Roadha Mihaaru
"ފެންޓާސްޓިކް ފޯ"ގެ ކާސްޓަށް ޕެޑްރޯ ޕަސްކަލް

"ފެންޓާސްޓިކް ފޯ"ގެ ކާސްޓަށް ޕެޑްރޯ ޕަސްކަލް

16 ފެބުރުއަރީ 2024

މާވެލް ސްޓޫޑިއޯސްގެ އެންމެ އުއްމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފެންޓާސްޓިކް ފޯ"ގެ ކާސްޓަށް ޕެޑްރޯ ޕަސްކަލް ހަމަޖައްސައިފި އެވެ.

މާވެލް ސްޓޫޑިއޯސްގެ އެންމެ އުއްމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފެންޓާސްޓިކް ފޯ"ގެ ކާސްޓަށް ޕެޑްރޯ ޕަސްކަލް ހަމަޖައްސައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި އެ ފިލްމުގައި ޕެޑްރޯ ކުޅޭނީ ރީޑް ރިޗާޑްސްގެ ރޯލެވެ.

އެ ފިލްމުގެ ލީޑުގައި ހިމެނޭ އެހެން ކެރެކްޓާތަކަށް ވެސް އެކްޓަރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެއީ، ސޫ ސްޓޯމްގެ ރޯލަށް ވެނިސާ ކާބީ އާއި ޖޯނީ ސްޓޯމްގެ ރޯލަށް ޖޯސެފް ކުއިން އަދި ބެން ގްރިމްގެ ރޯލަށް އީބޮން މޯސް-ބަޗްރަޗް އެވެ.

މި ފިލްމު ޑައިރެކްޓުކުރާނީ މާވެލް ސްޓޫޑިއޯސްގެ ފުރަތަމަ ސީރީޒް "ވޮންޑަވިޝަން" ޑައިރެކްޓުކުރި މެޓް ޝެކްމަން އެވެ.

"ފެންޓާސްޓިކް ފޯ" ރިލީޒްކުރާ ގޮތަށް މިހާރު ތާވަލުކޮށްފައި ވަނީ ޖުލައި އަންނަ އަހަރު ޖުލައި 25 ގަ އެވެ.