24 އޮކްޓޯބަރ 2021
އޮސްޓްރޭލިއާގެ މަޝްހޫރު ބަތަލާ މާގޯ ރޮބީއާ އެކު ހަދަން ނިންމާފައިވާ ބާބީ ޑޯލްގެ ވާހަކަ ކިޔައިދޭ ފިލްމު "ބާބީ" ގެ ބަތަލުގެ ރޯލު ރަޔަން ގޮޒްލިން އަށް ހުށަހަޅައިފި އެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު ބަތަލާ މާގޯ ރޮބީއާ އެކު ހަދަން ނިންމާފައިވާ ބާބީ ޑޯލްގެ ވާހަކަ ކިޔައިދޭ ފިލްމު "ބާބީ" ގެ ބަތަލުގެ ރޯލު ރަޔަން ގޮޒްލިން އަށް ހުށަހަޅައިފި އެވެ.
ވެރައިޓީން ބުނި ގޮތުގައި ފިލްމުގައި ކެންގެ ރޯލު ކުޅެން އޭނާއާ މިހާރު ވާހަކަ ދެކެވެމުން އަންނަ އިރު، ވަރަށް އަވަހަށް ފިލްމަށް ސޮއިކޮށް އެކަން ރަސްމީކޮށް އިއުލާންކުރާނެ އެވެ.
ދެ ފަހަރަށް އޮސްކާ އެވޯޑަށް ނޮމިނޭޓްވި ރަޔަން އަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. ސާޅީސް އަހަރުގެ ރަޔަންގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ނޯޓްބުކް"، "ބްލޫ ވެލަންޓައިން"، "ކްރޭޒީ، ސްޓްޕިޑް، ލަވް"، "ދަ ބިގް ޝޯޓް" އަދި "ލާ ލާ ލޭންޑް" ހިމެނެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ހަނދަށް ދިޔަ އެމެރިކާގެ ނީލް އާމްސްޓްރޯންގްގެ ރޯލު ކުޅުނު 2018 ގެ "ފަސްޓް މޭން" އެވެ. ރަޔަންގެ ކުރިއަށް އޮތް ފިލްމަކީ "ދަ ގްރޭ މޭން" އެވެ.
ބާބީ ބުދަށް ބިނާކޮށް ފިލްމެއް ހަދާކަން އިއުލާންކުރީ 2018 ގަ އެވެ. މި ފިލްމު ހަދަނީ ބާބީ ބުދު ނެރޭ ކުންފުނި މެޓެލް އާއި ވޯނާ ބްރޮސް ގުޅިގެންނެވެ. ބާބީގެ ރޯލު ކުޅުމުގެ އިތުރަށް މާގޯ ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް އޭނާގެ އަމިއްލަ ކުންފުނި ލަކީޗެޕް އެންޓަޓައިންމަންޓްގެ ދަށުން ބައިވެރިވެ އެވެ.
އަންނަ އަހަރުގެ ތެރޭގައި ލަންޑަނުގައި "ބާބީ" ގެ ޝޫޓީން ފަށަން ހަމަޖެހިފައިވާ އިރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭން އަމާޒު ހިފާފައި އޮތީ 2023 ގަ އެވެ. މީގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރަނީ "ލިޓްލް ވުމަން" އާއި "ލޭޑީބާޑް" ގެނެސްދިން ގްރެޓާ ގާވިގް އެވެ. އޭނާއާ އެކު "ބާބީ" ގެ ސްކްރީންޕްލޭގައި ނޯއާ ބޯމްބަކް ވެސް ހިއްސާވެ އެވެ.
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ލޯޑް އޮފް ދަ ރިންގްސް"ގެ އާ ފިލްމެއް ގެނެސްދެނީ
ވޯނާ ބްރަދާސްއާ އެކު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި
"އަކުއަމޭން"ގެ ދެވަނަ ފިލްމުގެ ޓްރެއިލާ ނެރެފި
"ބާބީ" އަށް އެއް ބިލިއަން ޑޮލަރު ލިބިއްޖެ
"ބާބީހައިމާ"ގެ ކުރިމަތިލުމަށް ތައްޔާރު؟
"ބާބީ" އަށް ތައުރީފު އޮހެނީ
"ބާބީ" ޓްރެއިލާ 2: މާގޮޓާ އެކު ވަރުގަދަ ކާސްޓެއް
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
މާވެލްގެ ފިލްމަކުން ކިއާނޫ ފެނުމުގެ އިޝާރާތެއް