑޮލަރު) އާއި އެމެރިކާގެ މިއުޒިކް ބޭންޑް ދި އީގަލްސް (100 މިލިއަން ޑޮލަރު)، އާއި އެމެރިކާގެ ޓޯކް ޝޯ ހޯސްޓް ޑރ. ފިލް މެކްގްރޯ (95 މިލިއަން ޑޮލަރު) އަދި މެކްސިކޯގެ ބޮކްސިން ތެޅުންތެރިޔާ ކަނެލޯ އަލްވަރޭޒް (94 މިލިއަން ޑޮލަރު) އެވެ.