20 ޖުލައި 2023
ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މާދަމާއަކީ ވަރަށް ބޮޑު ދުވަހެކެވެ.
ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މާދަމާއަކީ ވަރަށް ބޮޑު ދުވަހެކެވެ.
މިއަހަރުގެ އެންމެ އުއްމީދީ ދެ ފިލްމު ކަމަށްވާ ބާބީ އާއި އޮޕަންހައިމާ (ބާބީހައިމާ) ޕްރިމިއާ ކުރަނީ މާދަމާ އެވެ.
ރާއްޖޭގައި ވެސް މާދަމާ މި ދެ ފިލްމު ޕްރިމިއާ ކުރެ އެވެ. އަންނަ ހަފުތާއަށް ޝެޑިއުކޮށްފައިވާ ޝުވެކް ސިނަމާގެ ހުރިހާ ޝޯތަކެއް މިހާރު ހުރީ ހައުސްފުލް ވެސް ވެފަ އެވެ.
ވާދަވެރި މި ދެ ފިލްމު ވަނީ ޕްރިމިއާގެ ކުރިން ބޮކްސް އޮފީހުގައި ފެށުން ވެސް ވަރުގަދަކޮށްފަ އެވެ. ފިލްމު ޕްރިމިއާ ކުރާ ހަފުތާ ބަންދުގައި "ބާބީ" އަށް 110 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، "އޮޕަންހެއިމާ" އަށް 50 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ބާބީ"އަށް ކްރިޓިކުން ތައުރީފު ވެސް ވަނީ އޮއްސާލައިފަ އެވެ. ރޮޓެންޓޮމާޓޯގައި ކްރިޓިކުން ވަނީ އެ ފިލްމަށް 89 ޕަސެންޓްގެ ރޭޓިން ދީފަ އެވެ.
"ބާބީ"ގެ ލީޑު ރޯލު ނުވަތަ ބާބީގެ ރޯލު ކުޅެނީ މާގޯ ރޯބީ އެވެ. އަދި ކެންގެ ރޯލު ކުޅެނީ ރަޔަން ގޯސްލިން އެވެ. އެ ފިލްމު ޑައިރެކްޓުކުރަނީ ގްރެޓާ ގާވިގް އެވެ.
ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ "އޮޕެންހައިމާ"އަށް ވެސް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
"އޮޕަންހައިމާ" ބިނާކޮށްފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ބޮން އުފެއްދުމުގައި އިސްދައުރެއް އަދާކުރި އެމެރިކާގެ ފިޒިސިސްޓް ރޮބާޓް އޮޕެންހައިމާގެ ހަޔާތަށެވެ. މި ފިލްމުގައި ރޮބާޓް އޮޕެންހައިމާގެ ރޯލު ކުޅެނީ ކިލިއަން މާފީ އެވެ.
ނޯލަން ކުރިން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، އެ ފިލްމު ބަލާ މީހުންނަށް ނިއުކްލިއާ އެކްސްޕްލޯޝަނެއް ނުވަތަ އަސްލު ނިއުކްލިއާ ބޮމެއް ގޮވުމުގެ އިހުސާސް ކުރެވޭނެ އެވެ.
އެ ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ މެޓް ޑޭމަން، އެމިލީ ބްލަންޓް، ރޮބަޓް ޑައުނީ ޖޫނިއާ، ފްލޮރެންސް ޕޫ، ޖެކް ކުއައިޑް، ބެނީ ސަފްޑީ، ރަމީ މަލެކް، ޑޭން ޑީހާން، ޖޯޝް ހާނެޓް، މެތިއު މޮޑައިން، ކެނެތު ބްރަނައި، ޑޭވިޑް ކްރަމްހޯލްޓްޒް، މައިކަލް އެންގްރާނޯ އަދި އޮލްޑެން އެރިންރައިކް އެވެ.
"ބާބީ" އަށް އެއް ބިލިއަން ޑޮލަރު ލިބިއްޖެ
"ބާބީ" އަށް ތައުރީފު އޮހެނީ
"ބާބީ" ގެ ލޯބިވެރިޔާގެ ރޯލަށް ރަޔަން
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ
ޕްރޮފެސާ މެގޯނިގަލްގެ ރޯލު ކުޅުނު މެގީ މަރުވެއްޖެ
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
ޖެކޮލިންގެ ހޮލީވުޑް ފިލްމު އަންގާރަ ދުވަހު ނެރެނީ