ޑީސީއީޔޫގެ ސުޕަހީރޯ ފިލްމު "އަކުއަމޭން އެންޑް ދަ ލޮސްޓް ކިންޑަމް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ޑީސީއީޔޫގެ ސުޕަހީރޯ ފިލްމު "އަކުއަމޭން އެންޑް ދަ ލޮސްޓް ކިންޑަމް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ޖޭސަން މޮމޯ ލީޑު ރޯލު ކުޅޭ މި ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން "އަކުއަމޭން"ގެ ފުރަތަމަ ފިލްމުގެ ސީކުއެލްއެކެވެ.
ދެވަނަ ފިލްމުގައި ޖޭސަންއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ވިލެމް ޑަފޯ، ޕެޓްރިކް ވިލްސަން، ޑޮލްފް ލަންގްރެން، ޔަހުޔާ އަބްދުލް-މަތީން، ޓެމުއެރާ މޮރިސަން އަދި ނިކޯލް ކިޑްމަން އެވެ.
ޓްރެއިލާ އިން އެނގޭ ގޮތުގައި، ދެވަނަ ފިލްމު ފަށާނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުންނެވެ. ފުރަތަމަ ފިލްމުގައި ފެނުނީ އަކުއަމޭން (ޖޭސަން) އާއި އޭނާގެ އެއްބަފާ ކޮއްކޮ އޯމް (ޕެޓްރިކް) އާ ދެމެދު ހިނގި ކުރިމަތިލުންތަކެވެ. މިފަހަރު ވެސް އެ ދެމީހުންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކެއް ދައްކާނެ އިރު، އޯމްއާ އެކު މާ ވަރުގަދަ ވިލަންއެއް ކަމަށްވާ ބްލެކް މަންޓާ (އަބްދުލް-މަތީން) ބައިވެރިވާނެ އެވެ.
ފުރަތަމަ ފިލްމުގައި އޯމް ބޭނުންވީ އަކުއަމޭން މަރާލާށެވެ. މިފަހަރު އޯމް ބޭނުން ވަނީ އަކުއަމޭން މަރާލައި އޭނާގެ އާއިލާ އާއި އޭނާގެ ކަނޑުއަޑީގެ ރަސްކަން ވެސް ނިމުމަކަށް ގެންނާށެވެ.
މި ފިލްމު ޕްރިމިއާ ކުރަނީ އަންނަ ޑިސެމްބަރު މަހުގެ 25 ގަ އެވެ.
"ބެޓްމޭން ޕާޓް 2"ގެ ސްކްރިޕްޓް ލިޔެ ނިމިއްޖެ
ދެން އޮތީ "ވޮންޑަ ވުމަން 3"
"ސުޕަމޭން"ގެ ދެވަނަ ފިލްމު 2027 ގައި ގެނެސްދެނީ
"ސްޕައިޑަމޭން"ގެ ފުރަތަމަ ދުވަސް ކެމެރާގެ ފުރަގަހުން
ސްޕައިޑަމޭން 4 އަންނަ އަހަރު ގެނެސްދެނީ
އެއް ހަފުތާއިން "ސުޕަމޭން"އަށް 300 މިލިއަން ޑޮލަރު
"ސުޕަގާލް"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި
"ސުޕަމޭން"އަށް ތަރުހީބު ބޮޑު؛ 56 މިލިއަން ޑޮލަރު
ބޮލީވުޑަށް ޝޮކެއް؛ ޝާހު މާވެލްއާ ގުޅެނީ؟
"ފެންޓާސްޓިކް ފޯ"ގެ ޓްރެއިލާ އާންމުކޮށްފި