ޑީސީން 2023 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބެޓްމޭން"ގެ ދެވަނަ ބައިގެ ސްކްރިޕްޓް ލިޔެ ނިމިއްޖެ އެވެ.
ޑީސީން 2023 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބެޓްމޭން"ގެ ދެވަނަ ބައިގެ ސްކްރިޕްޓް ލިޔެ ނިމިއްޖެ އެވެ.
ފުރަތަމަ ބައިގެ ޑައިރެކްޓަރު މެޓް ރީވްސް ޑައިރެކްޓްކުރާ "ބެޓްމޭން ޕާޓް 2"ގެ ސްކްރިޕްޓް ލިޔެ ނިމުނުކަން އިއުލާންކުރީ ވެސް އޭނާ އެވެ.
ރީވްސް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ސްކްރިޕްޓުގެ ކަވަރު ފެންނަ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އަދި އެ ފޮޓޯގައި، އޭނާއާއެކު އެ ސްކްރިޕްޓް ލިޔުމުގައި މަސައްކަތްކުރި މެޓްސަން ޓޮމްލިން ވެސް ފެނެ އެވެ.
"ޕާޓްނާސް އިން ކްރައިމް (ފައިޓާސް)،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
ވޯނާ ބްރަދާސް އާއި ޑީސީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ "ބެޓްމޭން ޕާޓް 2" އިއުލާންކުރީ އެޕްރީލް 2022 ގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ މަސައްކަތް ނިންމައި ސިނަމާއަށް ގެނެސްދޭނީ ސެޕްޓެމްބަރު 1، 2027 ގަ އެވެ. އެއީ އެ ފިލްމުގެ ފުރަތަމަ ބައި ނުކުތްތާ ފަސް އަހަރު ފަހުންނެވެ.
"ބެޓްމޭން ޕާޓް 2"ގައި ވެސް ބެޓްމޭންގެ ރޯލު ކުޅޭނީ ފުރަތަމަ ފިލްމުގައި އުޅުނު އިނގިރޭސި އެކްޓަރު ރޮބާޓް ޕެޓިންސަން އެވެ.
"ބެޓްމޭން"ގެ ފުރަތަމަ ބަޔަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބުނެވެ. އެ ފިލްމަށް މަތީ ރޭޓިންތައް ލިބިފައިވާއިރު، ބޮކްސް އޮފީހުގައި ވެސް ބޮޑު އާމްދަނީއެއް ލިބުނެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 772 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
"އަކުއަމޭން"ގެ ދެވަނަ ފިލްމުގެ ޓްރެއިލާ ނެރެފި
ދެން އޮތީ "ވޮންޑަ ވުމަން 3"
"ބެޓްމޭން" ގެ ގޮތުގައި ޕެޓިންސަން ދައްކާލައިފި
"ޓެނެޓް" މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
"ޓެނެޓް" އާއި "ވޮންޑަ ވުމަން 1984" ފަސްކޮށްފި
"ސުޕަމޭން"ގެ ދެވަނަ ފިލްމު 2027 ގައި ގެނެސްދެނީ
"ސްޕައިޑަމޭން"ގެ ފުރަތަމަ ދުވަސް ކެމެރާގެ ފުރަގަހުން
ސްޕައިޑަމޭން 4 އަންނަ އަހަރު ގެނެސްދެނީ
އެއް ހަފުތާއިން "ސުޕަމޭން"އަށް 300 މިލިއަން ޑޮލަރު
"ސުޕަގާލް"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި