ސްޕައިޑަމޭންގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިންގެ ފުރަތަމަ ދުވަހުގެ ކެމެރާގެ ފުރަގަހުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް އިއްޔެ އާންމުކޮށްފި އެވެ.
ސްޕައިޑަމޭންގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިންގެ ފުރަތަމަ ދުވަހުގެ ކެމެރާގެ ފުރަގަހުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް އިއްޔެ އާންމުކޮށްފި އެވެ.
އެ ފިލްމުގެ ފުރަތަމަ މަންޒަރުތައް ނަގާފައިވާ ވަނީ ސްކޮޓްލޭންޑުގެ ގްލަސްގޯވްގެ މަގުމަތީގަ އެވެ.
ސޮނީ ޕިކްޗާސް އެންޓަޓެއިންމަންޓުން އާންމުކުރި އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ސްޕައިޑަމޭންގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑް ވަނީ އެ މަންޒަރުތައް ނަގަމުން ދިޔައިރު އެ ސަރަހައްދަށް އޭރު އެއްވެ ތިބި ބައެއް ފޭނުންނާ ވެސް ބައްދަލުކޮށްފަ އެވެ.
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"ގެ ނަން ދީފައިވާ އެ ފިލްމުގެ ފަސްޓް ލުކް ވީޑިއޯ އާންމުކުރީ މިދިޔަ ހަފުތާގަ އެވެ. އެ ފިލްމުގައި އޭނާ ލާނެ ސްޕައިޑަމޭންގެ އާ ސޫޓް ވެސް އެ ވީޑިއޯގައި ދައްކާލި އެވެ.
އެ ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު ޖުލައި މަހުގެ 31 ގަ އެވެ.
މާވެލް ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާސް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ""ސްޕައިޑަމޭން"ގެ ތިންވަނަ ފިލްމު ނުކުތީ މީގެ ތިން އަހަރު ކުރިން 2021 ވަނަ އަހަރު އެވެ. ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަށް ބޮކްސް އޮފީހުގައި 1.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ސްޕައިޑަމޭން"ގެ ފުރަތަމަ ތިން ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. ފުރަތަމަ ފިލްމަށް 390 މިލިއަން ޑޮލަރު އަދި ދެވަނަ ފިލްމަށް 373 މިލިއަން ޑޮލަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފައިވެ އެވެ.
"ސްޕައިޑަމޭން"ގެ ފިލްމުތަކުގައި އޭނާއާއެކު މުހިންމު ރޯލުތައް ކުޅުނީ އެމެރިކާގެ އެކްޓްރެސް ޒެންޑަޔާ އާއި އެމެރިކާގެ އެކްޓަރު ޖެކޮބް ބެޓަލޮން އެވެ.
ސްޕައިޑަމޭން 4 އަންނަ އަހަރު ގެނެސްދެނީ
ބޮލީވުޑަށް ޝޮކެއް؛ ޝާހު މާވެލްއާ ގުޅެނީ؟
"ފެންޓާސްޓިކް ފޯ"ގެ ޓްރެއިލާ އާންމުކޮށްފި
ސޭޑީ ސިންކް އަށް "ސްޕައިޑަމޭ 4"ގެ ރޯލެއް
"ފެންޓާސްޓިކް ފޯ"ގެ ފުރަތަމަ ފެނިލުން
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް
"ޑެޑްޕޫލް 3"ގައި ޓޭލާގެ ހާއްސަ ފެނިލުމެއް؟