Roadha Mihaaru
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް

ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް

09 އޯގަސްޓް 2024

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ މާވެލް ސްޓޫޑިއޯސްގެ އާ ފިލްމު "ޑެޑްޕޫލް އެންޑް ވޮލްވެރިން" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ މާވެލް ސްޓޫޑިއޯސްގެ އާ ފިލްމު "ޑެޑްޕޫލް އެންޑް ވޮލްވެރިން" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ މަހު 25 ގައި ޕްރިމިއާ ކުރި މި ފިލްމަށް މިހާރު ވަނީ ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމު ޕްރިމިއާ ކުރި ފަހުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 880 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

އެއާ އެކު، މި ފިލްމު މިހާރު ވެފައި ވަނީ މާވެލް ސްޓޫޑިއޯސް އިން ގެނެސްދިން ފިލްމުތަކުގެ ތެރެއިން 15 ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ. މި ފިލްމަކީ މާވެލް ސްޓޫޑިއޯސް އިން ގެނެސްދިން 34 ވަނަ ފިލްމެވެ.

ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ފިލްމަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.

"ޑެޑްޕޫލް އެންޑް ވޮލްވެރިން" އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

މި ފިލްމުގައި ޑެޑްޕޫލްގެ ރޯލު ކުޅުނީ ރަޔަން ރެނޮލްޑްސް އެވެ. އަދި ވޮލްވެރިންގެ ރޯލު ކުޅުނީ ހިއު ޖެކްމަން އެވެ.

"ޑެޑްޕޫލް އެންޑް ވޮލްވެރިން" އަކީ ޑެޑްޕޫލްގެ ތިންވަނަ ފިލްމެވެ. އަދި މި ފިލްމަކީ ޑެޑްޕޫލް އާއި ވޮލްވެރިން މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ) އަށް ތައާރަފުވި ފިލްމެވެ. ރަޔަން އައި ހިއު އަކީ ކުރިން ވެސް އެ ރޯލުތައް ކުޅުނު އެކްޓަރުންނެވެ.