19 ނޮވެމްބަރ 2023
މާވެލް ސްޓޫޑިއޯސްގެ މިހާރު އެންމެ އިންތިޒާރުކުރެވޭ ސުޕަހީރޯ ފިލްމު "ފެންޓާސްޓިކް ފޯ"ގައި ރީޑް ރިޗާޑްސްގެ ރޯލަށް ހޮލީވުޑްގެ ތަރި، ޕެޑްރޯ ޕަސްކަލް ނަގަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މާވެލް ސްޓޫޑިއޯސްގެ މިހާރު އެންމެ އިންތިޒާރުކުރެވޭ ސުޕަހީރޯ ފިލްމު "ފެންޓާސްޓިކް ފޯ"ގައި ރީޑް ރިޗާޑްސްގެ ރޯލަށް ހޮލީވުޑްގެ ތަރި، ޕެޑްރޯ ޕަސްކަލް ނަގަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން "ފެންޓާސްޓިކް ފޯ"ގެ މަސައްކަތް މާވެލް އިން ރަސްމީކޮށް ފެށި ނަމަވެސް، ޕްރޮޑަކްޝަން މަސައްކަތް ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ. އަދި އެކި ފަހަރު މަތިން ތާރީހުތައް ފަސްކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޕަސްކަލް އެ ރޯލު ކުޅުމަށް މިހާރު ވަނީ އޮޑިޝަން ކޮށްފަ އެވެ. އަދި އޭނާ އެ ރޯލަށް ނަގަން މާވެލް އިން ބޭނުންވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޕަސްކަލް އަކީ ސްޓާ ވޯސްގެ ސީރީޒް "ދަ މެންޑަލޯރިއަން" އާއި އެޗްބީއޯގެ ސީރީޒް "ދަ ލާސްޓް އޮފް އަސް" އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މޮޅު އެކްޓަރެކެވެ.
އޭނާގެ އިތުރުން "ފެންޓާސްޓިކް ފޯ"ގައި ޑޮކްޓާ ޑޫމްގެ ރޯލު ކުޅުމަށް މެޑްސް މިކެލްސަން ނަގަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމުގައި ސޫ ސްޓޯމްގެ ރޯލު ކުޅޭނީ ވެނިސާ ކާބީ ކަމަށް މީގެ ކުރިން ވަނީ އަޑު ފެތުރިފަ އެވެ.
އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މެއި 2، 2025 ގަ އެވެ.
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި
މާވެލް އިން ލޯކީ ދެން ނުފެންނާނެ ކަމުގެ އިޝާރާތެއް
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް
"ޑެޑްޕޫލް 3"ގައި ޓޭލާގެ ހާއްސަ ފެނިލުމެއް؟
"ފެންޓާސްޓިކް ފޯ"ގެ ކާސްޓަށް ޕެޑްރޯ ޕަސްކަލް
"ދަ މާވެލްސް"ގެ ފައިނަލް ޓްރެއިލާ ނެރެފި
ތޯ: ލަވް އެންޑް ތަންޑާގެ ފުރަތަމަ ޓީޒާ ދައްކާލައިފި