Roadha Mihaaru
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް

ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް

29 ޖުލައި 2024

މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ)ގެ ފިލްމުތަކުގައި އަޔަން މޭންގެ ރޯލު ކުޅުނު އެމެރިކާގެ އެކްޓަރު ރޮބާޓް ޑައުނީ ޖޫނިއާ އެނބުރި އެ ޔުނިވާސްގެ ފިލްމަކަށް އަންނަކަން އިއްޔެ އިއުލާންކޮށްފި އެވެ.

މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ)ގެ ފިލްމުތަކުގައި އަޔަން މޭންގެ ރޯލު ކުޅުނު އެމެރިކާގެ އެކްޓަރު ރޮބާޓް ޑައުނީ ޖޫނިއާ އެނބުރި އެ ޔުނިވާސްގެ ފިލްމަކަށް އަންނަކަން އިއްޔެ އިއުލާންކޮށްފި އެވެ.

ރޮބާޓް އެނބުރި އެމްސީޔޫއަށް އަންނަކަން އިއުލާންކުރީ މިހާރު ކުރިއަށް ގެންދާ ދުނިޔޭގެ އެންމެ ބޮޑު ކޮމިކްސް އިވެންޓް "ކޮމިކް-ކޮން"ގަ އެވެ. އެކަމަކު އޭނާ މިފަހަރު އެނބުރި އަންނަނީ އަޔަން މޭންގެ ރޯލަކަށް ނޫނެވެ.

އެމްސީޔޫގައި އޭނާ ދެން ކުޅޭނީ ޑރ. ޑޫމްގެ ރޯލެވެ. އެއީ އެމްސީޔޫގެ ވިލަން ކެރެކްޓާއެކެވެ.

އެންމެފަހުން ގެނެސްދިން އެމްސީޔޫގެ "އެވެންޖާސް" ފްރެންޗައިޒްގެ ފިލްމު "އެވެންޖާސް: އެންޑްގޭމް"ގައި ވަނީ ރޮބާޓް ކުޅުނު އަޔަން މޭންގެ ކެރެކްޓާ މަރުވެފަ އެވެ.

"ކޮމިކް-ކޮން"ގައި ވަނީ މާވެލްގެ ކުރިއަށް އޮތް "އެވެންޖާސް" ފްރެންޗައިޒްގެ ދެ ފިލްމު އިއުލާންކޮށްފަ އެވެ. އެއީ މެއި، 2026 ގައި ގެނެސްދޭ "އެވެންޖާސް: ޑޫމްސް ޑޭ" އާއި މެއި، 2027 ގައި ގެނެސްދޭ "އެވެންޖާސް: ސީކްރެޓް ވާސް" އެވެ. އެ ދެ ފިލްމު ވެސް ޑައިރެކްޓުކުރަނީ "އެވެންޖާސް"ގެ ފިލްމުތައް ކުރިން ގެނެސްދިން މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ "ދަ ރުސްސޯ ބްރަދާސް" އެވެ.

"ކޮމިކް-ކޮން"ގައި ވަނީ އެމްސީޔޫގެ އެންމެ އުއްމީދީ ޕްރޮޖެކްޓުގެ ގޮތުގައި މިހާރު މަޝްހޫރު "ފެންޓާސްޓިކް ފޯ"ގެ އަޕްޑޭޓެއް ވެސް ދީފަ އެވެ.

އެ ފިލްމުގެ ޓައިޓަލް އަކީ "ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް" އެވެ. އަދި އެ ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު ޖުލައި މަހުގެ 25 ގަ އެވެ. އެ ފިލްމުގައި ލީޑު ރޯލުތައް ކުޅޭނީ ޕެޑްރޯ ޕަސްކަލް، ވެނެސާ ކާބީ، ޖޯސެފް ކުއިން އަދި އެބޮން މޮސް-ބަޗާޗް އެވެ. އެ ފިލްމުގެ ސޫޓިން މާދަމާ ފަށާނެ އެވެ.

އެމްސީޔޫގެ އެހެން ފިލްމެއް ކަމަށްވާ "ތަންޑަބޮލްޓްސް" ވެސް އަންނަ އަހަރު ގެނެސްދޭނެ އެވެ. އަންނަ އަހަރު މެއި މަހު ގެނެސްދޭ އެ ފިލްމުގެ ލީޑު ރޯލުތައް ކުޅެނީ ހެރިސަން ފޯޑް، ޖޫލިއާ ލޫއީ-ޑްރެއިފަސް، ފްލޮރެންސް ޕޫ، ސެބަސްޓިއަން ސްޓެން އަދި ޑޭވިޑް ހާބާ އެވެ.