Roadha Mihaaru

ސްޕައިޑަމޭންގެ ހަތަރު ވަނަ ފިލްމު އަންނަ އަހަރު ގެނެސްދެނީ

ސްޕައިޑަމޭންގެ ހަތަރު ވަނަ ފިލްމުގެ ފަސްޓް ލުކް އާންމުކޮށް، އެ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފި އެވެ.

ސްޕައިޑަމޭން 4 އަންނަ އަހަރު ގެނެސްދެނީ

ސްޕައިޑަމޭންގެ ހަތަރު ވަނަ ފިލްމުގެ ފަސްޓް ލުކް އާންމުކޮށް، އެ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފި އެވެ.

"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"ގެ ނަން ދީފައިވާ އެ ފިލްމުގެ ފަސްޓް ލުކް ވީޑިއޯގައި ފެންނަނީ ސްޕައިޑަމޭންގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑެވެ. އެ ފިލްމުގައި އޭނާ ލާނެ ސްޕައިޑަމޭންގެ އާ ސޫޓް ވެސް ވަނީ ދައްކާލައިފަ އެވެ.

އެ ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު ޖުލައި މަހުގެ 31 ގަ އެވެ.

އެ ފިލްމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި އާންމުކޮށްފައި ނުވެ އެވެ. ޓޮމްގެ އިތުރުން އެ ފިލްމުގެ ކާސްޓުގައި ދެން ހިމެނޭނީ ކޮން ބައެއް ކަމެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.

މާވެލް ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާސް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ""ސްޕައިޑަމޭން"ގެ ތިންވަނަ ފިލްމު ނުކުތީ މީގެ ތިން އަހަރު ކުރިން 2021 ވަނަ އަހަރު އެވެ. ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަށް ބޮކްސް އޮފީހުގައި 1.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

"ސްޕައިޑަމޭން"ގެ ފުރަތަމަ ތިން ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. ފުރަތަމަ ފިލްމަށް 390 މިލިއަން ޑޮލަރު އަދި ދެވަނަ ފިލްމަށް 373 މިލިއަން ޑޮލަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފައިވެ އެވެ.

"ސްޕައިޑަމޭން"ގެ ފިލްމުތަކުގައި އޭނާއާއެކު މުހިންމު ރޯލުތައް ކުޅެނީ އެމެރިކާގެ އެކްޓްރެސް ޒެންޑަޔާ އާއި އެމެރިކާގެ އެކްޓަރު ޖެކޮބް ބެޓަލޮން އެވެ.