13 ނޮވެމްބަރ 2023
މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގައި ލޯކީގެ ރޯލު ކުޅެމުން އަންނަތާ 14 އަހަރުވީ އިނގިރޭސި އެކްޓަރު، ޓޮމް ހިޓްލްސްޓަން ދެން އެ ރޯލުން ނުފެންނާނެ ކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.
މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގައި ލޯކީގެ ރޯލު ކުޅެމުން އަންނަތާ 14 އަހަރުވީ އިނގިރޭސި އެކްޓަރު، ޓޮމް ހިޓްލްސްޓަން ދެން އެ ރޯލުން ނުފެންނާނެ ކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.
"ލޯކީ" ސީރީޒްގެ ދެވަނަ ސީޒަންގެ ހުރިހާ އެޕިސޯޑެއް ގެނެސްދީ މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ. އެ ސީރީޒްގެ ތިންވަނަ ސީޒަންއެއް ނުގެނެސްދޭނެ ކަން އޭގެ އުފެއްދުންތެރިން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ ސީރީޒްގެ ފަހު އެޕިސޯޑަށް ފަހު، މިދިޔަ ހަފުތާގައި މަޝްހޫރު ޓޯކް ޝޯ "ޖިމީ ފެލަންސް ޓުނައިޓް ޝޯ" އަށް ދިން އިންޓަވިއުއެއްގައި ހިޓްލްސްޓަން ވަނީ ލޯކީގެ ރޯލު ކުޅުން އޭނާ ހުއްޓާލި ކަމުގެ އިޝާރާތެއް ދީފަ އެވެ.
"އެއީ ސީޒަން ދޭއްގެ ނިންމުން. އަދި މިއީ ސީޒަން އެކެއް އަދި ދޭއްގެ ވެސް ނިންމުން،" އޭނާ ބުންޏެވެ.
"އެއީ [އެމްސީޔޫގައި އަހަރެން ކުޅުނު] ހަ ފިލްމާއި 12 އެޕިސޯޑް އަދި އަހަރެންގެ ހަޔާތުގެ 14 އަހަރުގެ ނިމުން... 14 އަހަރު. އަހަރެން މި ރޯލަށް ކާސްޓް ކުރި އިރުގައި ވާނީ އުމުރުން 29 އަހަރު. މިހާރު އަހަރެންގެ އުމުރަކީ 42. މި ކުރެވުނީ ދިގު ދަތުރެއް."
ހިޓްލްސްޓަން ދެން ލޯކީގެ ރޯލުން ނުފެންނާނެ ކަން މާވެލް އިން އަދި ކަށަވަރުކޮށް ނުދެ އެވެ.
"ލޯކީ" ސީރީޒަކީ މާވެލް ސްޓޫޑިއޯސް އިން މިހާތަނަށް ގެނެސްދިން ސީރީޒްތަކުގެ ތެރެއިން ފޭނުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު ސީރީޒެވެ.
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް
"ޑެޑްޕޫލް 3"ގައި ޓޭލާގެ ހާއްސަ ފެނިލުމެއް؟
"ފެންޓާސްޓިކް ފޯ"ގެ ކާސްޓަށް ޕެޑްރޯ ޕަސްކަލް
"ދަ މާވެލްސް"ގެ ފައިނަލް ޓްރެއިލާ ނެރެފި
ތޯ: ލަވް އެންޑް ތަންޑާގެ ފުރަތަމަ ޓީޒާ ދައްކާލައިފި