Roadha Mihaaru

ސޭޑީ ސިންކް އަށް "ސްޕައިޑަމޭ 4"ގެ ރޯލެއް

"ސްޓްރޭންޖާ ތިންގްސް" އިން މަޝްހޫރުވި އެކްޓްރެސް ސޭޑީ ސިންކް އަށް "ސްޕައިޑަމޭ 4"ގެ ރޯލެއް ލިބިއްޖެ އެވެ.

ސޭޑީ ސިންކް އަށް "ސްޕައިޑަމޭ 4"ގެ ރޯލެއް

"ސްޓްރޭންޖާ ތިންގްސް" އިން މަޝްހޫރުވި އެކްޓްރެސް ސޭޑީ ސިންކް އަށް "ސްޕައިޑަމޭ 4"ގެ ރޯލެއް ލިބިއްޖެ އެވެ.

ޑެޑްލައިން އިން ރިޕޯޓްކުރި ގޮތުގައި، މާވެލްގެ ސުޕަހީރޯ ފިލްމު ސީރީޒް "ސްޕައިޑަމޭން"ގެ ހަތަރު ވަނަ ފިލްމުގައި ސޭޑީ ސިންކް ކުޅޭނީ ވަރަށް މުހިންމު ރޯލެކެވެ.

މާވެލް ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާސް ގުޅިގެން ގެނެސްދޭ "ސްޕައިޑަމޭން 4" ޑައިރެކްޓުކުރަނީ މާވެލްގެ ފިލްމު "ޝެންގް-ޗީ" ވެސް ޑަައިރެކްޓުކުރި ޑެސްޓިން ޑެނިއަލް ކްރެޓޮން އެވެ.

މާވެލްގެ ބައެއް ފޭނުން ބުނި ގޮތުގައި، "ސްޕައިޑަމޭން 4"ގައި ސޭޑީ ކުޅޭނެ ކަމަށް ބެލެވެނީ ޖީން ގްރޭ ކިޔާ ކެރެކްޓާއެކެވެ. އެއީ، ތެދަކަށް ވެއްޖެ ނަމަ މި ފިލްމު ވާނީ ސްޕައިޑަމޭން އާއި އެކްސް-މޭން ކްރޮސްއޯވާ ކުރާ އެމްސީޔޫގެ ފުރަތަމަ ފިލްމަށެވެ.

ސޭޑީ މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރު ގެނެސްދޭން ނިންމާފައިވާ "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަނަށެވެ. އެ ސީރީޒްގައި ސޭޑީ ކުޅޭ މެކްސް އަކީ ގިނަ ބައެއްގެ ވަރަށް ފޭވަރިޓް ކެރެކްޓާއެކެވެ.

"ސްޕައިޑަމޭ 4"ގައި ސްޕައިޑަމޭންގެ ރޯލުން ފެންނާނީ މިދިޔަ ތިން ފިލްމުގައި ވެސް އެ ރޯލު ކުޅުނު ޓޮމް ހޮލެންޑެވެ. އަދި އޭނާއާ އެކު ޒެންޑަޔާ ވެސް މި ފިލްމުން ފެންނާނެ އެވެ.

"ސްޕައިޑަމޭ 4" ސިނަމާއަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ.