Roadha Mihaaru
މާވެލްގެ ކަލަންޑަރު ވީޑިއޯއަކުން ދައްކާލައިފި

މާވެލް ސްޓޫޑިއޯސްގެ އާ އުފެއްދުންތަކުގެ ކަލަންޑަރު ވީޑިއޯއަކުން ދައްކާލައިފި

05 މެއި 2021

ސުޕަހީރޯ ފިލްމުތަކަށް ލޯބިކުރާ މީހުން އަބަދު ވެސް ބަލަބަލައި ތިބޭނީ މާވެލް ސްޓޫޑިއޯގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށެވެ. އެ ސްޓޫޑިއޯގެ ކުރިއަށް ހުރި ބައެއް ޕްރޮޖެކްޓްތައް ކުރިން ރޭވި ގޮތަށް ކޮވިޑް-19 އާ ހެދި ކުރިއަށް ނުގެންދެވި، ތާރީހުތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހުނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސުޕަހީރޯ ފިލްމުތަކަށް ލޯބިކުރާ މީހުން އަބަދު ވެސް ބަލަބަލައި ތިބޭނީ މާވެލް ސްޓޫޑިއޯގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށެވެ. އެ ސްޓޫޑިއޯގެ ކުރިއަށް ހުރި ބައެއް ޕްރޮޖެކްޓްތައް ކުރިން ރޭވި ގޮތަށް ކޮވިޑް-19 އާ ހެދި ކުރިއަށް ނުގެންދެވި، ތާރީހުތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހުނެވެ.

އެކަމަކު މި ފަހަރު މިއޮތީ މާވެލްގެ ކުރިއަށް ހުރި އުފެއްދުންތަކުގެ ކަލަންޑަރު ވީޑިއޯއަކުން އާންމުކޮށްފަ އެވެ. މީގެ ތެރޭގައި ބެލުންތެރިން ވަރަށް އިންތިޒާރުކުރާ އެއް ފިލްމު ކަމަށްވާ އެންޖެލީ ޖޯލީގެ "އިޓާނަލްސް" ވެސް ހިމެނެ އެވެ. ވީޑިއީ ކަލަންޑަރު ބުނާ ގޮތުން އެ ފިލްމު ރިލީޒްކުރާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ކަލަންޑަރުގައިވާ ގޮތުން ސްކާލެޓް ޖޮހަންސަންގެ "ބްލެޓކް ވިޑޯ" އަންނާނީ ޖުލައިގަ އެވެ. އޭޝިއާ ދަރިކޮޅު އެކްޓަރަކާ އެކު ގެނެސްދޭ ފުރަތަމަ ސުޕަހީރޯ ފިލްމު "ޝަންގް-ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް" ސެޕްޓެމްބަރުގަ އެވެ.

ޓޮމް ހޮލަންޑްގެ "ސްޕައިޑަ-މޭން" ސީރީޒްގެ ތިން ވަނަ ފިލްމު "ނޯ ވޭ ހޯމް" ތާވަލުކޮށްފައި އޮތީ ޑިސެމްބަރަށެވެ.

އަންނަ އަހަރަށް ތާވަލުކުރި އެއްޗެހީގެ ތެރޭގައި "ޑޮކްޓާޒް ސްޓްރޭންޖް އިން ދަ މަލްޓިޔުނިވާސް އޮފް މޭޑްނެސް" މާޗްގައި، "ތޯ: ތަންޑާ އެންޑް ލަވް" މެއިގައި، "ބްލެކް ޕެންތާ: ވަކެންޑާ ފޯއެވާ" ޖުލައިގައި އަދި "ދަ މާވެލްސް" ނޮވެމްބަރުގަ އެވެ.

ދެހާސް ތޭވީހުގައި ގެނެސްދޭނެ އެއްޗެހީގެ ތެރޭގައި ފެބްރުއަރީ މަހު ގެނެސްދޭ "އެންޓް-މޭން އެންޑް ދަ ވާސްޕް: ކްއަންޓަމްމޭނިއާ" އާއި މެއިގައި ގެނެސްދޭނެ "ގާޑިއަން އޮފް ދަ ގެލެކްސީ ވޮލިއުމް 3" ހިމެނެ އެވެ.